Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަލީ ވަހީދު ފިލި މައްސަލަ

އަޑުބަރޭ އެދުނަސް ރާއްޖެ އަންނަން އަލީ ވަހީދު އުޒުރުވެރިވެއްޖެ

އަޑުބަރޭ ވަނީ އަލީ ވަހީދަށް އެނބުރި ރާއްޖެ އައުމަށް އީމެއިލް މެދުވެރިކޮށް އެދިފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 1 ޑިސެމްބަރު 2021 | ބުދަ 09:44
ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ)، އިގުރާރާއި ޚިލާފުވެފައި ވާތީ ކުރިއަށް ދިޔަ އަޑުއެހުން

ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ)، އިގުރާރާއި ޚިލާފުވެފައި ވާތީ ކުރިއަށް ދިޔަ އަޑުއެހުން

ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއް ރައްދުވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެނބުރި ރާއްޖެ އައުމަށް އޭނާގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) އެދުނު ނަމަވެސް، އަލީ ވަޙީދު އެކަމަށް އުޒުރުވެރިވެއްޖެއެވެ.

މި މައްސަލައިގައި އެންމެ ފަހުން ކްރިމިނަލް ކޯޓުގައިއަޑުއެހުމެއްބާއްވާފައިވަނީ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެ ދުވަހުގެ އަޑުއެހުމުގައި އަލީ ވަޙީދު ދެން ޝަރީއަތަށް ހާޒިރު ކުރެވޭނީ ފުލުހުންގެ ބެލުމުގެ ދަށުން ބަންދުކޮށްގެން ކަމަށާއި، އޭނާ ޝަރީއަތަށް ހާޒިރުވާނެ ކަމުގެ ޔަޤީންކަން ދީ އެކަމުގައި ޖާމިނުވި އަޑުބަރޭއާ މެދުވެސް އެ މޭރުމުން ފިޔަވަޅު އެޅުމަކީ ޤާނޫނީ ވެރިކަން ދެމެހެއްޓުމަށާއި، ކޯޓުގެ ޙުރުމަތް ރައްކާތެރި ކުރުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށް ގާޒީ ޙަސަން ސައީދު ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ގާޒީ ވަނީ އެވަގުތުން ފެށިގެން 72 ގަޑިއިރުގެ ތެރޭގައި އަލީ ވަޙީދު ކޯޓަށް ހާޒިރު ނުކޮށްދީފިނަމަ، އަޑުބަރޭއާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ހަމަ އެދުވަހު އަޑުބަރޭ ވަނީ އަލީ ވަޙީދަށް އެނބުރި ރާއްޖެ އައުމަށް އީމެއިލް މެދުވެރިކޮށް އެދިފައެވެ. އޭގެ ޖަވާބުވެސް ހަމަ އެދުވަހު އަލީ ވަޙީދު ވަނީ ސިޓީއަކުން ދީފައެވެ. އެ ސިޓީގައި އޭނާ ވަނީ މިވަގުތު ހުރީ އިނގިރޭސިވިލާތުގެ އިމިގްރޭޝަން ބަންދެއްގައިކަން ފާހަގަކޮށް، އެ މައުލޫމާތު 27 އޯގަސްޓުގައި ސިޓީއަކުން ކްރިމިނަލް ކޯޓަށްވެސް ހިއްސާ ކޮށްފައިވާނެ ކަމަށް ބުނެފައެވެ. އަދި އެ ޤައުމުގެ އިހުތިސާސުން ބޭރަށް ދެވޭނީ އޭނާ ބަންދު ކުރި މައްސަލައާއި އޭނާގެ ފަރާތުން ހުށައަޅާފައިވާ މައްސަލައަށް ގޮތެއް ނިމުމުންކަމަށްވެސް އަލީ ބުނެއެވެ.

އޭގެ އިތުރުން އަލީ ވަޙީދުގެ ސިޓީގައި ވަނީ ރާއްޖެއަށްވުރެ ދާ ހިތްވާ ޤައުމެއް ނެތްކަމަށް ބުނެ، ރާއްޖެދާނެ ޓިކެޓުވެސް އެބަ އޮތް ކަމަށާއި، ޓިކެޓުގެ ކަންތަކުގައި މީހަކު ޙަވާލުނުވިޔަސް އެންމެ ރަނގަޅުކަމަށް ބުނެފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އަޑުބަރޭގެ ސިޓީގައި އޭނާ ވަނީ އަލީ ވަޙީދު އެނބުރި ރާއްޖެއަށް އައުމަށް ބޭނުންވާ ޓިކެޓުވެސް ހަމަޖައްސައިދޭނެ ކަމަށް ބުނެފައެވެ.

މި މައްސަލައިގައި އަލީ ވަޙީދު ހާޒިރުވާން އުޒުރުވެރިވާތީ އަންގާރަ ދުވަހު އަޑުބަރޭ ވަނީ އެކަން އަންގައި ކްރިމިނަލް ކޯޓަށްވެސް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި އޭނާ ވަނީ އޭނާ މި މައްސަލައިގައި ޖާމިނުވީ 4 މަަހަށް ކަމަށް ބުނެ، އެ މުއްދަތުގެ ތެރޭގައި އަލީ ވަޙީދު ކޯޓަށް ހާޒިރުވުމަށް ކޯޓުން އެއްވެސް އެންގުމެއް އަންގާފައިނުވާކަމަށް ބުނެފައެވެ.

އޭގެ އިތުރުން، އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ މެދުވެރިކޮށް އަލީ ވަޙީދު ކޯޓަށް ހާޒިރު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެދި އޭނާ ވަނީ ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ ފަރަހަނާޒް ފައިސަލްއަށްވެސް ސިޓީއެއް ފޮނުވާފައެވެ.

އަޑުބަރޭ ވަނީ އެ ކަންކަމަށް ރިއާޔަތްކޮށް، އޭނާއާމެދު ފިޔަވަޅު އެޅުމަށް ނިންމި ނިންމުން މުރާޖައާ ކޮށްދިނުމަށް އެދިފައެވެ. އަދި އެކަމާ ގުޅިގެން ޤާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކު، ކޯޓަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދެއްވައި، އަޑުއެހުމެއް ތާވަލު ކޮށްދިނުމަށްވެސް އޭނާ ވަނީ ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީގައި އެދިފައެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުންވެސް ވަނީ އެ މުއްދަތުގެ ތެރޭގައި އަލީ ވަޙީދު ހާޒިރުނުކުރެވިއްޖެނަމަ، އަޑުބަރޭއާމެދު ފިޔަވަޅު އަޅުއްވައިދެއްވުމަށް އެދިފައެވެ.

ކޯޓުގައި ހިނގަމުންދާ އެއްވެސް މައްސަލައަކާއި ގުޅިގެން ދައުވާލިބޭ ފަރާތް ދިވެހިރާއްޖޭގެ ސަރަޙައްދުން ބޭރުގައި ވަނިކޮށް އޯޑިއޯ/ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް 4 ނޮވެމްބަރު 2021 ގައި ސުޕްރީމް ކޯޓުން ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރެއް ނެރެފައިވެއެވެ. ނަމަވެސް އޮންލައިންކޮށް އަލީ ވަޙީދު އަޑުއެހުންތަކުގައި ބައިވެރިވި މައްސަލައިގައި، ސުޕްރީމް ކޯޓުގެ އެންގުމާއި އެއްގޮތަށް އަލީ ވަޙީދު ކޯޓަށް ހާޒިރުވެފައިނުވާތީ ކޯޓުން ވަނީ އަލީ ވަޙީދުގެ މައްޗަށް 2 މަހާއި 12 ދުވަހުގެ ޖަލު ޙުކުމެއްވެސް އިއްވާފައެވެ.

އަލީ ވަޙީދުއަސްހަދު އަލީ (އަޑުބަރޭ)ކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު