Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފޯޑެންއަށް އަނިޔާވުން

ފޯޑެން ހަތަރު ހަފުތާއަށް ކުޅުމާ ދުރަށް

ކެވިން ޑި ބްރޭނާއަށްވެސް ވަނީ އަނިޔާވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 12 އޯގަސްޓު 2021 | ބުރާސްފަތި 11:35
މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޒުވާން މިޑްފީލްޑަރު ފިލް ފޯޑެން

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޒުވާން މިޑްފީލްޑަރު ފިލް ފޯޑެން

ފަޔަށް ލިބިފައިވާ އަނިޔާގެ ސަބަބުން ކުރިއަށް އޮތް ސީޒަނުގެ ފުރަތަމަ ހަތަރު ހަފުތާގައި މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޒުވާން މިޑްފީލްޑަރު ފިލް ފޯޑެންއަށް ނުކުޅެވޭނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 21 އަހަރުގެ ފޯޑެންއަށް އަނިޔާވީ ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތެރެއިންނެވެ. އެ މުބާރާތުގެ ރަނަރަޕްކަން އިންގްލެންޑުން ހޯދިއިރު، ފޯޑެން ވަނީ އިންގްލެންޑުން ކުޅުނު ތިން މެޗެއްގައި ކުޅެފައެވެ. ނަމަވެސް އެ މުބާރާތުގައި އޭނާއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

ޔޫރޯގެ ތެރެއިން ފޯޑެންގެ ފަޔަށް އަނިޔާވިއިރު، ރިޕޯޓުތައް ބުނާ ގޮތުން ކުރިއަށް އޮތް ސީޒަނުގެ ފުރަތަމަ ހަތަރު ހަފުތާގައި އޭނާއަށް ނުކުޅެވޭނެއެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީން ކުޅޭ ފުރަތަމަ ތިން މެޗުގައިވެސް އޭނާއަށް ނުކުޅެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ލީގުގައި ސިޓީން ކުޅޭ ފުރަތަމަ ތިން މެޗުގައި ނުކުންނާނީ ޓޮޓެންހަމް ހޮޓްސްޕާ، ނޯވިޗް ސިޓީ އަދި އާސެނަލާ ދެކޮޅަށެވެ. މީގެ އިތުރުން އަންނަ ސެޕްޓެމްބަރު މަހު ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ހަންގޭރީއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މެޗުގައިވެސް ފޯޑެންއަށް ނުކުޅެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ފޯޑެން ބުނީ އޭނާގެ ފަޔަށް އަނިޔާވީ ޔޫރޯގެ ފައިނަލް މެޗުގެ ކުރިން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން ކަމަށެވެ. އަދި އަނިޔާގައި ކުޅުމާ ދުރުގައި ހުންނަން ޖެހުމަކީ އޭނާއަށް ވަރަށް އުނދަގޫވާ ކަމެއް ކަމަށާއި، އެހެންކަމުން އަނިޔާއިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އަންނަން ކެތްމަދުވެފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

އަނިޔާގެ ސަބަބުން ކުރިއަށް އޮތް ސީޒަނުގެ ފުރަތަމަ ހަތަރު ހަފުތާގައި ފޯޑެންއަށް ނުކުޅެވޭއިރު، ސިޓީގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާއަށްވެސް ވަނީ އަނިޔާވެފައެވެ. ޑި ބްރޭނާގެ ކުޑަހުޅަށް އަނިޔާވީ ޔޫރޯގެ ދެވަނަ ބުރުގައި ޕޯޗުގަލް އަތުން ބެލްޖިއަމް މޮޅުވި މެޗުގައެވެ. އެ އަނިޔާއާ ގުޅިގެން ސީޒަނުގެ ފުރަތަމަ މެޗުގައި ޑި ބްރޭނާއަށްވެސް ނުކުޅެވޭނެ ކަމަށް ސިޓީން މީގެ ކުރިން ވަނީ ބުނެފައެވެ.

ފިލް ފޮޑެންމެންޗެސްޓަރ ސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު