Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
72 ކިލޯ ޑައިމޯފިން އެތެރެކުރި މައްސަލަ

ރާއްޖެއަށް 72 ކިލޯގެ ޑައިމޯފިން އެތެރެކުރި މައްސަލައިގައި ދައުވާކުރާ މީހުންގެ ބަންދު މުރާޖަޢާކުރުން މި މަހު 25 ގައި

މި މައްސަލާގައި ހިމެނޭ 10 މީހުންގެ މައްޗަށް އުފުލާފައިވަނީ ޑައިފޯމިން ޓެރެފިކްކުރުމުގެ ކުށުގެ ދައުވާ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 19 އޯގަސްޓު 2021 | ބުރާސްފަތި 08:52
ރާއްޖެއަށް 72 ކިލޯ ޑައިމޯފިން އެތެރެކުރި މައްސަލައިގައި ދައުވާކުރާ 10 މީހުން

ރާއްޖެއަށް 72 ކިލޯ ޑައިމޯފިން އެތެރެކުރި މައްސަލައިގައި ދައުވާކުރާ 10 މީހުން

ރާއްޖެއަށް 72 ކިލޯގެ ޑައިމޯފިން އެތެރެކުރި މައްސަލައިގައ ދައުވާކުރާ މީހުންގެ ބަންދު މުރާޖަޢާކުރުމަށް ބާއްވާ އަޑުއެހުން އޮގަސްޓް 25 ގައި ބޭއްވުމަށް ނިންމައިފިއެވެ.

މި މައްސަލައިގައި ދައުވާކުރާ 10 މިހުންގެ ޝަރީއަތުގެ އަޑުއެހުން ބާއްވާފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ގައެވެ. ވަކިވަކިން ކުރިއަށްދިޔަ މި އަޑުއެހުމުގައި އޮތީ، ދިފާއުން ހުށަހަޅާ ހެއްކާ ބެހޭ ގޮތުން ވާހަކަދެއްކުމެވެ.

Advertisement - newsAdvertisement

ރ. އިނގުރައިދޫ، އެލެސްކާ، މުޙައްމަދު ވިސާމްގެ ފަރާތުން ހެކި ހުށަހަޅުއްވަމުން ދިފާއީ ވަކީލު ވިދާޅުވީ، ދައުވާއަށް އިންކާރު ކުރާ ކަމަށެވެ. އަދި ދައުވާގައި ބަޔާން ކޮށްފައިވާ އެއްވެސް ކަމަކީ ވިސާމްކޮށްފައިވާ ކަމެއް ނޫން ކަމަށް ވެސް ދިފާއުން ވަަނީ ބުނެފައެވެ.

ދިފާއުން ވިދާޅުވީ، "މަސްޖަރީ-2" މަސް ދޯނިން ފެނިފައިވާ ތަކެއްޗަކީ އެ ދޯނީގައި މީގެ 5 އަހަރު ކުރިން ވެސް ބޭނުން ކުރަމުން އައި ތަކެތިކަން ސާބިތު ކުރުމަށް ވެސް ހެކި ހުށަހަޅާފައިވެއެވެ. ދިފާއުން ބުނީ ވިސާމް ބޭނުންވަނީ ވީހާވެސް އަވަހަކަށް ހެކިން ހުށަހަޅައި، އަޑުއެހުން ކުރިއަށް ގެންގޮސް ޝަރީއަތް ނިންމުމަށް ކަމަށެވެ. ޝަރީއަތުގެ ކުރިން ހުށަހަޅާ ކަންކަން ހުށަހެޅުމަށް 10 ދުވަސް ދޭން އެދުމުން އެ މުއްދަތުވަނީ ދީފައެވެ.

ވިސާމުގެ މައްސަލައާ ގުޅިގެން ކޮންމެހެން ބޭނުންވާ ހެކިތައް ހުށަހެޅުމަށް ވެސް ގާޒީ ހަސަން ސައީދު ވަނީ ދައުލަތުގައި އެދިވަޑައިގެންފައެވެ.

ރ. އިނގުރައިދޫ، އެލެސްކާ، ޢަބްދުﷲ ވިސާމްގެ ހެކިންގެ ގޮތުގައި ދިފާއުން ފުލުހުންގެ އޮފިސަރުން ހެކިންގެ ގޮތުގައި ހުށަހެޅިއެވެ. ދިފާއުން ބުނީ ފުލުސް އޮފިސަރުން ހެކިންގެ ގޮތުގައި ހުށަހެޅީ، އެއްވެސް މަސްތުވާއެއްޗެއް އެ ދޯނިން އެހެން ލޯންޗަކަށް އަރުވަނިކޮށް ފެނިފައި ނުވާކަން ސާބިތު ކުރުމަށް ކަމަށާއި، ޓްރެފިކް ކުރުމުގެ އެއްވެސް އަމަލެއް ހިންގާފައި ނުވާކަން ސާބިތުކުރުމަށް ކަމަށެވެ.

އެ ސީންގައި އުޅުނު ބައެއް އޮފިސަރުން ވެސް ހެކިންގެ ގޮތުގައި ހުށަހަޅަމުން ދިފާއުން ބުނީ، މިއީ، ލޯންޗް ބަލައި ފާސް ކުރި އިރު އެއްވެސް އެއްޗެއް ފެނިފައި ނުވާކަން ސާބިތު ކުރުމަށް ހުށަހެޅި ހެކި ކަމަށެވެ. ހަމައެއާއެކު، ދޯންޏަކީ މަސް ދޯންޏެއްކަން ސާބިތު ކުރުމަށާއި، ދައުލަތުގެ ފަރާތުން ސިއްރު ހެކީގެ ގޮތުގައި ހުށަހެޅި އިންޓެލިޖެންސް ރިޕޯޓް ތައްޔާރުކުރި ފަރާތް ވެސް ހެއްކެެއްގެ ގޮތުގައި ދިފާއުން ހުށަހެޅިއެވެ. ކިތާބީ ހެކީގެ ގޮތުގައި ސީންގެ ފޮޓޯ ވެސް ދިފާއުން ވަނީ ހުށަހަޅާފައެވެ.

ދައުލަތުން ބުނީ، އެ ހެކިތައް ދައުލަތަށް ލިބިފައިނުވާ ކަމަށެވެ. އަދި މެއި 3 ގެ ފަހުން ހެކި ހުށަހެޅި ނަމަ އެ ހެކިތައް ބަލައި ގަތުމަށް އިއުތިރާޒުކުރާ ކަމަށެވެ. ޝަރީއަތުން ވެސް އެގޮތަށް އެކަން ބަލައިގެންނެވިއެވެ.

ދ. މާއެނބޫދޫ، އަނބުގޮސްދޮށުގެ، އަޙްމަދު ނަޞީރު އަދި ކ.މާލެ، މއ. ކަނޑޫގެ، ޢަލީ އަޙުމަދު ލިޔުމުން ހެކި ހުށަހަޅާފައިވާނެ ކަމަށް ދިފާއުން ބުނެފައިވެއެވެ. އެގޮތުން 6 ފުލުހެއް ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ކަމަށާއި، ދޯންޏަކީ، މަސްދޯންޏެއް ކަން ސާބިތު ކުރުމަށާއި، ދޯނިން މަސްތުވާ ތަކެތި ފެނިފައި ނުވާކަން ސާބިތުކުރުމަށް އިންވެސްޓިގޭޝަން އޮފިސަރާއި، އިންޓެލިޖެންސް ރިޕޯޓް ތައްޔާރު ކުރި ފަރާތް ވެސް ހެކީގެ ގޮތުގައި ހުށަހަޅާފައިވެއެވެ.

ކިތާބީ ހެކީގެ ގޮތުގައި ސީން ރިޕޯޓާއި، ފޮޓޯތައް ވަނީ ހުށަހަޅާފައެވެ. ހަމަ މިއާއެކު، ދައުވާ ކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި، ދައުވާކުރަން ދީފައި އޮންނަ މުއްދަތުގެ ފަހަނައަޅާ ދިޔަ ފަހުންކަން ސާބިތުކުރުމަށް ދައުވާ ފޯމް ވެސް ހެކީގެ ގޮތުގައި ހުށަހަޅާފައިވާކަން ދިފާއުން ފާހަގަކުރިއެވެ.

އަޙްމަދު ނަޞީރުގެ ބަލި ހާލަތު ހުރި ގޮތުން ބަންދަށް ގޮތެއް ނިންމައި ދިނުމަށް ވެސް ވަނީ އެދިފައެވެ. އޭނާގެ ފުރަގަސް ފަރާތުގެ އޮޕަރޭޝަނެއް ކުރަން ޑޮކްޓަރު ލަފާ ދީފައިވާކަމަށް ފާހަގަކުރިއެވެ. ދައުލަތުން ބުނީ، ޑޮކްޓަރު ލަފާ ދީފައިވާ އޮޕަރޭޝަން ކުރުމަށް އަހުމަދު ނަސީރު އިންކާރު ކޮށްފައިވާ ކަމަށް ކަރެކްޝަނުން ބުނެފައިވާ ކަމަށާއި، ބޭސް ބޭނުން ކުރަމުންދާ ކަމަށް ކަރެކްޝަނުން މައުލޫމާތު ދީފައިވާ ކަމަށެވެ. އެހެންކަމުން ބަންދުގައި ހުރި ހުރުން ދަމަހައްޓަން ދައުލަތުން އެދޭ ކަމަށެވެ.

އޭނާގެ ފަޔާއެއްކޮށް އައްސިވާ ކަމަށް އަހުމަދު ނަސީރު ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވެއެވެ.

ޝަރުތުކޮށްފައި ދޫކޮށްލުމާ މެދު ދައުލަތުން ދެކެނީ ކިހިނެއްތޯ ގާޒީ ހަސަން ސައީދު އެއްސެވުމުން ދައުލަތުން ބުނީ، ބަންދުގައި ބަހައްޓައިގެން ފަރުވާ ދެވޭ ބައްޔަކަށްވާތީ އާއި ފަރުވާއަށް އިންކާރުކޮށްގެން ދޫކޮށްލާނަމަ އޭގެ ނާޖާއިޒް ފައިދާ ކުށްވެރިން ނަގާނެ ކަމަށެވެ. އެހެންކަމުން ފަރުވާއަށް އިހުމާލުވާކަން ސާބިތުކޮށް ދީފިނަމަ ބަންދާމެދު ގޮތެއް ނިންމިދާނެ ކަމަށް ޝަރީއަތުން ފާހަގަކުރެއްވިއެވެ.

އަހުމަދު ނަސީރުގެ ސިއްޙީ ކަންކަމާ ގުޅިގެން ކަރެކްޝަންގެ ސިއްޚީ ޓީމަކާއެކުމި މަހުގެ 25 ގައި އަޑުއެހުމެއް ބޭއްވުމަށް ޝަރީއަތުން ނިންމެވިއެވެ.

ސ. ހުޅުދޫ، ދޭލިޔާގެ, ޢިރުފާން ތަޤިއްޔުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ، 3 ހެއްކެކެވެ. އިރުފާންގެ ފަރާތުން ހުށަހަޅާފައިވާ ހެކިތައް ދައުލަތަށް ލިބިފައިވާ ކަމަށާއި، ޝަރީއަތުގެ ކުރިން އިތުރު ކަންކަން ހުށަހެޅުމަށް ދައުލަތާއި ދިފާއަށް ވެސް 15 ދުވަސް ވަނީ ދީފައެވެ.  

ތ. ތިމަރަފުށި، ތަނޑިރަތްމާގެ، މުޙައްމަދު ވަޖީހު ރ. ރަސްގެތީމު، ފީރޯޒްގެ، އަޙްމަދު ޝިނާން، ލ. ގަން-ތުނޑި، ޕެރިސްހޮލިޑޭ، މުޙައްމަދު ފުރުޤާން، ހދ. ނޮޅިވަރަންފަރު، ނޫރީއާގެ، މުޙައްމަދު ޝަރީފްގެ ހެކިތައް ދައުލަތަށް ލިޔުމުން ލިބިފައި ނުވާ ކަމަށް ދައުލަތުން ފާހަގަކުރިއެވެ. ދިފާއުން ބުނީ، ކޯޓަށް ހެކިތައް ފޮނުވާފައިވާ ކަމަށެވެ. ހެކިތައް ދިރާސާ ކުރުމަށް ފަހު އިތުރު ކަަންކަން ހުށަހެޅުމަށް 15 ދުވަސް ދިނުމަށް އެދުމުން ދިފާޢުއަށާއި ދައުލަތަށް ވެސް ދެއްވިއެވެ.

އަޑު އެހުން ނިންމާލަމުން ގާޒީ ވިދާޅުވީ، ބަންދު މުރާޖަޢާކުރުމަށް ދައުލަތުން ފޮނުވާއިރު، ބަންދުގައި ބަހައްޓަން ބޭނުންވާ ސަބަބު ބަޔާންކޮށް ސާފުވާނެ ގޮތަށް ފޯމް ހުށަހެޅުއްވުމަށެވެ. ބަންދު މުރާޖަޢާކުރުމަށް ބާއްވާ އަޑުއެހުން މި މަހުގެ 25 ގައި ބޭއްވުމަށާއި، މައްސަލައިގެ އިތުރު އަޑުއެހުމެއް ސެޕްޓެމްބަރު މަހު ފަހުކޮޅު ބޭއްވުމަށް ގާޒީ ވަނީ ނިންމަވާފައެވެ.

މި މައްސަލާގައި ހިމެނޭ 10 މީހުންގެ މައްޗަށް އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއެވެ. އަދި މި 10 މީހުންގެ ތެރެއިން 3 މީހެއްގެ މައްޗަށް އިތުރު ދައުވާއެއް ވެސް ވަނީ އުފުލާފައެވެ. އެ ތިން މީހުންގެ މައްޗަށް ދެން އުފުލާފައި ވަނީ ކެނަބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.

ފުލުހުން ވިދާޅުވީ މި މީހުންގެ ތެރެއިން ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަޤިއްޔު (32އ) އާއި ރ. އިނގުރައިދޫ / އެލެސްކާ، މުޙައްމަދު ވިޝާމް (28 އ) އަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށްތިބި ދެ މީހުން ކަމަށެވެ.

ކްރިމިނަލް ކޯޓްމަސްތުވާތަކެތި

ކޮމެންޓް

އިތުރަށް ކިޔާލަން

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު