Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަލީ ވަހީދުގެ ޝަރީއަތް

ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލުމުން އަލީ ވަހީދަށް ޖަލު ހުކުމެއް

11 އޯގަސްޓު 2021 | ބުދަ 08:59

ޝަރުއީ ނިޒާމަކީ ރައްޔިތުން އިތުބާރު ކުރާ އަދި އެންމެންގެ މައްޗަށް ހަމަހަމަ ނިޒާމެއް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 11 އޯގަސްޓު 2021 | ބުދަ 08:59
ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު

ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑުމުން ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން ކޮށްފިއެވެ.

ބުދަ ދުވަހު ސުޕްރީމްކޯޓުގައި ތާވަލް ކޮށްފައިވަނީ، ކްރިމިނަލް ކޯޓުގައި އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް އޮންލައިކޮށް ކުރިއަށް ގެންދާ މަައްސަލައިގެ އަޑު އެހުމުގައި އޮންލައިކޮށް ބައިވެރިވާ މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގެ އަޑުއެހުމެކެވެ.

ސުޕްރީމް ކޯޓުން ފޮނުވި ޗިޓު އަލީ ވަހީދަށް ލިބި، މި މައްސަލއިގެ އަޑު އެހުމަށް އަލީ ވަހީދު ބައިވެރި ނުވުމުން އޭނާގެ މައްޗަށް ކޯޓުގެ ހުރުމަތް ކެނޑިކަމަށް އިސް ފަނޑިޔާރު ހުސްނުއް ސުއޫދު ކަނޑައެޅުއްވިއެވެ. މި ކަމަށް ފަނޑިޔާރުންގެ ބެންޗުން ތާއީދު ކުރެއްވުމުން އޭނާގެ މައްޗަށް 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ ހުކުމް ތަންފީޒުކުރުމަށް ކަރެކްޝަނަލް ސަރވިސްއަށް ވަނީ އަމުރު ކުރައްވާފައެވެ.

ސުޕްރީމް ކޯޓުން ޗިޓު ފޮނުވާފައިވަނީ، އީމެއިލް މެދުވެރިކޮށެވެ. އަދި އީމެއިލުން ކްރިމިނަލް ކޯޓާ މުއާމަލާތް ކުރި ކަމަށް ވެސް ސުޕްރީމް ކޯޓުން ބުނެފައި ވެއެވެ. އެކަން ކްރިމިނަލް ކޯޓުން ޕީޖީއާ ވެސް ހިއްސާ ކުރެއްވިއެވެ.

ޗިޓު ލިބި ކޯޓަށް ހާޒިރު ނުވެއްޖެނަމަ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ ބާރު ކޯޓުތަކަށް ލިބިގެންވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވި ގޮތުގައި ވަކި މީހެއްގެ މައްޗަށް ޝަރީއަތް ނުހިންގައި، ކޯޓުތަކުން އަލީ ވަހީދުގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެން ނުވާނެ އެވެ. ޝަރުއީ ނިޒާމަކީ ރައްޔިތުން އިތުބާރު ކުރާ އަދި އެންމެންގެ މައްޗަށް ހަމަހަމަ ނިޒާމެއްކަން ކަށަވަރު ކުރުމަށް އަލީ ވަހީދަށް ފިޔަވަޅު އަޅަން ޖެހޭ ކަަމަށެވެ.

އެއީ ގާނޫނީ ވެރިކަމެއް ހިނގާ ދައުލަތެއް ހިންގުމަށް މުހިއްމަ ކަމެއްގެ ގޮތުގައި ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ.

އަލީ ވަހީދުގެ ޝަރީއަތާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުގައި ކުރިއަށް ގެންދިޔުމަށް ވެސް ސުޕްރީމް ކޯޓުންވަނީ ނިންމާފައެވެ.

އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްޓަކައި، އެދިވަޑައިގަތުމުން ކޯޓު އަމުރެއްގެ ދަށުން ޕާސްޕޯޓު ދޫކުރީ ހަތަރު މަހަށެވެ. އަދި އެކަން ކުރީ އަސްޢަދު ޢަލީ (އަޑުބަރޭ) ޖާމިނުވާގޮތަށެވެ. އެހެންނަމަވެސް ހަތަރު މަސް ފާއިތުވެ، ޝަރީއަތް ފެށުނު އިރު ވެސް އަލީ ވަހީދު އެނބުރި ރާއްޖެއަށް ވަޑައެއްނުގަންނަވައެވެ. އަދި އެކަމުގެ ޒިންމާ އަޑުބަރޭ ވެސް ނަގާފައެއް ނުވެއެވެ.

ޕާސް ޕޯޓު ދޫކުރި މައްސަލަ ދައުލަތުން ހައިކޯޓާއި ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފުކުރި އެވެ. ނަމަވެސް، އަލީ ވަހީދު އުޅޭ އެޑްރެސް ނޭގޭ ކަމަށް ބުނެ، ޗިޓް ނުފޮނުވިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓައިދޭން ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ވެސް ވަނީ ބޭރު ކޮށްލާފައެވެ.

އަލީ ވަހީދުގގެ ޕާސްޕޯޓް ހިފަހައްޓަން ކުރިމިނަލް ކޯޓުގައި އެދުމުން އެ އަމުރު ނެރެނުދިން މައްސަލަ ޕީޖީން ހައި ކޯޓަށް ހުށަހެޅިއެވެ. އެހެންނަމަވެސް، އަލީ ވަހީދުގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، ހައި ކޯޓުން މައްސަލަ ބަލައިގެންފައިނުވެއެވެ.

ހައިކޯޓުގެ ރެޖިސްޓްރާގެ އެ ނިންމުން ރިވިއުކޮށްދޭން އަންގާރަ ދުވަހު ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ވަނީ އަނެއްކާވެސް އެ މައްސަލަ ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ހުށަހަޅާފައެވެ.

އެކަމާމެދު އަދި ހައިކޯޓުން ވަކި ގޮތެއް ނުނިންމަވައެވެ.

އަލީ ވަޙީދު

އިތުރަށް ކިޔާލަން

23 އެޕްރީލު 2024

"ނަޔާ ކުޅުދުއްފުށި" ގޮފި އުފެއްދުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވައިފި

23 އެޕްރީލު 2024
"ނަޔާ ކުޅުދުއްފުށި" ގޮފި އުފެއްދުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވައިފި
07 ޑިސެމްބަރު 2023

އަލީ ވަހީދު އެމްޑީޕީއަށް

07 ޑިސެމްބަރު 2023
އަލީ ވަހީދު އެމްޑީޕީއަށް
06 މާރިޗު 2022

ޖަލު ޙުކުމަށްފަހު އަޑުބަރޭ މިނިވަންކޮށްފި

06 މާރިޗު 2022
ޖަލު ޙުކުމަށްފަހު އަޑުބަރޭ މިނިވަންކޮށްފި
20 ފެބުރުއަރީ 2022

އަޑުބަރޭ ޖަލަށްލީ ކޯޓުގެ ޙުރުމަތް ކަނޑައިގެން، އޭނާ ޖާމިނުވި އިޤުރާރަށް ޚިލާފުވެފައިވާތީ ފިޔަވަޅު އެޅުމަށް ދައުލަތުން އެދޭ

20 ފެބުރުއަރީ 2022
އަޑުބަރޭ ޖަލަށްލީ ކޯޓުގެ ޙުރުމަތް ކަނޑައިގެން، އޭނާ ޖާމިނުވި އިޤުރާރަށް ޚިލާފުވެފައިވާތީ ފިޔަވަޅު އެޅުމަށް ދައުލަތުން އެދޭ
09 ފެބުރުއަރީ 2022

ހުކުމަށް ހަފުތާއެއް ވެގެން ދިޔައިރުވެސް އަޑުބަރޭ ނުގެނެވޭ

09 ފެބުރުއަރީ 2022
ހުކުމަށް ހަފުތާއެއް ވެގެން ދިޔައިރުވެސް އަޑުބަރޭ ނުގެނެވޭ
02 ފެބުރުއަރީ 2022

ކޯޓުގެ ޙުރުމަތް ކެނޑިކަމުގެ ކުށް އަޑުބަރޭގެ މައްޗަށް ސާބިތުވުމުން، ރައީސް އޭނާ މަޤާމުން ދުރުކުރައްވައިފި

02 ފެބުރުއަރީ 2022
ކޯޓުގެ ޙުރުމަތް ކެނޑިކަމުގެ ކުށް އަޑުބަރޭގެ މައްޗަށް ސާބިތުވުމުން، ރައީސް އޭނާ މަޤާމުން ދުރުކުރައްވައިފި
02 ފެބުރުއަރީ 2022

ކޯޓުގެ ޙުރުމަތް ކެނޑިކަމަށް ނިންމައި އަޑުބަރޭ 15 ދުވަހަށް ޖަލަށް

02 ފެބުރުއަރީ 2022
ކޯޓުގެ ޙުރުމަތް ކެނޑިކަމަށް ނިންމައި އަޑުބަރޭ 15 ދުވަހަށް ޖަލަށް
31 ޖެނުއަރީ 2022

އަލީ ވަހީދު ގެނައުމަށް އިންޓަރޕޯލްގެ ރެޑް ނޯޓިސް ނެރުމުގެ މަސައްކަތް ފަށައިފި

31 ޖެނުއަރީ 2022
އަލީ ވަހީދު ގެނައުމަށް އިންޓަރޕޯލްގެ ރެޑް ނޯޓިސް ނެރުމުގެ މަސައްކަތް ފަށައިފި
27 ޖެނުއަރީ 2022

އަލީ ވަޙީދު ގެނައުމަށް ކްރިމިނަލް ކޯޓުން އިނގިރޭސި ބަހުން ކޯޓު އަމުރު ނެރެ، ފުލުހުންނަށް ޙަވާލުކޮށްފި

27 ޖެނުއަރީ 2022
އަލީ ވަޙީދު ގެނައުމަށް ކްރިމިނަލް ކޯޓުން އިނގިރޭސި ބަހުން ކޯޓު އަމުރު ނެރެ، ފުލުހުންނަށް ޙަވާލުކޮށްފި
17 ޖެނުއަރީ 2022

އަލީ ގެނައުމަށް އިނގިރޭސި ބަހުން ކޯޓު އަމުރެއް ހޯދަން ފުލުހުން އެދުނު ސިޓީ ބުރާސްފަތި ދުވަހު ހަވީރު ކޯޓަށް ވަނީ ލިބިފައި

17 ޖެނުއަރީ 2022
އަލީ ގެނައުމަށް އިނގިރޭސި ބަހުން ކޯޓު އަމުރެއް ހޯދަން ފުލުހުން އެދުނު ސިޓީ ބުރާސްފަތި ދުވަހު ހަވީރު ކޯޓަށް ވަނީ ލިބިފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް