Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާން އިނގިރޭސި ގުޅުން

ތާލިބާނުންނާއެކު ވެސް މަސައްކަތް ކުރާނަން: އިނގިރޭސި ބޮޑުވަޒީރު

21 އޯގަސްޓު 2021 | ހޮނިހިރު 03:18

ބޮރިސް ޖޯންސަން ވިދާޅުވީ ކާބުލް އެއަރޕޯޓްގެ ހާލަތު މިހާރު ކުރިޔަށްވުރެ ރަނގަޅު ކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 އޯގަސްޓު 2021 | ހޮނިހިރު 03:18
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން

އަފްޣާނިސްތާނުގެ ކޮންޓްރޯލް ހޯދާފައިވާ ތާލިބާނުންނާއެކު މަސައްކަތް ކުރަން ޖެހިއްޖެ ހާލަތެއްގައި އެގޮތަށް މަސައްކަތްކުރައްވާނެ ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ބޮރިސް ޖޯންސަން ވަނީ އަފްޣާނިސްތާނުގެ ހާލަތު ބަލަމުން އަންނަ އިނގިރޭސި ފޮރިން މިނިސްޓަރ ދިފާއުކުރައްވާ ވާހަކަދައްކަވާފައެވެ.

"އަހަރެން ދޭން ބޭނުންވާ ޔަގީންކަމަކީ އަހަރުމެންގެ ސިޔާސީ އަދި ޑިޕްލޮމެޓިކް މަސައްކަތްތައް ހުރީ އަފްޣާނިސްތާނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކަމަށް. އެއީ ތާލިބާނުންނާ ގުޅިގެން އެކަން ކުރަން ޖެހިއްޖެނަމަ އެމީހުންނާ ގުޅިގެން އެކަން ކުރުން." ޖޯންސަން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ކާބުލް އެއަރޕޯޓްގެ ހާލަތު މިހާރު ކުރިޔަށްވުރެ ރަނގަޅު ކަމަށެވެ. ތާލިބާނުން އަފްޣާނިސްތާނުގެ ކޮންޓްރޯލް ހޯދުމާއެކު އެތައް ހާސް ބަޔަކު ވަނީ ކާބުލްގެ އެއަރޕޯޓަށް ޖަމާވެ އަފްޣާނިސްތާން ދޫކޮށް ދިޔުމަށް މަސައްކަތްކޮށްފައެވެ. އެކަމުގެ ތެރޭގައި ބައެއް މީހުން މަރުވެފައިވެސްވެއެވެ.

އިނގިރޭސި ސަރުކާރުން ބުނެފައިވަނީ ހޮނިހިރު ދުވަހުން ފެށިގެން މިހާތަނަށް 1615 މީހުން އަފްޣާނިސްތާނުން ބާލުވާފައިވާކަމަށެވެ. އޭގެތެރޭގައި އިނގިރޭސިވިލާތުގެ 399 މީހުންނާއި އެމީހުންނާއި ގުޅުންހުރި މީހުން ހިމެނެއެއެވެ. އެމްބަސީގެ 320 ސްޓާފުން އަދި 402 އަފްޣާން ރައްޔިތުން މީގެތެރޭގައި ހިމެނެއެވެ.

އަފްޣާނިސްތާނުގެ ކަންކަން ބަލަހައްޓަމުން ގެންދާ ގޮތާއި ގުޅިގެން އިނގިރޭސި ފޮރިން ސެކެޓްރީ ޑޮމިނިކް ރާބުގެ އިސްތިއުފާއަށް އިނގިރޭސިވިލާތުގެ އިދިކޮޅުން ގޮވާލާފައިވާއިރު ބޮޑުވަޒީރު ޖޯންސަން ވިދާޅުވެފައިވަނީ ޚާރިޖީ ވަޒީރާމެދު ފުރިހަމަ އިތުބާރު އޮތްކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

15 ފެބުރުއަރީ 2017
 ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
17 ޖެނުއަރީ 2017

އެމްއެޗް 370 ހޯދުމުގެ މަސައްކަތް ހުއްޓާލައިފި

17 ޖެނުއަރީ 2017
އެމްއެޗް 370 ހޯދުމުގެ މަސައްކަތް ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް