Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭއެފްސީ ކަޕް

ނިއުގެ ކާމިޔާބީ ތަކުރާރުކުރަން ބޭނުން: އޮސްކާ

ބަޝުންދަރާ އާއި މާޒިޔާގެ މެޗު ފަށާނީ ބުދަ ދުވަހުގެރޭ 21:00 ގައި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 17 އޯގަސްޓު 2021 | އަންގާރަ 14:21
ބަޝުންދަރާ ކިންގްސްގެ ކޯޗު އޮސްކާ ބްރުޒޮން

ބަޝުންދަރާ ކިންގްސްގެ ކޯޗު އޮސްކާ ބްރުޒޮން

ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއެކު އޭއެފްސީ ކަޕުގައި ހޯދި ކާމިޔާބީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއާއެކު ތަކުރާރުކުރަން ބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފިއެވެ.

ނިއުއާއެކު އޮސްކާ ހޭދަކުރި ކުރު މުއްދަތުގައި އޭނާ ވަނީ ރާއްޖޭގެ ހުރިހާ މުބާރާތެއް އެ ޓީމާއެކު ކާމިޔާބުކޮށްފައެވެ. ނިއު ދޫކޮށް 2018 ވަނަ އަހަރު އޮސްކާ ބަޝުންދަރާއަށް ބަދަލުވިއިރު، މިއީ ބަޝުންދަރާއާ ހަވާލުވި ފަހުން އޮސްކާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ދަނޑުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ޑީގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ބުދަ ދުވަހުގެރޭ ކުޅެން އޮތް މެޗުގެ ކުރިން އަންގާރަ ދުވަހޔު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ވާހަކަދައްކަމުން އޮސްކާ ބުނީ ރާއްޖޭގައި މީގެ ކުރިން ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށާއި، އަދި ރާއްޖެއަކީ އޭނާގެ ދެވަނަ ގެ ކަމަށެވެ. އަދި އެނބުރި ގައުމީ ފުޓްބޯޅަ ދަނޑަށް ވަދެވުމުން ވަރަށް އުފާވެއްޖެ ކަމަށްވެސް ވަނީ ބުނެފައެވެ.

އޮސްކާ ބުނީ ނިއުގައި ހޭދަކުރި ދުވަސްވަރު އޭނާގެ އެންމެ ވާދަވެރި ޓީމަކީ މާޒިޔާ ކަމަށާއި، މާޒިޔާ އަތުން ނިއު މީގެ ކުރިން ހޯދި ކާމިޔާބީތައް ބަޝުންދުރާ އާއެކު ތަކުރާރުކުރަން ބޭނުންވާ ކަމަށެވެ.

މާޒިޔާއާ ބެހޭ ގޮތުން ވާހަކަދައްކަމުން އޮސްކާ ބުނީ މާޒިޔާއަކީ ރާއްޖޭގައި މި ވަގުތު އޮތް އެންމެ މޮޅު ޓީމު ކަމަށެވެ. އަދި މާޒިޔާގައި މިވަގުތު އޮތް ސްކޮޑަކީ ފުރިހަމަ ސްކޮޑެއް ކަމަށާއި، މާޒިޔާގެ ބައެއް ކުޅުންތެރިންނާއެކު މީގެ ކުރިން މަސައްކަތް ކުރެވިފައިވުމުން އެ ކުޅުންތެރިންގެ ސްޓައިލް އެނގޭ ކަމަށްވެސް އޮސްކާ ބުންޏެވެ. އަދި މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗަކީ ސްޕެނިޝް ލީގުގައި 10 އަހަރު ކުޅެފައިވާ ކޯޗެއް ކަމަށާއި، އަދި އޭނާއަކީ އޭއެފްސީ ކަޕުގައި ފިލިޕީންސްގެ ސެރެސްގައި ރަނގަޅު މަސައްކަތްތަކެއްވެސް ކޮށްފައިވާ ކޯޗެއް ކަމަށްވެސް ވަނީ ބުނެފައެވެ.

އޭއެފްސީ ކަޕާ ބަޝުންދަރާ ކުރިމަތިލާއިރު، މިދިޔަ ހަފުތާގެ ތެރޭގައި އެ ޓީމުން ވަނީ ބަންގްލަދޭޝްގެ ޗެމްޕިއަންކަން ހޯދާފައެވެ. އޭއެފްސީ ކަޕުގެ ގްރޫޕް ޑީގައި ބަޝުންދަރާ އާއި މާޒިޔާ ބައްދަލުކުރާ މެޗު ފަށާނީ ބުދަ ދުވަހުގެރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

އޭއެފްސީ ކަޕްބަޝުންދަރާ ކިންގްސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބިދޭސީ ކުޅުންތެރިންނާއި ކޯޗު ނުލައި މޯހަން ބަގާން މާލެ އަށް

ބިދޭސީ ކުޅުންތެރިންނާއި ކޯޗު ނުލައި މޯހަން ބަގާން މާލެ އަށް

10 ޑިސެމްބަރު 2023
މޯހަން ބަގާންއާއި ބަޝުންދުރަ އެއްވަރު، އެއްވަނައިގައި މޯހަން ބަގާން

މޯހަން ބަގާންއާއި ބަޝުންދުރަ އެއްވަރު، އެއްވަނައިގައި މޯހަން ބަގާން

25 އޮކްޓޯބަރު 2023
މާޒިޔާ ބަލިވެ، މިވަގުތު ރާއްޖޭގެ ފުޓްބޯޅައަށް އޮތް ހަމައެކަނި އުންމީދުވެސް ފަނޑު ވެއްޖެ

މާޒިޔާ ބަލިވެ، މިވަގުތު ރާއްޖޭގެ ފުޓްބޯޅައަށް އޮތް ހަމައެކަނި އުންމީދުވެސް ފަނޑު ވެއްޖެ

24 އޮކްޓޯބަރު 2023
ބޯޅައާ ނުލައި މާޒިޔާ ގަދައެއްނޫން: އޮޑިއްސާ ކޯޗު

ބޯޅައާ ނުލައި މާޒިޔާ ގަދައެއްނޫން: އޮޑިއްސާ ކޯޗު

24 އޮކްޓޯބަރު 2023
ރާއްޖެއިން ބަނގުރާ ގެންދިޔަ ކީޕަރު ފަސް މަހަށް، ޑިފެންޑަރު ދެ މަހަށް ސަސްޕެންޑްކޮށްފި

ރާއްޖެއިން ބަނގުރާ ގެންދިޔަ ކީޕަރު ފަސް މަހަށް، ޑިފެންޑަރު ދެ މަހަށް ސަސްޕެންޑްކޮށްފި

13 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

20 ފެބުރުއަރީ
ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟
20242 އަހަރު ކުރިން
ރިޕޯޓު

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ
20215 އަހަރު ކުރިން
ރިޕޯޓު

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
20197 އަހަރު ކުރިން
ރާއްޖެ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު