Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ - ޠާލިބާން

އެމެރިކާ އާއި ޠާލިބާންގެ ސުލްހައިގެ ވާހަކަތައް އަލުން ފަށަނީ!

ސުލްހައިގެ ވާހަކަތަކުގައި އަފްޣާނު ސަރުކާރު ބައިވެރިއެއް ނުކުރޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 1 މެއި 2019 | ބުދަ 08:59
އެމެރިކާ އާއި ޠާލިބާނުންނާ ދެމެދު ބާއްވަމުންދާ ސުލްހައިގެ ވާހަކަތަކުގެ ތެރެއިން!

އެމެރިކާ އާއި ޠާލިބާނުންނާ ދެމެދު ބާއްވަމުންދާ ސުލްހައިގެ ވާހަކަތަކުގެ ތެރެއިން!

އެމެރިކާ އާއި އަފްޣާނިސްތާނުގެ ޠާލިބާން ޖަމާއަތާއި ދެމެދު ކުރިއަށް ގެންދާ ސުލްހައިގެ ވާހަކަތަކުގެ އައު ބުރެއް ފަށަން ތައްޔާރުވެފައިވާ ކަމަށް އެ ޖަމާއަތުން ބުނެފިއެވެ.

ޠާލިބާނުގެ ތަރުޖަމާނެއް ކަމަށްވާ ޒަބިއުﷲ މުޖާހިދު، އޭއެފްޕީއަށް ވިދާޅުވި، ޠާލިބާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ ސުލްހައިގެ ވާހަކަތަކުގެ ހަވަނަ ބުރު ގަތަރުގެ ވެރިރަށް ދޯހާގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

ސުލްހައިގެ ވާހަކަތަކުގެ އައު ބުރާ ގުޅޭ ގޮތުން ކާބުލްގައި ހުންނަ އެމެރިކާގެ އެމްބަސީން މިހާތަނަށް އެއްޗެއް ބުނެފައި ނުވާއިރު، އެމެރިކާއިން ކަނޑައަޅާފައިވާ އަފްޣާނިސްތާން ޕީސް އެންވޯއީ، ޒަލްމޭ ޚަލީލްޒާދް، ޠާލިބާނާ އެކު މަޝްވަރާތައް ބޭއްވުމަށް މި މަހު ދޯހާއަށް ވަޑައިގަންނަވާނެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކުރިން ވަނީ ބުނެފައެވެ.

އެމެރިކާ އާއި ޠާލިބާނުގެ ސުލްހައިގެ ވާހަކަތައް ދޯހާގައި ބާއްވާއިރު، އެމެރިކާގެ އެދުމުގެ މަތިން ޤަތަރުން ވަނީ ޠާލިބާނުގެ ސިޔާސީ އޮފީސް އެ ޤައުމުގައި ޤާއިމްކޮށްދީފައެވެ.

މި އަހަރުގެ ފެބްރުއަރީ މަހާއި މާރޗު މަހާ ދެމެދު 11 ދުވަހަށް ކުރިއަށްދިޔަ ސުލްހައިގެ ވާހަކަތަކުގެ ފަސް ވަނަ ބުރު ނިމިގެން ގޮސްފައިވަނީ އެއްވެސް ކާމިޔާބެއް ނުލިބިއެވެ.

އަފްޣާނު ހަނގުރާމަ ނިމުމަކަށް ގެނައިމުގެ މަޤުސަދުގައި ކުރިއަށްގެންދާ މި މަޝްވަރާތަކުގައި ކުރިން ބޭއްވުނު ބައްދަލުވުންތަކުގައި ދެ ފަރާތުން ވަނީ ސުލްހަ ޤާއިމް ކުރުމަށް ޑްރާފްޓް ފްރޭމްވަރކްއަކަށް އެއްބަސްވެފައެވެ. އެ ފްރޭމްވަރކްގައި ވާ ކަންތައްތަކުގެ ތެރޭގައި އެމެރިކާގެ ސިފައިން އަފްޣާނިސްތާނުން ބޭލުމަށް އެމެރިކާއިން ވާހަކަ ދައްކާފައިވާއިރު، އަފްޣާނިސްތާނުގެ ބިންތަކުގައި ޓެރަރިސްޓް ޖަމާއަތްތައް ހަރަކާތްތެރިވިޔަ ނުދިނުމަށް ޠާލިބާނުގެ އެއްބާރުލުން ހޯދުމަށް ވެސް ވަނީ މަޝްވަރާކޮށްފައެވެ.

އެމެރިކާގެ ގިނަ އަދަދެއްގެ ސިފައިން އަފްޣާނިސްތާނުގައި ހަރަކާތްތެރިވެފައިވާއިރު، މިހާރު ވެސް އެ ޤައުމުގައި އެމެރިކާގެ 14000 ސިފައިން އެބަތިއްބެވެ.

ނިމިގެންދިޔަ އަހަރުގެ ޖުލައި މަހު އެމެރިކާ އާއި ޠާލިބާނާ ދެމެދު ފެށި ވާހަކަތަކުގެ އެއްވެސް ބުރެއްގައި، ޠާލިބާނުން ގޮނޑިކޮއްކޮ ސަރުކާރެއްގެ ގޮތުގައި ދެކޭ އަފްޣާން ސަރުކާރު ބައިވެރިކޮށްފައެއް ނުވެއެވެ. އެހެންކަމުން، އެމެރިކާ އާއި ޠާލިބާނާ ދެމެދު އެއްބަސްވުމަކަށް އާދެވި، 17 އަހަރުވީ ހަނގުރާމަ ނިމުމަކަށް އައިސް، އަފްޣާނުން އެމެރިކާ ސިފައިން ފޭބުމަށް ތާވަލެއް އެކުލަވާލެވުނު ނަމަވެސް، ހަޤީޤީ ނަތީޖާއެއް ނެރެވޭނީ ޠާލިބާނާއި އަފްޣާނުގެ ސިޔާސީ ފަރާތްތައް، އަދި ގަބީލާތަކުގެ ވެރިންގެ މެދުގައި އެއްބަސްވުންތަކެއް ވެގެންނެވެ.

ޖުލައި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ އަޝްރަފް ޣަނީ، މިހާތަނަށް ސުލްހައަށް ކުރެވޭ މަސައްކަތްތަކުން އެއްފަރާތް ކޮށްފައި ހުރި ނަމަވެސް، މި ހަފްތާގައި އެމަނިކުފާނު ވަނީ އަފްޣާނުގެ ސިޔާސީ ލީޑަރުންނާއި، ގަބީލާތަކުގެ ވެރިންނާއި، ދީނީ ލީޑަރުން ހިމަނައިގެން ޠާލިބާން ޖަމާއަތާ އެކު ސުލްހައިގެ މަޝްވަރާތައް ކުރުމަށް ކައުންސިލެއް އުފައްދަވާފައެވެ.

އެމެރިކާ އިން 2001 ވަނަ އަހަރު އަފްޣާނިސްތާނަށް އަރައި، ތާލިބާނުގެ ވެރިކަން ވައްޓާލުމުން ފެށުނު ހަނގުރާމައިގައި މިހާތަނަށް 32000 އަށް ވުރެ ގިނަ އާންމުން މަރުވެފައިވާއިރު، 60000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. އަދި މި ހަނގުރާމައިގައި އަފްގާނުގެ ސަލާމަތީ ބާރުތަކަށް ނިސްބަތްވާ 45000 މީހުން މިހާތަނަށް މަރުވެފައިވާއިރު، މިއީ އެމެރިކާއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވާ އެއް ހަނގުރާމައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު