Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ތައިލެންޑްގެ ހާލަތު

ތައިލެންޑްގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު މިލިއަނަކަށް، 97 އިންސައްތަ ކޭސް ރިޕޯޓްކޮށްފައިވަނީ ފާއިތުވި 5 މަހު

21 އޯގަސްޓު 2021 | ހޮނިހިރު 01:31

ހުކުރު ދުވަހު އެގައުމުގައި 19،851 މީހުންނަށް ކޮވިޑް ޖެހުނުއިރު 240 މީހުން ވަނީ މަރުވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 އޯގަސްޓު 2021 | ހޮނިހިރު 01:31
ތައިލެންޑްގައި ވޮލަންޓިއަރަކު ޕީޕީއީ ލައިގެން

ތައިލެންޑްގައި ވޮލަންޓިއަރަކު ޕީޕީއީ ލައިގެން

ތައިލެންޑްގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1 މިލިއަނަށް އަރައިފިއެވެ.

ތައިލެންޑްގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ތައިލެންޑްގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު މިލިއަނަކަށް އަރާފައިވަނީ ހުކުރު ދުވަހުއެވެ. ހުކުރު ދުވަހު އެގައުމުގައި 19،851 މީހުންނަށް ކޮވިޑް ޖެހުނުއިރު 240 މީހުން ވަނީ މަރުވެފައެވެ. ވައިރަސް ޖެހުނު މީހުންގެ އަދަދު މިލިއަނަކަށް އެރިއިރު މިބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 8826ށް އަރާފައެވެ. އެއި ބަލި ޖެހުނު މީހުންގެ 0.87 އިންސައްތަ މީހުންނެވެ.

ތައިލެންޑުން ފެނިފައިވާ ކޭސްތަކުގެ 97 އިންސައްތަ ރިޕޯޓްކޮށްފައިވަނީ ފާއިތުވި 5 މަސް ދުވަހު ކަމަށްވެސް އެގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. ތައިލެންޑްގައި ކޮވިޑްގެ ހާލަތު ގޯސްވަމުން ދިޔައިރު އެގައުމަށް ވަނީ ވެކްސިން ލިބުމުގައިވެސް ދަތިތަކާ ކުރިމަތިވެފައެވެ. އެއާއެކު ހަލުވިކަމާއެކު ވެކްސިން ދިނުމުގެ ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ގޮންޖެހުންތަކާ ވަނީ ކުރިމަތިލާންޖެހިފައެވެ.

ތައިލެންޑްގައި މިއަހަރުގެ އޭޕްރީލް މަހާ ހަމައަށްވެސް ކޮވިޑްގެ ހާލަތު ވަނީ ކޮންޓްރޯލްކޮށްފައެވެ. ނަމަވެސް އޭޕްރީލް މަހު އެގައުމުގައި ކޮވިޑްގެ ހާލަތު ގޯސްވާން ފެށީ އަލްފާ ވޭރިއަންޓާއެކުއެވެ. އަދި އޭގެ ފަހުން ޑެލްޓާ ވޭރިއަންޓްވެސް އެގައުމުގައި ހަލުވި ކަމާއެކު ފެތުރެން ފެށިއިރު އޭރު ވެކްސިން ދެވިފައިވަނީ މަދު ބަޔަކަށެވެ. އެހެންކަމުން ހަލުވި ކަމާއެކު ވައިރަސް ދިޔައީ ފެތުރެމުންނެވެ.

ތައިލެންޑްގައި ވެކްސިން ޖަހަން ޖެހޭ އާބާދީގެ 66 މިލިއަން މީހުންގެ ތެރެއިން ވެކްސިން ޖަހާފައިވަނީ 8.3 އިންސައްތަ މީހުންނެވެ. އެހެންކަމުން ވެކްސިން ޖެހުމުގެ ކަންކަން އަވަސްކުރުމަށް ސިއްހީ އޮފިޝަލުން އަންނަނީ މަސައްކަތްކުރަމުންނެވެ.

އަނެއްކޮޅުން ޑެލްޓާ ވޭރިއަންޓްގެ ސަބަބުން ވެކްސިންގެ އަސަރު ކުރާ މިންވަރު ދަށްވުމާއި ގުޅިގެން ތައިލެންޑްގެ އޮފިޝަލުން އަންނަނީ ބޫސްޓަރ ޝޮޓް ޖެހުމާމެދު ވިސްނަމުންނެވެ. އެގޮތުން ސިނޯވެކް ވެކްސިން ޖަހާފައިވާ 3.4 މިލިއަން މީހުންނަށް އެސްޓްރަޒެނިކާ ވެކްސިން ނުވަތަ އެމްއާރުއެންއޭ ވެކްސިނެއް ބޫސްޓަރ ޝޮޓްގެ ގޮތުގައި ޖަހާނެކަމަށް އެގައުމުގެ އޮފިޝަލުން ބުނެއެވެ.

ސިނޯވެކް ވެކްސިން ޖަހާފައިވާ ފްރޮންޓް ލައިންގައި މަސައްކަތްކުރާ މީހުންނަށް މިހާރުވެސް ވަނީ ބޫސްޓާރ ޑޯޒް ދީފައެވެ.

ތައިލެންޑްގެ ސަރުކާރުން ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ގެންގުޅޭ އުސޫލުތަކާއި ކޮވިޑް ވެކްސިން ޖެހުމުގެ ކަންކަން ލަސްވަމުންދާތީ އެގައުމުގެ ސަރުކާރާ މެދު އާންމުންގެ މެދުގައި ވަނީ ހިތްހަމަނުޖެހުން އުފެދިފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
22 މާރިޗު 2017

މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި

22 މާރިޗު 2017
މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް