Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީޔޫ-ޠާލިބާން ގުޅުން

ޠާލިބާން ޖަމާޢަތް ބަލައެއް ނުގަންނަން، އެޖަމާޢަތާއެކު ވާހަކައެއް ނުދައްކާނަން: އީޔޫ

އީޔޫގެ އެހީތެރިކަން ލިބޭނީ އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކޮށް، އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތަކަށް ރައްކާތެރިވެ، މުޖުތަމަޢުގައި ދިރިއުޅޭ މައިނޯރިޓީ ނަސްލުތަކަށް އިޙްތިރާމް ކުރާނަމަ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 އޯގަސްޓު 2021 | ހޮނިހިރު 17:10
ޔޫރަޕިއަން ޔޫނިއަން ކޮމިޝަންގެ ރައީސް

ޔޫރަޕިއަން ޔޫނިއަން ކޮމިޝަންގެ ރައީސް

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ން, އަފްޣާނިސްތާނުގެ ކޮންޓްރޯލް މިހާރު ހޯދާފައިވާ ޠާލިބާން ޖަމާޢަތް ބަލައިނުގަންނަކަމަށާއި އެއްވެސް ބާވަތެއްގެ ސިޔާސީ ވާހަކަތަކެއް އެޖަމާޢަތާއެކު ކުރިޔަށް ނުގެންދާނެކަމަށް އީޔޫ ކޮމިޝަންގެ ރައީސް އުސުލާ ވޮން ޑެރ ލަޔެން ވިދާޅުވެއްޖެއެވެ.

ޠާލިބާނުން ވަނީ އެއްވެސް ހަމަނުޖެހުމެއް ނުހިންގައި, ކާބުލް އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ. އަދި އެއާއެކު މިހާރު މަސައްކަތްކުރަމުންދަނީ އަފްޣާނިސްތާނުގައި އައު ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތެވެ.

އީޔޫގެ ރައީސް ވިދާޅުވީ އަފްޣާނިސްތާނުގެ އިންސާނީ އެހީތެރިކަމަށް 67 މިލިއަން ޑޮލަރު މިއަހަރު ތެރޭގައި އިތުރަށް ކަނޑައެޅުމަށް ހުށަހަޅުއްވާނެކަމަށެވެ. އަދި އީޔޫގެ އެހީތެރިކަން ލިބޭނީ އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކޮށް، އަންހެނުންނާއި އަންހެން ކުދިންގެ ޙައްޤުތަކަށް ރައްކާތެރިވެ، މުޖުތަމަޢުގައި ދިރިއުޅޭ މައިނޯރިޓީ ނަސްލުތަކަށް އިޙްތިރާމް ކުރާނަމަ ކަމަށެވެ.

"ޠާލިބާނުން ދައްކަމުންދާ ވާހަކަތައް އަހަރުމެން އެންމެންނަށްވެސް އިވޭ. ނަމަވެސް އަހަރުމެން ބަލާނީ ޠާލިބާންގެ ޢަމަލުތައް ހުންނަނީ ކޮންގޮތަކަށްތޯ." އީޔޫ ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

އުސުލާ އިތުރަށް ވިދާޅުވީ އަފްޣާނިސްތާނުގެ ރެފިޔުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމުތަކަށް އީޔޫން އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ. އެގޮތުން ފަންޑެއް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވިސްނަވާ ކަމަށާއި އެކަމަށް ކުރިޔަށް އޮތް ޖީ7ގެ ބައްދަލުވުމުގައި އަލިއަޅުވާލައްވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

16 އޯގަސްޓު 2021

އަފްޣާން ހަނގުރާމަ ނިމިއްޖެ، އެދެނީ ބައިނަލްއަޤުވާމީ ސުލްޙަވެރި ގުޅުމަކަށް – ޠާލިބާން

16 އޯގަސްޓު 2021
އަފްޣާން ހަނގުރާމަ ނިމިއްޖެ، އެދެނީ ބައިނަލްއަޤުވާމީ ސުލްޙަވެރި ގުޅުމަކަށް – ޠާލިބާން
15 އޯގަސްޓު 2021

ޠާލިބާން ހަނގުރާމަވެރިން ކާބުލްއަށް ވަދެއްޖެ

15 އޯގަސްޓު 2021
ޠާލިބާން ހަނގުރާމަވެރިން ކާބުލްއަށް ވަދެއްޖެ
10 އޯގަސްޓު 2021

ހަނގުރާމަ މެދުކަނޑާލަން އެއްބަސްވުމެއް ނުހަދަން – ޠާލިބާން

10 އޯގަސްޓު 2021
ހަނގުރާމަ މެދުކަނޑާލަން އެއްބަސްވުމެއް ނުހަދަން – ޠާލިބާން
01 ނޮވެމްބަރު 2020

ޖިއޯ ނޫހުގެ ނޫސްވެރިޔާ ގެއްލުނު މައްސަލަ ބަލަން އިމްރާން ހާން އެކުލަވާލި ކޮމިޓީ ބަލައެއް ނުގަތް!

01 ނޮވެމްބަރު 2020
ޖިއޯ ނޫހުގެ ނޫސްވެރިޔާ ގެއްލުނު މައްސަލަ ބަލަން އިމްރާން ހާން އެކުލަވާލި ކޮމިޓީ ބަލައެއް ނުގަތް!
04 ނޮވެމްބަރު 2019

ޓެރަރިސްޓް ޖަމާޢަތްތަކަށް ނިސްބަވްތާ މީހުން ޕާކިސްތާނުގެ އިންތިޚާބުގައި ވާދަކުރި: އެމެރިކާ

04 ނޮވެމްބަރު 2019
ޓެރަރިސްޓް ޖަމާޢަތްތަކަށް ނިސްބަވްތާ މީހުން ޕާކިސްތާނުގެ އިންތިޚާބުގައި ވާދަކުރި: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު