Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެކްސިން ޕްރޮގްރާމް

މިއަދާ ހަމައަށް އާބާދީގެ 69 އިންސައްތަ މީހުން ވެކްސިންގެ ދެވަނަ ޑޯޒު ފުރިހަމަކޮށްފި

11 އޯގަސްޓު 2021 | ބުދަ 14:02

ރައްޔިތުންނަށް ކުރިމަތިވާ ދަތިތައް ވީހާވެސް ކުޑަކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 11 އޯގަސްޓު 2021 | ބުދަ 14:02
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވަނީ

ކޮވިޑް-19ން ދިފާއުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިއަދާ ހަމައަށް އާބާދީގެ 80 އިންސައްތަ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާއިރު، ވެކްސިންގެ ދެވަނަ ޑޯޒު 69 އިންސައްތަ މީހުން ފުރިހަމަކޮށްފިއެވެ.

ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ކުރިމަތިވުމާއެކު ރާއްޖެއިން ވެސް ހޭދަކުރީ ވަރަށް ދަތި އުނދަގޫ ދުވަސްތަކެއް ކަމަށެވެ.

ދުނިޔޭގައި ކޮވިޑް ފެތުރެން ފެށިއިރު ރާއްޖެއަކީ މިފަދަ ބަލިމަޑުކަމަކާ ކުރިމަތިލުމުގެ އެއްވެސް ވަސީލަތެއް ގާއިމު ކުރެވިފައިވާ ގައުމެއް ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް އަމާޒަކަށްވީ މިބައްޔަށް ފަރުވާ ދެވޭ ވަރަށް ރާއްޖޭގެ ސިއްހީ ނިޒާމުގެ ގާބިލުކަން އިތުރުކުރުން ކަމަށާއި، އެމަސައްކަތް ވަރަށް ކާމިޔާބު ކަމާއެކު ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިބަލިމަޑުކަމާއި ގުޅިގެން ރައްޔިތުންނަށް ކުރިމަތިވާނެ އިޖްތިމާޢީ އަދި އިޤްތިޞާދީ ދަތިތައް ވީހާ ވެސް ކުޑަކުރުމަށް ސަރުކާރުން ކޮށްދެވެން ހުރި މަސައްކަތްތައް ކުރާނެ ކަމަށެވެ.

ވެކްސިނޭޝަން ޕްރޮގްރާމަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ, މިހާތަނަށް މުޅި އާބާދީގެ 80 އިންސައްތަ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަކޮށްފައިވާ ކަމަށާއި، 69 އިންސައްތަ މީހުން ދެވަނަ ޑޯޒު ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި މާލޭގައި ވެކްސިން ޖަހާ އާބާދީގެ އެއްލައްކަ އަށްޑިހާ ހާސް މީހުންގެ ތެރެއިން 82 އިންސައްތަ ފުރަތަމަ ޑޯޒު ފުރިހަމަކޮށްފައިވާ ކަމަށާއި، 70 އިންސައްތަ މީހުން ދެވަނަ ޑޯޒު ފުރިހަމަކޮށްފައިވާ ކަމަށެވެ.

މިމަސް ނިމުމުގެ ކުރިން ރާއްޖޭގެ އާބާދީގެ 90 އިންސައްތަ ވެކްސިން ޖެހުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، ވެކްސިން ނުޖަހާ މީހުންނަށް ބައެއް ޚިދުމަތްތައް ލިބިގަތުމުގައި މިހާރު ވަނީ ހުރަސްތަކެއް އަޅާފައެވެ.

އެގޮތުން ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ފަހުން, ވެކްސިން ނުޖަހައި ދަތުރުކުރާ މީހުންގެ ރިލީޒް ސާމްޕަލް ދެން ހިލޭ ހަދައި ނުދޭނެ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ. އަދި ވެކްސިން ނުޖަހާ މީހުންނަށް އެތެރޭގެ އުދުހުންތަކުން ވެސް ދަތުރުނުކުރެވޭ ގޮތަށް ނިންމުމަށް ސަރުކާރުން މަޝްވަރާތައް ފަށާފައިވާއިރު، ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ ތިބި މީހުންނަށް ކެފޭ/ރެސްޓޯރެންޓުތަކުން ޚިދުމަތް ނުދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ވެކްސިން ޖެހުމަށްޓަކައި ގްރޭޓަރ މާލެ ސަރަހައްދުގައި 6 ވެކްސިނޭޝަން ސެންޓަރ ހުރިއިރު, 3 މޯބައިލް ޓީމް ދަނީ ހަރަކާތްތެރި ވަމުންނެވެ. އަދި އަތޮޅުތެރޭގައި ވެކްސިން ޖެހުމަށް 176 ސެންޓަރެއް ދަނީ އޮޕަރޭޓްކުރަމުންނެވެ.

ވެކްސިންރައީސް ސޯލިހު

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި

06 ޑިސެމްބަރު 2025
ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި
24 ސެޕްޓެމްބަރު 2025

ޓްރަމްޕް ވިދާޅުވީ، މާބަނޑު އިރު ޕެރަސެޓަމޯލް ބޭނުން ކުރުމުންނާއި ކުޑަކުދިންނަށް ވެކްސިން ދިނުމުން އޯޓިޒަމްގެ ނުރައްކާ އޮންނަ ކަމަށް، ޑަބްލިޔުއެޗްއޯ އިން ބުނަނީ އެފަދަ ހެތްކެއް ނެތް ކަމަށް!

21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
04 އޯގަސްޓު 2025

'ދުނިޔޭގެ ފުރަތަމަ' ގޮނޯރިއާ ވެކްސިން އިނގިރޭސިވިލާތުގައި ދޭން ފަށައިފި

04 އޯގަސްޓު 2025
'ދުނިޔޭގެ ފުރަތަމަ' ގޮނޯރިއާ ވެކްސިން އިނގިރޭސިވިލާތުގައި ދޭން ފަށައިފި
18 މާރިޗު 2024

ރޯދަމަހު މާލޭގެ ސަރަހައްދުތަކުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލު ގެނެސްފި

18 މާރިޗު 2024
ރޯދަމަހު މާލޭގެ ސަރަހައްދުތަކުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލު ގެނެސްފި
02 ޖެނުއަރީ 2024

މިސްރުން ޕޯލިއޯއާއި މީސްލްސް ވެކްސިން ޣައްޒާއަށް ފޮނުވައިފި

02 ޖެނުއަރީ 2024
މިސްރުން ޕޯލިއޯއާއި މީސްލްސް ވެކްސިން ޣައްޒާއަށް ފޮނުވައިފި
01 ޑިސެމްބަރު 2023

މީސްލްސް ވެކްސިން ދިނުމުގެ ގައުމީ ކެމްޕެއިން އިފްތިތާހްކޮށްފި

01 ޑިސެމްބަރު 2023
މީސްލްސް ވެކްސިން ދިނުމުގެ ގައުމީ ކެމްޕެއިން އިފްތިތާހްކޮށްފި
14 މާރިޗު 2023

ރޯދަމަހު އުމްރާއަށް ދާ މީހުން މިމަހުގެ 22ގެ ކުރިން ވެކްސިން ޖަހާ ނިންމުމަށް އިލްތިމާސްކޮށްފި

14 މާރިޗު 2023
ރޯދަމަހު އުމްރާއަށް ދާ މީހުން މިމަހުގެ 22ގެ ކުރިން ވެކްސިން ޖަހާ ނިންމުމަށް އިލްތިމާސްކޮށްފި
04 އޮކްޓޯބަރު 2022

ޖެނުއަރީ 2020 ފެށިގެން އުފަންވެފައި ތިބި ހުރިހާ ކުދިންގެ މައުލޫމާތު ޕްލެޓްފޯމަށް އެންޓަރކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ފާތިމަތު ޝަމާ

04 އޮކްޓޯބަރު 2022
ޖެނުއަރީ 2020 ފެށިގެން އުފަންވެފައި ތިބި ހުރިހާ ކުދިންގެ މައުލޫމާތު ޕްލެޓްފޯމަށް އެންޓަރކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ފާތިމަތު ޝަމާ
04 އޮކްޓޯބަރު 2022

ތުއްތު ކުދިންނަށް ދެވޭ ވެކްސިންގެ މައުލޫމާތުތައް އެއްތަނަކުން ބެލޭނެ ޑިޖިޓަލް ރަޖިސްޓިރީއެއް ލޯންޗުކޮށްފި

04 އޮކްޓޯބަރު 2022
ތުއްތު ކުދިންނަށް ދެވޭ ވެކްސިންގެ މައުލޫމާތުތައް އެއްތަނަކުން ބެލޭނެ ޑިޖިޓަލް ރަޖިސްޓިރީއެއް ލޯންޗުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް