Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެސީ މެޗެއް ކުޅުން

ބްރެސްޓާ ދެކޮޅަށްވެސް މެސީ ނުކުޅޭނެ

20 އޯގަސްޓު 2021 | ހުކުރު 12:31

މެސީގެ ފުރަތަމަ މެޗަކީ ރެއިމްސްއާ ދެކޮޅަށް ކުޅޭ މެޗު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 20 އޯގަސްޓު 2021 | ހުކުރު 12:31
ޕީއެސްޖީގެ ފަރިތަކުރުންތަކުގެ ތެރެއިން އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ

ޕީއެސްޖީގެ ފަރިތަކުރުންތަކުގެ ތެރެއިން އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ

ފްރެންޗް ލީގުގައި ހުކުރު ދުވަހުގެރޭ ބްރެސްޓާ ދެކޮޅަށް ކުޅޭ މެޗަށް ޕީއެސްޖީން އެކުލަވާލި ސްކޮޑުގައި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ނުހިމަނަން އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ނިންމައިފިއެވެ.

އުމުރުން 34 އަހަރުގެ މެސީ ޕީއެސްޖީއަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގެ ދަށުން މި މަހުގެ 10 ވަނަ ދުވަހުއެވެ. އެއަށްފަހު މިދިޔަ ހޮނިހިރު ދުވަހުގެރޭ ޕީއެސްޖީން 4-2 ގެ ނަތީޖާއަކުން ސްޓްރަސްބޯގް ބަލިކުރި މެޗުގައިވެސް މެސީ ބޭނުންކޮށްފައެއް ނުވެއެވެ. އެކަމަކު އެ މެޗުގެ ކުރިން މެސީ ހިމެނޭ ގޮތަށް ޕީއެސްޖީން ވަނީ މި ފަހަރު ޓްރާންސްފާ ބާޒާރުގައި އެ ޓީމަށް އަލަށް ގުޅުނު ކުޅުންތެރިން ސަޕޯޓަރުންނަށް ތައާރަފުކޮށްފައެވެ.

ލީގުގައި ހުކުރު ދުވަހުގެރޭ ރަށުން ބޭރުގައި ބްރެސްޓާ ދެކޮޅަށް ކުޅޭ މެޗުގައިވެސް މެސީ ބޭނުންނުކުރަން ޕޮޗެޓީނޯ ނިންމިއިރު، ރިޕޯޓުތައް ބުނާ ގޮތުން މެސީ އެ ޓީމަށް ކުޅޭނެ ފުރަތަމަ މެޗަކީ މި މަހު 29 ވަނަ ދުވަހު ލީގުގައި ރެއިމްސްއާ ދެކޮޅަށް ޕީއެސްޖީ ނުކުންނަ މެޗެވެ. އަދި އެ މެޗުގައި ޕީއެސްޖީގެ އައު ގޯލްކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާވެސް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ ކުރިން ދިން އިންޓަވިއުއެއްގައި ޕޮޗެޓީނޯ ބުނީ މެސީ ދަނޑުމަތިން ފެންނަން އަދި ދުވަސްކޮޅެއް ނަގާނެ ކަމަށެވެ. އެގޮތުން ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތަށްފަހު މިވީ މަހެއްހާ ދުވަސް ފަހުން މެސީ މާގިނައިން ފަރިތަކޮށްފައިނުވާ ކަމަށާއި، އެހެންކަމުން ބޭނުންވަނީ ފިޔަަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށްދާން ކަމަށްވެސް ބުންޏެވެ. އަދި މެޗުގައި މެސީ ބޭނުންކުރާނީ ފިޓްނަސްއާ ހުރިހާ ކަމަކަށް ބެލުމަށްފަހު ކަމަށްވެސް ޕޮޗެޓީނޯ ބުންޏެވެ.

މެސީ ދަނޑުމަތިން ފެންނަން އަދި ދުވަސްކޮޅެއް ނަގާނެ ކަމަށް ޕޮޗެޓީނޯ ބުނިއިރު، މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ހިލޭ ޓްރާންސްފާއެއްގެ ދަށުން ޕީއެސްޖީއާ ގުޅުނު ރެއާލް މެޑްރިޑުގެ ކުރީގެ ކެޕްޓަން ސާޖިއޯ ރާމޯސްއަށް ވަނީ އަނިޔާވެފައެވެ. ފަޔަށް ލިބިފައިވާ އެ އަނިޔާއިން ރަނގަޅުވެ، އޭނާއަށް ޕީއެސްޖީގެ މެޗުތަކުގައި ކުޅެވޭނީ އަންނަ ސެޕްޓެމްބަރު މަހުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

24 މެއި 2017

ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި

24 މެއި 2017
ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި
17 މެއި 2017

ޕުޔޯލްގެ ނަޒަރުގައި ރޮނާލްޑޯއަށްވުރެ މޮޅީ މެސީ

17 މެއި 2017
 ޕުޔޯލްގެ ނަޒަރުގައި ރޮނާލްޑޯއަށްވުރެ މޮޅީ މެސީ
17 މެއި 2017

ސައުތްހެމްޓަނާ ދެކޮޅަށް ކުޅޭ މެޗުގައި ޕޮގްބާ ނުކުޅޭނެ: މޮރީނިއޯ

17 މެއި 2017
ސައުތްހެމްޓަނާ ދެކޮޅަށް ކުޅޭ މެޗުގައި ޕޮގްބާ ނުކުޅޭނެ: މޮރީނިއޯ
24 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

24 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި
20 އެޕްރީލު 2017

ސެރީނާ މިއަހަރުދެން އިތުރު މުބާރާތެއް ނުކުޅޭނެ

20 އެޕްރީލު 2017
ސެރީނާ މިއަހަރުދެން އިތުރު މުބާރާތެއް ނުކުޅޭނެ
05 އެޕްރީލު 2017

ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ

05 އެޕްރީލު 2017
ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ
05 އެޕްރީލު 2017

ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން

05 އެޕްރީލު 2017
ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން
03 އެޕްރީލު 2017

ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

03 އެޕްރީލު 2017
ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ
29 މާރިޗު 2017

ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި

29 މާރިޗު 2017
ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި
25 ފެބުރުއަރީ 2017

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް