Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޤައުމީ ޔުނިވަރސިޓީ

ޤައުމީ ޔުނިވަރސިޓީގެ "ފަހި ދުވަސް" އަންގާރަ ދުވަހު ބާއްވަނީ

16 އޯގަސްޓު 2021 | ހޯމަ 07:50

މި އިވެންޓް ކުރިއަށްދާނީ އަންގާރަ ދުވަހުގެ ހަވީރު 4:00ން 6:00ށް އަދި ރޭގަނޑު 8:00ން 10:00ށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 16 އޯގަސްޓު 2021 | ހޯމަ 07:50
ފަހި ދުވަހަކީ ޔުނިވަރސިޓީއިން ހިންގާ ގިނަ ހަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑު ތަރުޙީބެއް ލިބެމުންދާ އެއް ހަރަކާތް

ފަހި ދުވަހަކީ ޔުނިވަރސިޓީއިން ހިންގާ ގިނަ ހަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑު ތަރުޙީބެއް ލިބެމުންދާ އެއް ހަރަކާތް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ "ފަހި ދުވަސް" މި އޮގަސްޓް މަހުގެ 17 ވާ އަންގާރަ ދުވަހު ޔުނިވަރސިޓީގެ މައި މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި އިވެންޓު ކުރިއަށްދާނީ ޔުނިވަރސިޓީގެ ހުރިހާ ފެކަލްޓީ/ސެންޓަރުތަކާބެހޭ މަޢުލޫމާތު ފޯރުކޮށްދެވޭ ގޮތަށް، އަންގާރަ ދުވަހުގެ ހަވީރު 4:00ން 6:00ށް އަދި ރޭގަނޑު 8:00ން 10:00ށް ކަމަށް ޔުނިވަރސިޓީން ބުންޏެވެ.

Advertisement - newsAdvertisement

މި އިވެންޓުގެ ތެރޭގައި، އޯލެވެލް އަދި އެހެނިހެން ނަތީޖާ ލިބިފައިވާ ދަރިވަރުންނަށް ޔުނިވަރސިޓީގެ ކޯސްތަކަށް ކުރިމަތިލުމަށް ފޯމު ބަލައިގަތުން ވެސް ކުރިއަށްދާނެ ކަމަށާއި ޔުނިވަރސިޓީގެ އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށް ބޭނުންވާ ލިޔުންތައް އެޓެސްޓްކޮށްދިނުމުގެ ޚިދުމަތް ވެސް މި އިވެންޓްގެ ތެރޭގައި ފޯރުކޮށްދެވޭނެ ކަމަށް ވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ފަންނީ ޤާބިލް ލެކްޗަރާއިންނާއެކު ތަފާތު އެތައް ދާއިރާ އަކުން ތަޢުލީމާއި ތަމްރީން ޕްރޮގްރާމުތަކެއް ހިންގަމުންގެންދާ ޔުނިވަރސިޓީއެކެވެ. ޔުނިވަރސިޓީގެ ފަންނީ ދާއިރާތަކުގެ ލެކްޗަރާއިން، އެބޭފުޅުންގެ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ މަޢުލޫމާތުތާއި، މަތީ ތަޢުލީމު ހާސިލުކުރުމަށް ވާންޖެހޭ ތައްޔާރީތަކުގެ މަޢުލޫމާތު، އިވެންޓުގައި ހިއްސާކުރެވިގެންދާނެއެވެ.

މިއީ މަރުކަޒީ ފެންވަރުގައި މިފަދަ ހަރަކާތެއް، ސާނަވީ ތަޢުލީމު ނިންމާލި ދަރިވަރުންނަށް އަމާޒުކޮށްގެން ޤައުމީ ޔުނިވަރސިޓީއިން ހިންގާ ގިނަ ހަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑު ތަރުޙީބެއް ލިބެމުންދާ ހަރަކާތެވެ. ފަހި ދުވަހުގައި މަޢުލޫމާތު ފޯރުކޮށްދެވޭ ދާއިރާތަކުގެ ތެރޭގައި، ބަހާއި އިންސާނީ ޢިލްމުތަކުގެ ދާއިރާ، ތަޢުލީމީ ދާއިރާ، އިންޖިނީއަރިންގ ދާއިރާ، ޞިއްޙީ ދާއިރާ، ފަތުރުވެރިކަމާއި މެހެމާނުދާރީގެ ދާއިރާ، ދީނީ ޢިލްމުގެ ދާއިރާ، ސައިންސްގެ ދާއިރާ، ޝަރީޢަތާއި ޤާނޫނުގެ ދާއިރާ، ވިޔަފާރީގެ ދާއިރާ، ނިޔަމިކަމުގެ ދާއިރާ، އަދި ފައުންޑޭޝަން ކޯސްތަކުގެ ދާއިރާ ހިމެނެއެވެ. މީގެ އިތުރުން 2021 ވަނަ އަހަރުގެ އޮގަސްޓް އިންޓޭކަށް ހުޅުވާލާފައިވާ ސްކޮލަރޝިޕް ފުރުޞަތުތަކާ ބެހޭ މަޢުލުމާތު ވެސް ހިއްސާކުރެވޭނެ ކަމަށް ޔުނިވަރސިޓީން ބުނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 2021 ވަނަ އަހަރުގެ އޮގަސްޓް އިންޓޭކްގެ ކިޔެވުން މި މަހުގެ 22 ވަނަ ދުވަހު ފަށާއިރު، ކޯސްތަކުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑި މި އޮގަސްޓް މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 02:00ގެ ނިޔަލަށް ހަމަވާނެއެވެ. ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ އަންނަ ސެޕްޓެންބަރު މަހުގެ 09 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 02:00ގެ ނިޔަލަށެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2025

އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

20 ނޮވެމްބަރު 2025
އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި
31 އޮކްޓޯބަރު 2024

ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި

31 އޮކްޓޯބަރު 2024
ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި
25 އެޕްރީލު 2024

މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން

25 އެޕްރީލު 2024
މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން
25 އެޕްރީލު 2024

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

25 އެޕްރީލު 2024
މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
25 އެޕްރީލު 2024

އެއްބަސްވުމުގައި ބާކީ 5 އަހަރު އޮއްވާ ސްކޫލް އޮފް މެޑިސިން ހުސްކުރަން އަންގައިފި

25 އެޕްރީލު 2024
އެއްބަސްވުމުގައި ބާކީ 5 އަހަރު އޮއްވާ ސްކޫލް އޮފް މެޑިސިން ހުސްކުރަން އަންގައިފި
28 ޑިސެމްބަރު 2023

ޑރ. ފަވާޒާއި ޑރ. ރަހީމާ އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް އައްޔަންކޮށްފި

28 ޑިސެމްބަރު 2023
ޑރ. ފަވާޒާއި ޑރ. ރަހީމާ އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް އައްޔަންކޮށްފި
27 ޑިސެމްބަރު 2023

ފިޝަރީޒް ކޮލެޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

27 ޑިސެމްބަރު 2023
ފިޝަރީޒް ކޮލެޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
05 ޑިސެމްބަރު 2023

ގައުމީ ޔުނިވަރސިޓީގެ ފަހި ދުވަސް އާޓިފިޝަލް ބީޗްގައި މިމަހުގެ 16 ވަނަ ދުވަހު

05 ޑިސެމްބަރު 2023
ގައުމީ ޔުނިވަރސިޓީގެ ފަހި ދުވަސް އާޓިފިޝަލް ބީޗްގައި މިމަހުގެ 16 ވަނަ ދުވަހު
23 ނޮވެމްބަރު 2023

އެސްޓީއޯ އަންކާރާ ނައިޓް މިފަހަރު އެފްއެޗްޓީއެސް އާއެކު

23 ނޮވެމްބަރު 2023
އެސްޓީއޯ އަންކާރާ ނައިޓް މިފަހަރު އެފްއެޗްޓީއެސް އާއެކު
04 ނޮވެމްބަރު 2023

ޔޫކޭގެ ކިއުއޭއޭއިން ދެވޭ ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން ހާސިލްކޮށްފި

04 ނޮވެމްބަރު 2023
ޔޫކޭގެ ކިއުއޭއޭއިން ދެވޭ ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން ހާސިލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް