Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަމީލް ނާއިބުރައީސް ކަމުން ވަކިކުރުން

ޑރ. ޖަމީލް ނާއިބުރައީސް ކަމުން ވަކިކުރި މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ

12 އޯގަސްޓު 2021 | ބުރާސްފަތި 07:44

މި މައްސަލަ ޑރ. ޖަމީލް ސިވިލް ކޯޓަށް ހުށަހަޅުއްވައިފިނަމަ އެ ކޯޓަށް ބެލިދާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 12 އޯގަސްޓު 2021 | ބުރާސްފަތި 07:44
ޑރ. މުހައްމަދު ޖަމީލް އަހުމަދު

ޑރ. މުހައްމަދު ޖަމީލް އަހުމަދު

ރައީސް ޔާމީންގެ ވެރިކަމުގައި، ޑރ. މުހައްމަދު ޖަމީލް އަހުމަދު، ނާއިބުރައީސް ކަމުން ވަކިކުރި މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލަ ބަލައި ނިންމާ ބުރާސްފަތި ދުވަހު އިއްވި ހުކުމުގައި ބުނެފައިވަނީ، މިއިީ ސުޕްރީމް ކޯޓުން ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހުތިސާސް ލިބިފައިވާ މަައްސަލައެއް ނޫން ކަމަށެވެ. އަދި މި މައްސަލަ ޑރ. ޖަމީލް ސިވިލް ކޯޓަށް ހުށަހަޅުއްވައިފިނަމަ އެ ކޯޓަށް ބެލިދާނެ ކަމަށެވެ.

Advertisement - newsAdvertisement

ޑރ. ޖަމީލް ނާއިބުރައީސް ކަމުގެ މަގާމުން ވަކިކުރީ، 2015 ޖުލައި 21 ވަނަ ދުވަހުއެވެ.

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މި މައްސަލައިގައި ބުނެފައިވަނީ، ޑރ. ޖަމީލް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމަކީ، ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ހ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ހަމަތަކާ ޚިލާފުކަމަށެވެ. އަދި ދުސްތޫރީ މިންގަނޑުތަކާއި، މިފަދަ މައްސަލަތަކުގައި ޢަމަލުކުރުމަށް ދުނިޔޭގެ ނިޒާމުތަކުގައި ބިންވަޅުނެގިފައިވާ އުސޫލުތަކާއި ނެޗުރަލް ޖަސްޓިސްގެ ހަމަތަކުން ވެސް ބޭރުން ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމަކީ ޤާނޫނުއަސާސީއާ ޚިލާފު ނިންމުމެއްކަމަށް ކަނޑައަޅައިދިނުމަށެވެ.

މި މައްސަލައިގައި ޖަމީލްގެ ފަރާތުން ހުށަހަޅާފައިވަނީ މައިގަނޑު 3 ނުކުތާއެކެވެ.

ނާގާބިލްކަމަށް ބުނެ މަގާމުން ވަކި ކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށާއި، ދިފާއުވުމަށް ދީފައިވާ ހައްގު ނިގުޅައިގެންފައިވާ ކަމަށާއި، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހައްގު ނިގުޅައިގެންފައިވާކަމަށެވެ.

ދައުލަތުން ވެސް ވަނީ މ މައްސަލައަކީ ސުޕްރީމް ކޯޓުގެ އިހުތިސާސްގެ ތެރެއިން ބެލޭނެ މައްސަލައެއް ނޫން ކަމަށް ބުނެފައެވެ.

ހުކުމުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި އެއްވެސް ކަމެއް ހިނގިގޮތުގެ ޞައްޙަކަމާމެދު ސުވާލު އުފެއްދޭނީ އެފަދަ ކަމެއް އެއީ ޤާނޫނުއަސާސީއާ ޚިލާފަށް ހިނގާފައިވާ ކަމެއްނަމަ ކަމުގައެވެ. ރައްޔިތުންގެ މަޖިލީހުން އެކި މަޤާމުތަކަށް އައްޔަން ކުރެވިފައިވާ ފަރާތްތައް މަޤާމުން ވަކިކުރުމަށް ޤާނޫނުއަސާސީއިން ބާރު ދެވިފައި އޮތުމުގެ މަޤުޞަދަކީ މަޖިލީހުން ފާރަވެރިވާ ފަރާތްތައް ޖަވާބުދާރީކުރުވައި، އެ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ފުރުޞަތު ދިނުން ކަމަށް ވެސް ބުނެފައިވެއެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ ބަރުލަމާނީ އިމްތިޔާޒުގެ ތެރޭގައި ހިމެނޭކަމެއް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުމަށް ރައީސްގެ ބަހެއްގެ އިތުރުން، ނުވަތަ މަޖިލީހުން ނާގާބިލު ކަމަށް ކަނޑައެޅުން ފަދަ ކަންކަމުގައި ކޯޓަށް ގޮތެއް ނުނިންމޭނެ ކަމަށެވެ.

އެހެންނަމަވެސް ރައީސްގެ ބަހެއް ނެތި މަގާމުން ވަކިކުރާ ހާލަތްތަކުގައި ވެރިކަން ހިންގާ ބާރުގެ ފަރާތުން ހުށަހަޅައިފިނަމަ އެފަދަ މައްސަލައެއް ސުޕްރީމް ކޯޓަށް ބެލުމުގެ ފުރުސަތު އޮވެދާނެ ކަމަށް ވެސް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.

ވަކީލަކު އައްޔަން ކުރުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ބުނާ ބުނުމާމެދު ކޯޓުގެ ހުކުމުގައި ވަނީ، އަސާސީ ހައްގަކާ ޚިލާފުވެފައިވޭތޯ ކަނޑައެޅުމަށް ޖުޑީޝަލް ރިވިއުއަށް ހުށަހެޅިދާނެ މައްސަލައެއްކަމަށް ސުޕްރީމް ކޯޓަށް ބުރަވެވޭކަމަށެވެ. މި މައްސަލަ ބެލުމުގެ އިހުތިސާސް އޮތީ ކޮން ކޯޓަކާމެދުތޯ ވަނީ ސުވާލު އުފައްދަވާފައެވެ.

އިސް ފަނޑިޔާރެއްގެ ގޮތުގައި މައްސަލަ ބެއްލެވީ އަޒްމިރަލްދާ ޒާހިރުއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ނާއިބުރައީސް ކަމުގެ މަގާމުން ވަކި ކުރެއްވި މައްސަލައިގެ ދައުވާ ރައީސް ޔާމީނާ ދެކޮޅަށް އުފުލިއިރު، ޑރ. ޖަމީލަކީ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާތަކުގައި، އެމަނިކުފާނުގެ ދިފާއީ ވަކީލެއް ވެސް މެއެވެ.

ޖަމީލްރައީސް ޔާމީން

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2024

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

23 ޑިސެމްބަރު 2024
އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން
25 އޮކްޓޯބަރު 2024

މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން

25 އޮކްޓޯބަރު 2024
މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން
24 އޮކްޓޯބަރު 2024

ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

24 އޮކްޓޯބަރު 2024
ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
04 އޮކްޓޯބަރު 2024

އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން

04 އޮކްޓޯބަރު 2024
އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން
30 އޯގަސްޓު 2024

ބްރިޖް ހުޅުވުން ކެންސަލް ކުރާށޭ ޔަމީން ވިދާޅުވީމާ އަޅުގަނޑަށް ރޮވުނު: ރައީސް މުއިއްޒު

30 އޯގަސްޓު 2024
ބްރިޖް ހުޅުވުން ކެންސަލް ކުރާށޭ ޔަމީން ވިދާޅުވީމާ އަޅުގަނޑަށް ރޮވުނު: ރައީސް މުއިއްޒު
21 މާރިޗު 2024

ވިދާޅުވާން ބޭނުންނުވެ، ޔާމީންގެ ތައުރީފު ރައީސް ސާލިހުގެ ސަރުކާރަށް

21 މާރިޗު 2024
ވިދާޅުވާން ބޭނުންނުވެ، ޔާމީންގެ ތައުރީފު ރައީސް ސާލިހުގެ ސަރުކާރަށް
24 ޑިސެމްބަރު 2023

ތިޔަހެން ނުހައްދަވާށޭ އިނގޭތޯ ވެރީ ސޮރީ!

24 ޑިސެމްބަރު 2023
ތިޔަހެން ނުހައްދަވާށޭ އިނގޭތޯ ވެރީ ސޮރީ!
22 ނޮވެމްބަރު 2023

ރައީސް ޔާމީންގެ އިރުޝާދަށް ސްޓިއަރިން ކޮމިޓީއަކުން ޕީޕީއެމް ހިންގުމާ ހަވާލުވެއްޖެ

22 ނޮވެމްބަރު 2023
ރައީސް ޔާމީންގެ އިރުޝާދަށް ސްޓިއަރިން ކޮމިޓީއަކުން ޕީޕީއެމް ހިންގުމާ ހަވާލުވެއްޖެ
06 އޮކްޓޯބަރު 2023

އަމިއްލަ އާއިލާ އާއި ދާއިރާއަށް ވަގުތުނުދީ މަސައްކަތްކުރީ ޔާމީންގެ ހައްގުގައި ކަމަށް ވިދާޅުވެ އާދަމް ޝަރީފް ޔާމީނަށް ރައްދުދެއްވައިފި

06 އޮކްޓޯބަރު 2023
އަމިއްލަ އާއިލާ އާއި ދާއިރާއަށް ވަގުތުނުދީ މަސައްކަތްކުރީ ޔާމީންގެ ހައްގުގައި ކަމަށް ވިދާޅުވެ އާދަމް ޝަރީފް ޔާމީނަށް ރައްދުދެއްވައިފި
17 ސެޕްޓެމްބަރު 2023

ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި

17 ސެޕްޓެމްބަރު 2023
ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް