Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލީ ވަހީދުގެ ޝަރީއަތް

އަލީ ވަހީދުގެ ޝަރީޢަތް ސިއްރުކޮށްފި

އަލީ ވަހީދު ހައްޔަރު ކޮށްފައިވަނީ ބުދަ ދުވަހު ޔޫކޭއިން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 26 އޯގަސްޓު 2021 | ބުރާސްފަތި 04:35
އަލީ ވަހީދު - ކުރީގެ ޓޫރިޒަމް މިނިސްޓަރ

އަލީ ވަހީދު - ކުރީގެ ޓޫރިޒަމް މިނިސްޓަރ

ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔުމަށް ތާވަލްކުރި އަލީ ވަހީދުގެ ޝަރީޢަތުގެ އަޑު އެހުން ސިއްރުކޮށްފިއެވެ.

އަލީ ވަހީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނަވައިގެން އެ މިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައެވެ. މި މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް 7 ދައުވާއެއް އުފުލާފައިވެއެވެ. ކްރިމިނަލް ކޯޓުން ބުނީ މައްސަލައިގެ ބާވަތުން ބުރާސްފަތި ދުވަހުގެ އަޑުއެހުން ސިއްރުކުރެވިފައިވާ ކަމަށެވެ.

ކޯޓުތަކަށް ފިއްލަވައިގެން އިނގިރޭސި ވިލާތުގައި ހުންނަވަނިކޮށް އަލީ ވަހީދު ހައްޔަރު ކުރީ، ބުދަ ދުވަހުގެ ވަގުތެއްގައެވެ. އަލީ ވަހީދު ހައްޔަރު ކުރީ ވިސާ ހަމަވެފައިވާތީ ކަމަށް މައުލޫމާތު ލިބެއެވެ. އަލީ ވަހީދުގެ ވިސާ ހަމަވެފައިވަނީ، މި މަހުގެ 10 ވަނަ ދުވަހުއެވެ. މިހާރު ހުންނެވީ ޑިޓެންޝަން ސެންޓަރެއްގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އަލީ ވަހީދު ހައްޔަަރު ކުރީ ރާއްޖޭގެ ބައެއް މީޑިއާތަކާއެކު ޕްރެސް ކޮންފަރެންސެއް ބާއްވަން ތައްޔާރުވެވަޑައިގެން އިންނަަވަނިކޮށެވެ. އެހެންނަަވެސް ފުލުހުން ބުނެފައިވަނީ މިކަމާ ގުޅޭ މައުލޫމާތު ލިބިފައި ނުވާ ކަަމަށެވެ. ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި އަލީ ވަހީދުގެ މައްޗަށް އިއްވާފައިވާ 2 މަހާއި 12 ދުވަހުގެ ހުކުމް ތަންފީޒުކުރުމަށް އޭނާ މާލެ ގެނައުމަށް އިންޓަރ ޕޯލްގެ އެހީތެރިކަމަށް ރާއްޖެއިން ވަނީ އެދިފައެވެ.

އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްޓަކައި، އެދިވަޑައިގަތުމުން ކޯޓު އަމުރެއްގެ ދަށުން ޕާސްޕޯޓު ދޫކުރީ ހަތަރު މަހަށެވެ. އަދި އެކަން ކުރީ އަސްޢަދު ޢަލީ (އަޑުބަރޭ) ޖާމިނުވާގޮތަށެވެ. އެހެންނަމަވެސް ހަތަރު މަސް ފާއިތުވެ، ޝަރީއަތް ފެށުނު އިރު ވެސް އަލީ ވަހީދު އެނބުރި ރާއްޖެއަށް ވަޑައެއްނުގަންނަވައެވެ. އަދި އެކަމުގެ ޒިންމާ އަޑުބަރޭ ވެސް ނަގާފައެއް ނުވެއެވެ.

ޕާސް ޕޯޓު ދޫކުރި މައްސަލަ ދައުލަތުން ހައިކޯޓާއި ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފުކުރިއެވެ. ނަމަވެސް، އަލީ ވަހީދު އުޅޭ އެޑްރެސް ނޭނގޭ ކަމަށް ބުނެ، ޗިޓް ނުފޮނުވިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓައިދޭން ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ވެސް ވަނީ ބޭރު ކޮށްލާފައެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ކުރިމިނަލް ކޯޓުގައި އެދުމުން އެ އަމުރު ނެރެނުދިން މައްސަލަ ޕީޖީން ހައި ކޯޓަށް ހުށަހެޅިއެވެ. އެހެންނަމަވެސް، އަލީ ވަހީދުގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، ހައި ކޯޓުން މައްސަލަ ބަލައިގެންފައެއް ނުވެއެވެ.

ހައިކޯޓުގެ ރެޖިސްޓްރާގެ އެ ނިންމުން ރިވިއުކޮށްދޭން 10 އޮގަސްޓްވީ އަންގާރަ ދުވަހު ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ވަނީ އަނެއްކާވެސް އެ މައްސަލަ ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ހުށަހަޅާފައެވެ.

އަލީ ވަޙީދުކްރިމިނަލް ކޯޓްޕީޖީ އޮފީސް

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު