Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސެރީނާ ވިލިއަމްސް

ސެރީނާ މިއަހަރުދެން އިތުރު މުބާރާތެއް ނުކުޅޭނެ

ބަނޑުބޮޑުވިތާ ވިހި ހަފްތާ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 20 އެޕްރީލު 2017 | ބުރާސްފަތި 11:57
ސެރީނާއަށް އިތުރު މުބާރާތެއް ނުކުޅެވުނަސް ރޭންކިން އަކަށް ބަދަލެއް ނާންނާނެ

ސެރީނާއަށް އިތުރު މުބާރާތެއް ނުކުޅެވުނަސް ރޭންކިން އަކަށް ބަދަލެއް ނާންނާނެ

މިއަހަރު ދެން އިތުރު އެއްވެސް ޓެނިސް މުބާރާތެއް ނުކުޅޭނެ ކަމަށް ސެރީނާ ވިލިއަމްސް ބުނެފިއެވެ.

ދުނިޔޭގެ ދެވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ އެމެރިކާގެ ސެރީނާ، މިއަހަރު އިތުރު މުބާރާތެއް ނުކުޅޭނެކަން އިއުލާން ކޮށްފައިވަނީ އޭނާ ކުރި ސްނެޕެއްގައެވެ.

ލޯގަނޑެއްގެ ކުރިމަތީގައި ހުރެގެން ސެރީނާ ކުރި ސްނެޕެއްގައި ބުނެފައިވަނީ އޭނާ ބަނޑުބޮޑު ކަމަށާއި އެހެންވެ މިއަހަރުދެން އެހެން މުބާރާތެއް ނުކުޅޭ ކަމަށެވެ.

ސެރީނާވަނީ އޭނާގެ ސަޕޯޓަރުންނަށް އާންމުކޮށް ދައްކާލަންކުރި ސްނެޕްގައި " '20 ހަފުތާ" މިހެން ޖަހާފައެވެ. މާނައަކީ ސެރީނާގެ ބަނޑަށް 20 ހަފްތާވެފައިވާ ކަމަށެވެ.

އެމެރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ ދެބެން ކަމަށްވާ ވީނަސް އާ ސެރީނާއަކީ ޓެނިހުގެ ދުނިޔޭގައި ވަރަށް ކާމިޔާބު ދެބެންނެވެ.

މިވަގުތު ދުނިޔޭގެ ދެވަނައިގައި ރޭންކު ކުރެވިފައިވާ ސެރީނާ ބަނޑުބޮޑުވުމާއި ގުޅިގެން އިތުރު މުބާރާތެއް ނުކުޅޭކަން އިއުލާންކުރިއިރު، އޭނާވަނީ މިއަހަރު ޖަނަވަރީ މަހު، ބޭއްވި އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކޮށްފައެވެ.

އެ މުބާރާތާއެކު ގްރޭންޑް ސްލޭމްގެ 23 މުބާރާތް ކާމިޔާބުކޮށް ސެރީނާވަނީ ރެކޯޑެއް ޤާއިމްކޮށްފައެވެ. އަނެއްކޮޅުން އެ ރެކޯޑް ސެރީނާ ޤާއިމްކުރީ އޭނާގެ ދައްތަ ވީނަސް ވިލިއަމްސް ބަލި ކުރުމަށްފަހު އެވެ.

ފްރެންޗް އޯޕަން، ޔޫއެސް އޯޕަން، އަދި ވިމްބަލްޑަން މުބާރާތަކީ ސެރީނާ ކާމިޔާބުކުރި ދުނިޔޭގެ އެންމެ ބޮޑު ގްރޭންޑް ސްލޭމް މުބާރާތްތަކުގެ ގޮތުގައި ހިމެނޭ ތިން މުބާރާތެވެ.

ބަނޑުބޮޑުވުމުގެ ސަބަބުން މިއަހަރު އިތުރު މުބާރާތެއް ނުކުޅެން ސެރީނާ ނިންމާފައިވަނީ ދުނިޔޭގެ ރޭންކިންގެ އެއްވަނައަށް އެރެން އޮއްވައެވެ. ނަމަވެސް އެހާލަތުގައި އޭނާއަށް ކުޅެވޭނެ ގޮތެއްވެސް ނޯންނާނެއެވެ.

މިވަގުތު ދުނިޔޭގެ ރޭންކިންގެ އެއްވަނައަށް ނޭރުނަމަވެސް އެ ފުރުސަތުވެސް ސެރީނާއަކަށް ނުގެއްލޭނެއެވެ. އެއީ އަންހެންނުންގެ ޓެނިސް އެސޯސިއޭޝަންގެ ރޭންކިންގައި އަމަލުކުރާ ހާއްސަ އުސޫލަކުން އެފުރުސަތު އޭނާއަށް ނުގެއްލި ލިބޭނެތީއެވެ.

މި އުސޫލުގައިވާ ގޮތުން ވިހައިގެން ނުވަތަ، ދިގު މުއްދަތެއް ހޭދަ ކުރަންޖެހޭ އަނިޔާއެއް ކުރިމަތި ވެއްޖެނަމަ، އެކުޅުންތެރިޔެއްގެ ރޭންކިންގް މަގާމު ނުގެއްލޭނެއެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
06 ފެބުރުއަރީ 2017

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

06 ފެބުރުއަރީ 2017
މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި
05 ފެބުރުއަރީ 2017

ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި

05 ފެބުރުއަރީ 2017
ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި
03 ފެބުރުއަރީ 2017

ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

03 ފެބުރުއަރީ 2017
ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި
28 ޖެނުއަރީ 2017

އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

28 ޖެނުއަރީ 2017
އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު