Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޤަތަރުގެ މައްސަލަ

ގަލްފްގެ ޤައުމުތަކުން ޤަތަރަށް ކުރާ ޕްރެޝަރު ބަލައެއް ނުގަނޭވެނެ: އީރާނުގެ ރައީސް ރޫޙާނީ

ޤަތަރުން އީރާނާ އެކު ބާއްވާ ގާތް ގުޅުމަކީ ސަޢޫދީ އިން އެންމެ ކަންބޮޑުވާ އެއް ކަންތައް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 18 ޖެނުއަރީ 2018 | ބުރާސްފަތި 02:35
އީރާނުގެ ރައީސް ޙަސަން ރޫޙާނީ އަންގާރަ ދުވަހު އީރާނުގައި އޮތް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

އީރާނުގެ ރައީސް ޙަސަން ރޫޙާނީ އަންގާރަ ދުވަހު އީރާނުގައި އޮތް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

ޤަތަރާ ދެކޮޅަށް އެޤައުމުގެ އަވަށްޓެރި ގަލްފުގެ ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތައް ބަލައިނުގަނެވޭނެ ކަމަށާއި، ގަލްފުގެ ޤައުމުތަކުގެ ޢަމަލުތައް އިންސާފުވެރި ނޫން ކަަމަށް އީރާނުގެ ރައީސް ޙަސަން ރޫޙާނީ ވިދާޅުވެއްޖެއެވެ.

ރޫޙާނީ މިހެން ވިދާޅުވީ އީރާނުގެ ވެރިރަށް ތެހެރާންގައި ޤަތަރުގެ އެޑްވައިޒަރީ ކައުންސިލްގެ ރައީސް އަހުމަދު ބިން އަބްދުﷲ އަލް މަޙްމޫދުއާ އެކު ބައްދަލުކުރެއްވުމަށް ފަހުއެވެ.

ރޫޙާނީ ވިދާޅުވީ ގަލްފުގެ ޤައުމުތަކުގެ މެދުގައި އެއްބަސް ނުވެވޭ ކަންތައްތަކެއް ހުރި ނަމަ އެކަންތައްތައް ޙައްލުކުރަން ޖެހޭނީ ވާހަކަ ދައްކައިގެން ކަމަށް އީރާނުން ޤަބޫލުކުރާކަމަށެެވެ.

އީރާނާ އެކު ޤަތަރުން ބާއްވަމުން އަންނަ ގާތްގުޅުމަކީ ޤަތަރާ އެކު އޮންނަ ގުޅުން ކަނޑާލުމަށް ޢަރަބި ޤައުމުތަކުން ނިންމި އެއް ސަބަބެވެ. ރޫޙާނީ ވިދާޅުވީ ޤަތަރާ އެކު އޮންނަ ގުޅުން އީރާނުން އަބަދުވެސް ދަމަހައްޓާނެ ކަމަށެވެ. އަދި ޤަތަރުން ވެސް ވަނީ އިރާނުން އެޤައުމާ އެކު އޮންނަ ގުޅުން ދަމަހައްޓާތީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.

ޤަތަރުގެ މައްސަލައިގައި ފާއިތުވި އަށް މަސްދުވަހު ގަލްފުގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައިވާއިރު، ޤަތަރުގެ ވައިގެ ސިފައިން ޔޫއޭއީގެ މަތިންދާބޯޓުތަކަކަށް ޖެއްސުންކުރި ކަމަށް ބުނާ މައްސަލައެއް އަބޫދާބީ އިން ވަނީ ސިވިލް އޭވިއޭޝަނާ ބެހޭ ބައިނަލްއަޤްވާމީ އިދާރާ އައިކާއޯއަށް ހުށަހަޅާފައެވެ.

ޔޫއޭއީ އިން ފުރައިގެން ބަޙްރައިން އަށް ދަތުރުކުރި ދެ މަތިންދާބޯޓަކަށް ޤަތަރުގެ ވައިގެ ސަރަހައްދުގައި އެ ގައުމުގެ ވައިގެ ސިފައިންގެ ޖެޓްތަކުން ޖެއްސުންކޮށް ހުރަސްއެޅި ކަމަށް ޔޫއޭއީ އިން ދަނީ ބުނަމުންނެވެ. އެހެން ނަމަވެސް ޤަތަރުން އެކަން ދޮގުކުރެއެވެ. ސަޢޫދީ އާއި ޔޫއޭއީ އަދި ބަޙްރައިން އިން ޤަތަރާ އެކު އޮންނަ ގުޅުން ކަނޑާލައި، ޤަތަރުގެ އެއްވެސް މަތިންދާބޯޓެއް އަދި ޤަތަރަށް ދަތުރުކުރާ މަތިންދާބޯޓެއް ވެސް އެޤައުމުގެ ވައިގެ ސަރަހައްދު ބޭނުންކުރުން މަނާކުރިއެވެ. ޤަތަރުގެ ވަށައިގެންވާ ޤައުމުތަކުން އެފިޔަވަޅު އެޅި ނަމަވެސް ޤަތަރުން އެޤައުމުގެ ވައިގެ ސަރަހައްދު އެހެން ޤައުމުތަކުގެ އުޅަނދުތަކަށް ބަންދެއް ނުކުރެއެވެ.

މީގެ އިތުރުން ޤަތަރުގެ ޝާހީ ޢާއިލާގެ ބޭފުޅަކު އެބޭފުޅާގެ ނުރުހުމުގައި ޔޫއޭއީގެ ވެރިރަށް އަބޫދާބީގައި ބަންދުކޮށްގެން ގެންގުޅޭ ކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ. އަދި ބުދަ ދުވަހު ޤަތަރުގެ ޝާހީ އާއިލާގެ ބޭފުޅާ ޔޫއޭއީ އިން ކުވައިތަށް ގެންގޮސް، ކުވައިތުގައި ވަނީ ސިއްހީ ފަރުވާދިނުމަށް އެޑްމިޓްކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާއާ ދެކޮޅަށް އަރަބި ޤައުމުތަކުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ޖެހޭ: ލެބްނާން

އެމެރިކާއާ ދެކޮޅަށް އަރަބި ޤައުމުތަކުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ޖެހޭ: ލެބްނާން

09 ޑިސެމްބަރު 2017
ގަލްފްގެ މައްސަލައިގައި ކުވެއިތުގެ މަސައްކަތަށް އދގެ ސެކްރެޓަރީޖެނެރަލް ތައުރީފް ކުރައްވައިފި

ގަލްފްގެ މައްސަލައިގައި ކުވެއިތުގެ މަސައްކަތަށް އދގެ ސެކްރެޓަރީޖެނެރަލް ތައުރީފް ކުރައްވައިފި

28 އޯގަސްޓު 2017
ގަތަރަށް ކޮށްފައިވާ ޑިމާންޑްތައް ބަލައެއް ނުގަނެވޭ، އެއީ ހެއްކެއްގެ މައްޗަށް ބިނާވެފައި ޑިމާންޑްތަކެއް ނޫން: ގަތަރުގެ ޚާރިޖީ ވަޒީރު

ގަތަރަށް ކޮށްފައިވާ ޑިމާންޑްތައް ބަލައެއް ނުގަނެވޭ، އެއީ ހެއްކެއްގެ މައްޗަށް ބިނާވެފައި ޑިމާންޑްތަކެއް ނޫން: ގަތަރުގެ ޚާރިޖީ ވަޒީރު

28 ޖޫން 2017
ޤަތަރަށް ހުށަހަޅާފައިވާ ބައެއް ޝަރުތަކީ އަމަލުކުރެވޭނެ ޝަރުތުތަކެއް ނޫން: އެމެރިކާ

ޤަތަރަށް ހުށަހަޅާފައިވާ ބައެއް ޝަރުތަކީ އަމަލުކުރެވޭނެ ޝަރުތުތަކެއް ނޫން: އެމެރިކާ

26 ޖޫން 2017
ޤަތަރާއިމެދު ފިޔަވަޅު އެޅި ޤައުމުތަކުން އެކަންކުރި ސަބަބު ހާމަކޮށްދޭން ޖެހޭ: އެމެރިކާ

ޤަތަރާއިމެދު ފިޔަވަޅު އެޅި ޤައުމުތަކުން އެކަންކުރި ސަބަބު ހާމަކޮށްދޭން ޖެހޭ: އެމެރިކާ

21 ޖޫން 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު