Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޓޯންސް އެއްބަސްވުން އާކުރުން

ސިޓީގެ އެއްބަސްވުން ސްޓޯންސް އާކޮށްފި

10 އޯގަސްޓު 2021 | އަންގާރަ 11:38

ސްޓޯންސް ސިޓީއާ ގުޅުނީ 2016 ވަނަ އަހަރު އެވަޓަން ދޫކޮށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 10 އޯގަސްޓު 2021 | އަންގާރަ 11:38
މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޑިފެންޑަރު ޖޯން ސްޓޯންސް

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޑިފެންޑަރު ޖޯން ސްޓޯންސް

މެންޗެސްޓާ ސިޓީއާއެކު ހަދާފައި އޮތް އެއްބަސްވުން އިންގްލެންޑުގެ ޑިފެންޑަރު ޖޯން ސްޓޯންސް އާކޮށްފިއެވެ.

އުމުރުން 27 އަހަރުގެ ސްޓޯންސް ސިޓީއާ ގުޅުނީ 2016 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި އެވަޓަން ދޫކޮށް 47.5 މިލިޔަން ޕައުންޑުގެ ފީއަކަށެވެ. އެ ފަހަރު އޭނާ ވަނީ ސިޓީއާއެކު ހަ އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އެހެންކަމުން އެ އެއްބަސްވުމުގެ މުއްދަތު ހަމަވަން އޮތީ އަންނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށެވެ.

ސިޓީގެ އެއްބަސްވުން ސްޓޯންސް އާކުރިއިރު، އެ ޓީމުން އައިމެރިކް ލަޕޯޓާއި ރުބެން ޑިއާސްގެ ސޮއި ހޯދުމާ ގުޅިގެން ސްޓޯންސް ސިޓީ ދޫކޮށްލާނެ ކަމަށް މީގެ ކުރިން ބެލެވުނެވެ. އެކަމަކު އަންގާރަ ދުވަހުގެ ވަގުތެއްގައި ސިޓީން ވަނީ ސްޓޯންސްގެ އެއްބަސްވުން އާކުރިކަން އިއުލާން ކޮށްފައެވެ. ސިޓީގެ އެއްބަސްވުން ސްޓޯންސް އިތުރު ފަސް އަހަރަށް އާކުރުމާއެކު، 2026 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް އޭނާ އެ ކުލަބުގައި މަޑުކުރާނެއެވެ.

އެއްބަސްވުން އާކުރުމަށްފަހު ސްޓޯންސް ބުނީ އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާއާއެކު މަސައްކަތްކުރުމަކީ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށާއި، އެހެންކަމުން ގާޑިއޯލާގެ ސްކޮޑުގައި އޭނާ ހިމެނުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި ސިޓީގައި މިހާރު އޮތް ސްކޮޑުގައި ތަޖުރިބާކާރު އެތައް ކުޅުންތެރިންތަކެއް އެބަތިބި ކަމަށާއި، އެހެންކަމުން މި ސްކޮޑާއެކު މުސްތަގުބަލުގައި ގިނަ ކާމިޔާބީތަކެއް ހޯދޭނެ ކަމަށްވެސް ސްޓޯންސް ވަނީ ބުނެފައެވެ.

ސިޓީގައި އިތުރު ފަސް އަހަރު މަޑުކުރަން ސްޓޯންސް ނިންމިއިރު، އޭނާ ވަނީ މިހާތަނަށް ސިޓީއަށް ކުޅެދިން 168 މެޗުގައި 10 ލަނޑު ޖަހާފައެވެ. އަދި ވަނީ ސިޓީއާއެކު އިނގިރޭސި ޕްރިމިއާ ލީގު ތިން ފަހަރު، އިނގިރޭސި ލީގު ކަޕް ދެ ފަހަރު އަދި އިނގިރޭސި އެފްއޭ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ. އަދި ސްޓޯންސްއަކީ މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރަނަރަޕްކަން ހޯދި އިންގްލެންޑުގެ ސްކޮޑުގައި ހިމެނުނު މުހިންމު ކުޅުންތެރިއެކެވެ.

ޖޯން ސްޓޯންސްމެންޗެސްޓަރ ސިޓީ

އެންމެ ހިނގާ

1

ވަޒީރު އިހުސާނުގެ "ހަމަހިމޭންކަން" ބުނެދެނީ ކޮންވާހަކަ އެއް؟

2

"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

3

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

4

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

5

ޓީއެމްއޭގެ ސީޕްލޭނެއް ފުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ކެބިން ކުރޫއަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
03 ނޮވެމްބަރު 2025

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް
19 އޮކްޓޯބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ

19 އޮކްޓޯބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ
06 އޮކްޓޯބަރު 2025

ހާލަންޑުގެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ

06 އޮކްޓޯބަރު 2025
ހާލަންޑުގެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ
28 ސެޕްޓެމްބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ބާންލީ ބަލިކޮށްފި

28 ސެޕްޓެމްބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ބާންލީ ބަލިކޮށްފި
25 ސެޕްޓެމްބަރު 2025

ހަޑްސްފީލްޑް ޓައުން ބަލިކޮށް ސިޓީ ވެސް ގަދަ 16 އަށް

25 ސެޕްޓެމްބަރު 2025
ހަޑްސްފީލްޑް ޓައުން ބަލިކޮށް ސިޓީ ވެސް ގަދަ 16 އަށް
22 ސެޕްޓެމްބަރު 2025

ފަހު ވަގުތު އާސެނަލް އިން ސިޓީއާ އެއްވަރު ކޮށްފި

22 ސެޕްޓެމްބަރު 2025
ފަހު ވަގުތު އާސެނަލް އިން ސިޓީއާ އެއްވަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް