Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރިމިއާ ލީގު

ފޮރެސްޓަށް ނަވާސް ކުޅެދިން ފުރަތަމަ މެޗުގައި ވެސް މުހިންމު ސޭވްތަކެއްކޮށް ޓީމު މޮޅުވުމަށް އެހީވެދީފި

މެޗުގައި ނަވާސް ވަނީ ލީޑްސްގެ މުހިންމު ހަަތަރު ހަމަލާއެއް ވެސް ހުއްޓުވައިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ފެބުރުއަރީ 2023 | ހޯމަ 03:13
ފޮރެސްޓަށް ނަވާސް ކުޅުނު ފުރަތަމަ މެޗުގެ ތެރެއިން

ފޮރެސްޓަށް ނަވާސް ކުޅުނު ފުރަތަމަ މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގެ ނޮޓިންހަމް ފޮރެސްޓަށް ބަދަލުވެ އެ ޓީމަށް ކުޅެދިން ފުރަތަމަ މެޗުގައި ވެސް ކޭލޯ ނަވާސް މޮޅު ކުޅުމެއް ދައްކައިފި އެވެ.

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގައި ހުރުމަށްފަހު ނަވާސް ފޮރެސްޓަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ފޮރެސްޓަށް އޭނާ ބަދަލުވީ މިހާރު ކުރިއަށްދާ ސީޒަންގެ ނިޔަލަށެވެ. މި ސީޒަނަށްފަހު ނަވާސް އަލުން އެނބުރި ޕީއެސްޖީ އަށް ދާނެ އެވެ. ފޮރެސްޓަށް ނަވާސް ކުޅެދިން ފުރަތަމަ މެޗަކީ ޕްރިމިއާ ލީގުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ފޮރެސްޓުން ކުޅުނު މެޗެވެ. އެ މެޗުގައި ފޮރެސްޓުގެ ގޯލު ބަލަހައްޓާފައި ވަނީ ނަވާސް އެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ފޮރެސްޓު މޮޅުވީ 1-0 އިންނެވެ. މެޗުގައި ފޮރެސްޓުގެ ލަނޑު ޖަހައިދިނީ ބްރެންނަން ޖޯންސަން އެވެ. މެޗުގައި ލީޑްސް ޔުނައިޓެޑުން ލަނޑު ޖެހުމަށް މަސައްކަތް ކުރި ނަމަވެސް، ނަވާސް ވަނީ ލީޑްސްގެ ހަމަލާތައް ހުއްޓުވައިފަ އެވެ. މެޗުގައި ނަވާސް ވަނީ ލީޑްސްގެ މުހިންމު ހަަތަރު ހަމަލާއެއް ވެސް ހުއްޓުވައިފަ އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ފޮރެސްޓުގެ ކޯޗު ސްޓީވް ކޫޕާ ބުނީ މެޗުން ފޮރެސްޓަށް ތިން ޕޮއިންޓު ލިބުމުގައި ނަވާސްގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އޭނާ ބުނީ މެޗުގައި ނަވާސް ދެއްކި ކުޅުމާއި، އޭނާގެ އިތުބާރާ މެދު ވަރަށް އުފާވާ ކަމަށާއި، އެކަމުގެ ފައިދާ ޓީމަށް ވެސް ކުރާނެ ކަމަށެވެ. މީގެ އިތުރުން ކޫޕާ ބުނީ ނަވާސްގެ ރޭވުންތެރިކަމާއި، ނިންމުންތައް ނިންމުމުގައި އޭނާ ގެންގުޅެނީ ވެސް ޓީމަށް ފައިދާވާ ގޮތް ކަމަށެވެ.

މެޗުން މޮޅުވެ ފޮރެސްޓު ވަނީ ލީގު ތާވަލްގެ 13 ވަނަ މަގާމަށް ޖެހިލައިފަ އެވެ. ކުޅުނު 21 މެޗުން ފޮރެސްޓަށް ލިބެނީ 24 ޕޮއިންޓެވެ. ރެލިގޭޝަން ޒޯނުގައި އޮތް އެވަޓަން އާއި ފޮރެސްޓާ ދެމެދު އޮތީ ހަ ޕޮއިންޓުގެ ތަފާތެކެވެ.

ޕްރިމިއަރ ލީގުނޮޓިންހަމް ފޮރެސްޓްލީޑްސް ޔުނައިޓެޑް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު