Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބިއެލްސާ ލީޑްސްގައި މަޑުކުރުން

ލީޑްސްގެ އެއްބަސްވުން ބިއެލްސާ އާކޮށްފި

ބިއެލްސާ އަންނަނީ ލީޑްސްގައި ރަނގަޅު މަސައްކަތްތަކެއް ކުރަމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 12 އޯގަސްޓު 2021 | ބުރާސްފަތި 19:02
ލީޑްސް ޔުނައިޓެޑަށް އިރުޝާދު ދެމުން އަންނަ އާޖެންޓީނާގެ ކޯޗު މާސެލޯ ބިއެލްސާ

ލީޑްސް ޔުނައިޓެޑަށް އިރުޝާދު ދެމުން އަންނަ އާޖެންޓީނާގެ ކޯޗު މާސެލޯ ބިއެލްސާ

ލީޑްސް ޔުނައިޓެޑުގެ އެއްބަސްވުން އެ ޓީމުގެ އާޖެންޓީނާގެ ކޯޗު މާސެލޯ ބިއެލްސާ އާކޮށްފިއެވެ.

އުމުރުން 66 އަހަރުގެ ބިއެލްސާ އެންމެ ފުރަތަމަ ލީޑްސްއާ ހަވާލުވީ 2018 ވަނަ އަހަރު، އެ ޓީމު އިނގިރޭސި ދެވަނަ ޑިވިޝަން (އީއެފްއެލް ޗެމްޕިއަންޝިޕް) ގައި އޮއްވައެވެ. އެކަމަކު 2019-2020 ވަނަ އަހަރުގެ ސީޒަނުގައި ބިއެލްސާގެ އިރުޝާދުގެ ދަށުން ލީޑްސްއިން ވަނީ 16 އަހަރަށްފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ޖާގައެއް ހޯދާފައެވެ. އެއާއެކު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލީޑްސްއިން ވަނީ މިދިޔަ ސީޒަނުގެ ނިޔަލަށް ބިއެލްސާ އެ ޓީމުގައި ބެހެއްޓުމަށް ނިންމާ އެއްބަސްވުން އާކޮށްފައެވެ.

އެ އެއްބަސްވުން މިދިޔަ ސީޒަން ނިމުމާއެކު ހަމަވެފައިވާއިރު، ލީޑްސްއިން ވަނީ ބުރާސްފަތި ދުވަހުގެރޭ ބިއެލްސާގެ އެއްބަސްވުން އަނެއްކާވެސް އާކުރިކަން އިއުލާން ކޮށްފައެވެ. ލީޑްސްއާއެކު ބިއެލްސާ މި ފަހަރުވެސް ހަދާފައިވަނީ އެއް އަހަރުގެ އެއްބަސްވުމެކެވެ. އެހެންކަމުން އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ ކުރިއަށް އޮތް ސީޒަން ނިމުމުންނެވެ.

ހައި ޕްރެސް އެޓޭކިން ފުޓްބޯޅަ ކުޅުވުމުގައި މަޝްހޫރު ބިއެލްސާ ލީޑްސްގައި ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނައިރު، މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައިވެސް އެ ޓީމުން ރަނގަޅު ނަތީޖާތަކެއް ނެރުނެވެ. އަދި މީގެ ކުރިން އާޖެންޓީނާ އާއި ޗިލީއަށްވެސް އިރުޝާދުދިން ބިއެލްސާގެ އިރުޝާދުގެ ދަށުން ލީޑްސްއިން މިހާތަނަށް ކުޅުނު 140 މެޗުގެ ތެރެއިން 74 މެޗުން އެ ޓީމު ވަނީ މޮޅުވެފައެވެ.

މާސެލޯ ބިއެލްސާލީޑްސް ޔުނައިޓެޑް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
02 ޖޫން 2023

ރެލިގޭޓް ވުމުން ސޭމް އެލަޑައިސް ލީޑްސް ދޫކޮށްލައިފި

02 ޖޫން 2023
ރެލިގޭޓް ވުމުން ސޭމް އެލަޑައިސް ލީޑްސް ދޫކޮށްލައިފި
22 މެއި 2023

ލީޑްސް އަށް ލީގުގައި އޮތުމުގެ އަމިއްލަ ބާރު ގެއްލިއްޖެ

22 މެއި 2023
ލީޑްސް އަށް ލީގުގައި އޮތުމުގެ އަމިއްލަ ބާރު ގެއްލިއްޖެ
07 ފެބުރުއަރީ 2023

ލީޑްސްގެ ކޯޗުކަމުން ޖެސީ މާޝް ވަކިކޮށްފި

07 ފެބުރުއަރީ 2023
ލީޑްސްގެ ކޯޗުކަމުން ޖެސީ މާޝް ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު