Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަޑުބަރޭގެ އުއްމީދު ސާފަށް

އަޑުބަރޭ ކުޅުން އަދިވެސް އެއްވަނަ، އުއްމީދަކީ ސާފް ޗެމްޕިއަންޝިޕުގައި ކުޅުން

އަޑުބަރޭ ކުލަބު އީގަލްސްއާ ގުޅުނީ އޭއެފްސީ ކަޕާ އަމާޒުކޮށް

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 16 އޯގަސްޓު 2021 | ހޯމަ 17:45
ބެންގަލޫރު މެޗުގެ ކުރިން އަޑުބަރޭ އާއި އީގަލްސް ކުޅުންތެރިން ފަރިތަކުރަމުން ދަނިކޮށް

ބެންގަލޫރު މެޗުގެ ކުރިން އަޑުބަރޭ އާއި އީގަލްސް ކުޅުންތެރިން ފަރިތަކުރަމުން ދަނިކޮށް

ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި މިޑްފީލްޑަރުންގެ ތެރޭގައި އަސްހަދު އަލީ (އަޑުބަރޭ) ހިމެނެއެވެ. މީގެ ކުރިން ގައުމީ ފުޓްބޯޅަ ޓީމަށްވެސް ކުޅުން އަޑުބަރޭ ފާހަގަވެގެން ގޮސްފައިވަނީ ޖެހިލުން ކުޑަ މިޑްފީލްޑަރެއްގެ ގޮތުގައެވެ. 2018 ވަނަ އަހަރު ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރި އަޑުބަރޭ، މިދިޔަ ސީޒަނުގެ މެދުތެރެއިން ކުލަބު އީގަލްސްއާ ގުޅުނީ އޭއެފްސީ ކަޕާ އަމާޒުކޮށެވެ.

އީގަލްސްއަކީ ފުރަތަމަ ޑިވިޝަނުގައި އަޑުބަރޭ ކުޅުނު ހަވަނަ ޓީމެވެ. ކުލަބު ވެލެންސިއާއިން ކެރިއަރު ފެށި އަޑުބަރޭ ވަނީ ކުލަބު ގްރީން ސްޓްރީޓްސްގެ އިތުރުން ވިކްޓަރީ ސްޕޯޓްސް ކުލަބު، ވީބީ އައްޑޫ އެފްސީ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށްވެސް ކުޅެފައެވެ. މީގެ ތެރެއިން ނިއު ރޭޑިއަންޓުން ވަނީ އޭނާގެ ކެޕްޓަންކަމުގެ ދަށުން 2015 ވަނަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ. އަދި މާޒިޔާއާއެކު އަޑުބަރޭ ވަނީ 2014 ވަނަ އަހަރުގެ އެފްއޭ ކަޕާއި، 2016 ވަނަ އަހަރުގެ ދިވެހި ލީގުގެ އިތުރުން 2017 ވަނަ އަހަރުގެ މާލޭ ލީގު ކާމިޔާބުކޮށްފައެވެ.

އަޑުބަރޭ އެނބުރިއައިސް ކުޅުނު އެންމެ މުހިންމު މެޗަކީ އާދީއްތަ ދުވަހުގެރޭ އޭއެފްސީ ކަޕުގެ ޕްލޭއޮފްގައި އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުން އީގަލްސް ބަލިވި ނަމަވެސް، އަޑުބަރޭގެ ކުޅުމަށް ގިނަބަޔަކު ވަނީ ތައުރީފުކޮށްފައެވެ. ބެންގަލޫރު މެޗުގައި އަޑުބަރޭ ވަނީ ބެންގަލޫރުން ކުރަމުން ދިޔަ އަވަސް ހަމަލާތައް ހުއްޓުވުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި އީގަލްސްއިން މި މެޗުގައި ތަނަވަސްކުރި ފުރުސަތުތަކުގައި އަޑުބަރޭގެ ހިއްސާ ބޮޑެވެ.

ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވަމުން ގެންދަވާ އަޑުބަރޭ "ރާއްޖޭ.އެމްވީ" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ، ފުޓްބޯޅައިން ދުރަށްދާން ޖެހުނީ އަނިޔާގެ ސަބަބުން ކަމަށެވެ. އެކަމަކު އަލުން އަނބުރާ ކުޅެން ނުކުތީ ފުޓްބޯޅައަށް އޮތް ޝައުގެއްގެ ބޮޑުކަމުން ކަމަށާއި ފުޓްބޯޅައަކީ ހަށިގަނޑުގެ އެއްބައި ކަމަށެވެ.

މީގެ އިތުރުން އަޑުބަރޭ ވިދާޅުވީ އަނިޔާއަށްފަހު ޕްރެކްޓިސް ފެށިއިރުވެސް ކޮންމެ ޓީމަކަށް ދިޔަކަމުގައި ވިޔަސް ފުރަތަމަ އެގާރައިން ފުރުސަތު ލިބޭނެކަން އެނގޭ ކަމަށާއި، އީގަލްސްއާ ގުޅެން ނިންމީ އޭއެފްސީ ކަޕާ ދިމާކޮށް އެ ޓީމުގެ އެދުމުގެ މަތިން ކަމަށެވެ. އެކަމަކު ގްރޫޕް ސްޓޭޖަށް ކޮލިފައިނުވުމުން އެކަމާ ދެރަވާ ކަމަށްވެސް އަޑުބަރޭ ވިދާޅުވިއެވެ.

ގައުމީ ޓީމުން 2018 ވަނަ އަހަރު ރިޓަޔާވެފައިވީ ނަމަވެސް އަލުން ގައުމީ ޓީމަށް ކުޅެން ފުރުސަތު ލިބިއްޖެނަމަ ގައުމީ ޓީމަށް ކުޅޭނެ ކަމަށް އަޑުބަރޭ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕުގައި ކުޅުމުގެ އުއްމީދުގައި ހުރި ކަމަށްވެސް އަޑުބަރޭ ވަނީ ވިދާޅުވެފައެވެ.

އަސްހަދު އަލީ (އަޑުބަރޭ)

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޖަލު ޙުކުމަށްފަހު އަޑުބަރޭ މިނިވަންކޮށްފި

ޖަލު ޙުކުމަށްފަހު އަޑުބަރޭ މިނިވަންކޮށްފި

06 މާރިޗު 2022
އަޑުބަރޭ އެނބުރި ރާއްޖެ އަތުވެއްޖެ

އަޑުބަރޭ އެނބުރި ރާއްޖެ އަތުވެއްޖެ

19 ފެބުރުއަރީ 2022
އަޑުބަރޭއަށް 12000 ރުފިޔާގެ ޖޫރިމަނާއަކާއެކު ހަ މެޗުގެ ސަސްޕެންޝަނެއް

އަޑުބަރޭއަށް 12000 ރުފިޔާގެ ޖޫރިމަނާއަކާއެކު ހަ މެޗުގެ ސަސްޕެންޝަނެއް

04 ޑިސެމްބަރު 2021
"ދޯސްތު ދޯސްތު ނާރަހާ"

"ދޯސްތު ދޯސްތު ނާރަހާ"

01 ޑިސެމްބަރު 2021
އަޑުބަރޭ އެދުނަސް ރާއްޖެ އަންނަން އަލީ ވަހީދު އުޒުރުވެރިވެއްޖެ

އަޑުބަރޭ އެދުނަސް ރާއްޖެ އަންނަން އަލީ ވަހީދު އުޒުރުވެރިވެއްޖެ

01 ޑިސެމްބަރު 2021

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު