Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރޮހިންޔާ މުސްލިމުން

އދގެ ރިޕޯޓު ބަލައެއްނުގަންނަން: މިޔަންމާ

29 އޯގަސްޓު 2018 | ބުދަ 13:38

އދގެ ރިޕޯޓު އެކުލަވާލީ ގިނަ ބަޔަކާއި އިންޓަރވިއުކުރުމަށްފަހު

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 29 އޯގަސްޓު 2018 | ބުދަ 13:38
މިޔަންމާ ސިފައިންގެ ވަކިތަކުން ސަލާމަތްވުމަށް ރޮހިންޔާ ދަރިކޮޅުގެ މީހުން ބަންގްލަދޭޝްއަށް ދަނީ

މިޔަންމާ ސިފައިންގެ ވަކިތަކުން ސަލާމަތްވުމަށް ރޮހިންޔާ ދަރިކޮޅުގެ މީހުން ބަންގްލަދޭޝްއަށް ދަނީ

މިޔަންމާގެ އުތުރު ރަޚައިން ސްޓޭޓްގައި ދިރުއުޅޭ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް އެޤައުމުގެ އަސްކަރިއްޔާއިން ހިންގި ހަރަކާތްތަކަކީ ޤަތުލުއާއްމެއް ކަމަށް އދއިން ސިފަކުރި ރިޕޯޓު ބަލައިނުގަންނަ ކަމަށް މިޔަންމާއިން ބުނެފިއެވެ.

މިޔަންމާ ސަރުކާރުން ބުނީ އދގެ ޓީމެއް މިޔަންމާއަށް ގޮސް، އެމައްސަލައިގެ ތަހުޤީޤެއް ހިންގުމަށް އެޤައުމުން ހުއްދަ ދީފައި ނުވާކަމަށާއި، އެހެންކަމުން އދގެ ރިޕޯޓު އެޤައުމުން ބަލައިނުގަންނަކަމަށެވެ.

އދގެ ރިޕޯޓުގައި ބުނެފައިވަނީ މިޔަންމާގެ އަސްކަރިއްޔާގެ ވެރިން ޤަތުލުއާއްމު ހިންގި މައްސަލައިގައި ޝަރީޢަތާއި ކުރިމަތިލާން ޖެހޭނެކަމަށެވެ. މިޔަންމާއަކީ ބައިނަލްއަޤްވާމީ ޖިނާޢީ ކުށްތަކާއި ބެހޭ ކޯޓު (އައި.ސީ.ސީ)ގެ މެމްބަރަކަށް ނުވިނަމަވެސް، މިޔަންމާ ސިފައިންގެ ވަކިތަކުން ސަލާމަތްވުމަށް ރޮހިންޔާ ދަރިކޮޅުގެ އެތައް ލައްކަ ބަޔަކު ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވާތީ، އެކޯޓުގެ އިހުތިސާސް އެމައްސަލައިގައި ހިނގާނެކަމަށް ވަކީލުން ބުނެއެވެ. ބަންގްލަދޭޝްއަކީ އައި.ސީ.ސީގެ މެމްބަރު ޤައުމެކެވެ.

މިޔަންމާ ސަރުކާރުން ބުނީ އދގެ ރިޕޯޓުގައި މިޔަންމާ ސިފައިން ހިންގާފައިވާކަމަށް ބުނާ ޤަތުލުއާއްމަކީ ހިނގާފައިވާކަމެއް ނޫންކަމަށެވެ. އަދި އިންސާނީ ހައްޤަކަށް އަރައިގެންފައިވާނަމަ، އެމައްސަލަތައް ބެލޭނެ ނިޒާމް މިޔަންމާގައި ޤާއިމްކޮށްފައިވާކަމަށާއި، އެމައްސަލަތައް ބަލާނީ މިޔަންމާއިން އަމިއްލައަށްކަމަށް ސަރުކާރުން ބުނެއެވެ. އަދި އެއްވެސް ފަރާތަކުން އިންސާނީ ހައްޤަކަށް އަރައިގެންފައިވާނަމަ އެމައްސަލަ ބަލައި، ފިޔަވަޅު އަޅާނެކަމަށް މިޔަންމާ ސަރުކާރުން ބުނެއެވެ.

އދއިން ކޮށްފައިވާ ތުހުމަތުތަކާއި ގުޅިގެން މިޔަންމާއިން އަމިއްލައަށް އިސްނަގައިގެން އިންކުއަރީ ކޮމިޝަނެއްވެސް އެކުލަވާލާފައިވާކަމަށް އެޤައުމުން ބުނެއެވެ.

މިޔަންމާގެ މައްސަލަ ބެލުމަށް އެކުލަވާލި މިޝަންގެ އެންމެ އިސްވެރިޔާ މަރްޒޫކީ ޑަރުސްމަން ޖެނީވާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އދގެ ރިޕޯޓު އެކުލަވާލީ އެތައް ސަތޭކަ ބަޔަކާއި އިންޓަރވިއުކޮށް، ވަރަށް ގިނަ ދިރާސާތަކެއް ކުރުމަށްފަހުގައިކަމަށެވެ. އަދި މިޔަންމާގައި ހިންގި ޤަތުލުއާއްމަކީ ބޮސްނިއާ، ރުވާންޑާ އަދި ދާރްފޫރުގައި ހިންގިފަދަ ޖަރީމާތަކެއްކަމަށްވެސް އދއިން ވަނީ ސިފަކޮށްފައެވެ.

ޤަތުލުއާއްމު ހިންގިކަމަށް މިޔަންމާގެ މައްޗަށް އދއިން ތުހުމަތުކޮށްފައިވާއިރު، ސަލާމަތީ މަޖިލީހުގައި ހިމެނޭ އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސީވިލާތް އަދި ސްވީޑަންއިން ވަނީ ޤަތުލުއާއްމުގެ މައްސަލައިގައި މިޔަންމާގެ އަސްކަރީ އިސް އޮފިޝަލުން ޖަވާބުދާރީކުރުވަން ޖެހޭކަމަށް ބުނެފައެވެ. އެހެންނަމަވެސް ޗައިނާއާއި ރަޝިޔާއިން ބުނީ މިޔަންމާ ސަރުކާރާއި ވާހަކަ ދައްކައިގެން މައްސަލައަށް ހައްލެއް ހޯދުމަށް ބާރުއަޅާކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

07 ޖޫން 2017

މިޔަންމާގެ އަސްކަރީ މަތިންދާ ބޯޓެއް ގެއްލިއްޖެ

07 ޖޫން 2017
މިޔަންމާގެ އަސްކަރީ މަތިންދާ ބޯޓެއް ގެއްލިއްޖެ
06 ޖޫން 2017

ދެކުނު ކޮރެއާގެ މިސައިލް ޑިފެންސް ސިސްޓަމާ ގުޅޭ ރިޕޯޓުތަކެއްގައި އެގައުމުގެ ޑިފެންސް އޮފިޝަލަކު ސަސްޕެންޑްކޮށްފި

06 ޖޫން 2017
ދެކުނު ކޮރެއާގެ މިސައިލް ޑިފެންސް ސިސްޓަމާ ގުޅޭ ރިޕޯޓުތަކެއްގައި އެގައުމުގެ ޑިފެންސް އޮފިޝަލަކު ސަސްޕެންޑްކޮށްފި
24 މެއި 2017

އދ. އިން މިޔަންމާ އަސްކަރިއްޔާ އާއި މެދު ހަދަނީ ދޮގު: އަސްކަރިއްޔާ

24 މެއި 2017
އދ. އިން މިޔަންމާ އަސްކަރިއްޔާ އާއި މެދު ހަދަނީ ދޮގު: އަސްކަރިއްޔާ
13 މެއި 2017

މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ

13 މެއި 2017
މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ
17 މާރިޗު 2017

މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން

17 މާރިޗު 2017
މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން
13 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް

13 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް
07 މާރިޗު 2017

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
16 ފެބުރުއަރީ 2017

ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި

16 ފެބުރުއަރީ 2017
ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް