Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަޑުބަރޭ އީގަލްސްއަށް ބަދަލުވުން

ތަޖުރިބާކާރު މިޑްފީލްޑަރު އަޑުބަރޭ އީގަލްސްއަށް

އަޑުބަރޭ އެންމެ ފަހުން ފެނިގެން ދިޔައީ 2018 ވަނަ އަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 16 މާރިޗު 2021 | އަންގާރަ 10:24
ގްރީން ސްޓްރީޓްސްއަށް އަސްހަދު އަލީ (އަޑުބަރޭ) ކުޅުނު ދުވަސްވަރު

ގްރީން ސްޓްރީޓްސްއަށް އަސްހަދު އަލީ (އަޑުބަރޭ) ކުޅުނު ދުވަސްވަރު

ތަޖުރިބާކާރު މިޑްފީލްޑަރު އަދި ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ކުލަބު އީގަލްސްއާ ގުޅިއްޖެއެވެ.

އީގަލްސްއިން އަޑުބަރޭގެ ސޮއި ހޯދީ ކުރިއަށް އޮތް އޭއެފްސީ ކަޕުގެ ކޮލިފައިން މެޗުތަކަށް ޓީމު އިތުރަށް ވަރުގަދަކުރުމުގެ ގޮތުންނެވެ. އުމުރުން 34 އަހަރުގެ އަޑުބަރޭ އީގަލްސްއާ ގުޅުނުއިރު، އޭނާ މިހާރު އަންނަނީ އީގަލްސްގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ. އަދި އޭނާ އީގަލްސްއާ ގުޅުނީ މި ސީޒަނުގެ ނިޔަލަށް ކަމަށް އެ ކުލަބުން ވަނީ މަޢުލޫމާތުދީފައެވެ.

އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރި އަޑުބަރޭ އެންމެ ފަހުން ފެނިގެން ދިޔައީ 2018 ވަނަ އަހަރު ކުލަބު ގްރީން ސްޓްރީޓްސްއިންނެވެ. ޤައުމީ ފުޓްބޯޅަ ޓީމަށްވެސް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު އަޑުބަރޭގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން މިދިޔަ ސީޒަނުގައި އޭނާ ފެނިފައި ނުވާއިރު، މި ސީޒަން ފެށުމުގެ ކުރިން އަޑޭ ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އީގަލްސްގެ ފަރިތަކުރުންތަކުގައިވެސް ބައިވެރިވެފައެވެ.

އީގަލްސްއަކީ ފުރަތަމަ ޑިވިޝަނުގައި އަޑުބަރޭ ކުޅޭނެ ހަވަނަ ޓީމެވެ. އެގޮތުން ކުލަބު ވެލެންސިއާއިން ކެރިއަރު ފެށި އަޑުބަރޭ ވަނީ ގްރީން ސްޓްރީޓްސްގެ އިތުރުން ވިކްޓަރީ ސްޕޯޓްސް ކުލަބު، ވީބީ އައްޑޫ އެފްސީ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އަދި މާޒިޔާއަށްވެސް ކުޅެފައެވެ. މީގެ ތެރެއިން ނިއު ރޭޑިއަންޓުން ވަނީ އޭނާގެ ކެޕްޓަންކަމުގެ ދަށުން 2015 ވަނަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ. އަދި މާޒިޔާއާއެކު އަޑުބަރޭ ވަނީ 2014 ވަނަ އަހަރުގެ އެފްއޭ ކަޕާއި، 2016 ވަނަ އަހަރުގެ ދިވެހި ލީގުގެ އިތުރުން 2017 ވަނަ އަހަރުގެ މާލޭ ލީގު ކާމިޔާބުކޮށްފައެވެ.

ކުރިއަށް އޮތް އޭއެފްސީ ކަޕުގެ ކޮލިފައިންނަށް ޓީމު އިތުރަށް ވަރުގަދަކުރުމުގެ ގޮތުން އީގަލްސްއިން އަޑުބަރޭ ގެނައިރު، ދާދި ފަހުން އެ ޓީމުން ވަނީ ގްރީން ސްޓްރީޓްސްއަށް ކުޅެމުން އައި މިސްރުގެ ޑިފެންޑަރު އެލްސައީދު މަހުމޫދުވެސް އެ ޓީމަށް ގެނެސްފައެވެ.

މި ފަހަރުގެ އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ގްރޫޕުގެ މެޗުތައް ރާއްޖޭގައި ކުޅޭއިރު، ކޮލިފައިން ކާމިޔާބުކުރާ ޓީމަކަށް ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭނެއެވެ. ކޮލިފައިންގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ބޫޓާނުގެ ޗެމްޕިއަން ތިމްޕޫ ސިޓީ އެފްސީއާ އީގަލްސް ވާދަކުރަން ޖެހޭއިރު، އެ މެޗު ކުޅޭނީ އަންނަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު މާލޭގައެވެ. އަދި އެ މެޗުން އީގަލްސް މޮޅުވެއްޖެނަމަ ޕްރިލިމިނަރީ ދެވަނަ ބުރުގައި އީގަލްސް ނުކުންނަން ޖެހޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އަދި އެ މެޗުން މޮޅުވެއްޖެނަމަ، ޕްލޭއޮފް ބުރުގައި އީގަލްސް ކުޅެން ޖެހުމުގެ އެންމެ ފުރުސަތު ބޮޑީ އިންޑިއާގެ ބެންގަލޫރާއެވެ.

މުޙައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުން މި ސީޒަނަށް އީގަލްސްއިން ކުރިމަތިލި ނަމަވެސް، ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އޭނާ ވަނީ މަގާމުން އިސްތިއުފާދީފައެވެ. އެއާއެކު ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އީގަލްސްއިން ވަނީ އެ ޓީމުގެ ކޯޗަކަށް ޓީސީ ސްޕޯޓްސް ކުލަބުގެ ކުރީގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) ހަމަޖައްސާފައެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލުމުން، ޝާޒްލީގެ އިރުޝާދުގެ ދަށުން އީގަލްސްއިން މިހާތަނަށް ރަސްމީ މެޗެއް ކުޅެފައެއް ނުވެއެވެ.

އަސްހަދު އަލީ (އަޑުބަރޭ)ކުލަބު އީގަލްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025
ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

03 ނޮވެމްބަރު 2025
އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި

އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި

28 އޮކްޓޯބަރު 2025
ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ

ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ

02 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު