Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރެންޗް ލީގު

ސްޓްރަސްބޯގް އަތުން ޕީއެސްޖީއަށް މޮޅެއް

14 އޯގަސްޓު 2021 | ހޮނިހިރު 22:02

ޕީއެސްޖީގެ އައު ކުޅުންތެރިން ވަނީ ސަޕޯޓަރުންނަށް ދައްކާލަފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 އޯގަސްޓު 2021 | ހޮނިހިރު 22:02
ޕީއެސްޖީ އާއި ސްޓްރަސްބޯގް ބައްދަލުކުރި މެޗުގެ ތެރެއިން

ޕީއެސްޖީ އާއި ސްޓްރަސްބޯގް ބައްދަލުކުރި މެޗުގެ ތެރެއިން

ފްރެންޗް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ސްޓްރަސްބޯގް އަތުން ޕީއެސްޖީ މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ޕީއެސްޖީ މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ.

މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ނުލައި ކުޅުނު މި މެޗު ފަށައިގެން ޕީއެސްޖީ މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ތިންވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މައުރޯ އިކާޑީއެވެ. އަދި މެޗުގެ 25 ވަނަ މިނެޓުގައި ކީލިއަން އެމްބާޕޭ ވަނީ ޕީއެސްޖީއަށް ލީޑު ފުޅާކޮށްދީފައެވެ. އަދި އޭގެ ދެ މިނެޓު ފަހުން އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ހޫލިއަން ޑްރެކްސްލާއެވެ.

މި މެޗުގެ ފުރަތަމަ ހާފާ ޚިލާފަށް ދެވަނަ ހާފުގައި ސްޓްރަސްބޯގުން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު، މި ހާފު ފަށައިގެން އަށްވަނަ މިނެޓުގައި ކެވިން ގަމެއިރޯ ވަނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މެޗުގެ 64 ވަނަ މިނެޓުގައި ލުޑަވިކް އަޖޯކް ވަނީ ލަނޑެއް ޖަހައި، ސްޓްރަސްބޯގަށް ފަރަގު ކުޑަކޮށްދީފައެވެ.

އެކަމަކު އޭގެ ފަހުން ސްޓްރަސްބޯގަށް މައްސަލަތަކެއް ކުރިމަތިވީ މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް އެ ޓީމުގެ އަލެކްސެންޑަ ޖިކޫއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ. އޭގެ ފައިދާ ނަގައި މެޗުގެ 86 ވަނަ މިނެޓުގައި ޕަބްލޯ ސަރާބިއާ ވަނީ ޕީއެސްޖީއަށް އަލުން ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުން ޕީއެސްޖީ މޮޅުވިއިރު، މެޗު ފެށުމުގެ ކުރިން އެ ޓީމުން ވަނީ މި ޓްރާންސްފާ ބާޒާރުގައި އެ ޓީމަށް އަލަށް ގުޅުނު ފަސް ކުޅުންތެރިން ސަޕޯޓަރުންނަށް ދައްކާލަފައެވެ. މި ޓްރާންސްފާގައި ޕީއެސްޖީން ވަނީ ހިލޭ ޓްރާންސްފާގެ ދަށުން އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އާއި، ރެއާލް މެޑްރިޑުގެ ކުރީގެ ކެޕްޓަން ސާޖިއޯ ރާމޯސް އާއި، ލިވަޕޫލުގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް އަދި ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިޓަލީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާގެ ސޮއިވެސް ހޯދާފައެވެ. ދެން އެ ޓީމުން މި ޓްރާންސްފާގައި ސޮއި ހޯދި ކުޅުންތެރިއަކީ 60 މިލިޔަން ޔޫރޯ ޚަރަދުކޮށް ގެނައި އިންޓަ މިލާނުގެ ޑިފެންޑަރު އަޝްރަފް ހަކީމީއެވެ.

މި ކުޅުންތެރިންގެ ތެރެއިން ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި ބޭނުން ކޮށްފައިވަނީ ވައިނަލްޑަމާއި ހަކީމީއެވެ.

ފްރެންޗް ލީގުޕީއެސްޖީ

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
13 ޖުލައި 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ
10 ޖުލައި 2025

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް
30 ޖޫން 2025

އިންޓަރ މިއާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާ ފައިނަލަށް

30 ޖޫން 2025
އިންޓަރ މިއާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާ ފައިނަލަށް
21 ޑިސެމްބަރު 2024

ޑޮންނަރުންމާގެ މުސްތަޤުބަލާ މެދު ނިންމާނެ ގޮތަކާ މެދު ދަނީ ވިސްނަމުން

21 ޑިސެމްބަރު 2024
ޑޮންނަރުންމާގެ މުސްތަޤުބަލާ މެދު ނިންމާނެ ގޮތަކާ މެދު ދަނީ ވިސްނަމުން
11 ޑިސެމްބަރު 2024

ސަލްސްބާގް އަތުން ޕީއެސްޖީ މޮޅުވެއްޖެ

11 ޑިސެމްބަރު 2024
ސަލްސްބާގް އަތުން ޕީއެސްޖީ މޮޅުވެއްޖެ
07 ޑިސެމްބަރު 2024

ޕީއެސްޖީގެ ރައީސް ވިދާޅުވީ ޞަލާޙު ގެންނައުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށް

07 ޑިސެމްބަރު 2024
ޕީއެސްޖީގެ ރައީސް ވިދާޅުވީ ޞަލާޙު ގެންނައުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށް
05 ނޮވެމްބަރު 2024

ޕީއެސްޖީގައި ކުރެވޭ މަސައްކަތާ މެދު އެންރީކޭ ހިތްހަމަ ޖެހޭ!

05 ނޮވެމްބަރު 2024
ޕީއެސްޖީގައި ކުރެވޭ މަސައްކަތާ މެދު އެންރީކޭ ހިތްހަމަ ޖެހޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް