Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގްރީލިޝް ސިޓީއަށް ބަދަލުވުން

އަހަންނަށްވެސް ކުރީ މެސީއަށް ކުރި އަސަރު: ގްރީލިޝް

10 އޯގަސްޓު 2021 | އަންގާރަ 10:34

ގްރީލިޝްއަށް ސިޓީން 100 މިލިޔަން ޕައުންޑް ޚަރަދުކުރި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 10 އޯގަސްޓު 2021 | އަންގާރަ 10:34
މެންޗެސްޓާ ސިޓީއާ ގުޅުނު އިންގްލެންޑުގެ މިޑްފީލްޑަރު ޖެކް ގްރީލިޝް

މެންޗެސްޓާ ސިޓީއާ ގުޅުނު އިންގްލެންޑުގެ މިޑްފީލްޑަރު ޖެކް ގްރީލިޝް

ބާސެލޯނާ ދޫކޮށް ދާން ޖެހުމުން އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއަށް ކުރި އަސަރު އެސްޓަން ވިލާ ދޫކޮށްލަން ޖެހުމުން އޭނާއަށްވެސް ކުރި ކަމަށް މެންޗެސްޓާ ސިޓީއާ ގުޅުނު އިންގްލެންޑުގެ މިޑްފީލްޑަރު ޖެކް ގްރީލިޝް ބުނެފިއެވެ.

ވިލާ ދޫކޮށް އުމުރުން 25 އަހަރުގެ ގްރީލިޝް ސިޓީއަށް ބަދަލުވިއިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޭނާ ވަނީ ވިލާގެ އެއްބެސްވުން 2025 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް އާކޮށްފައެވެ. އެހެންކަމުން ގްރީލިޝް ގަތުމަށް ސިޓީން ވަނީ 100 މިލިޔަން ޕައުންޑް ޚަރަދުކޮށްފައެވެ. އެއާއެކު ގްރީލިޝް ވެފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބަކުން އެންމެ އަގުބޮޑުކޮށް ހޯދި ކުޅުންތެރިޔާއަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ގްރީލިޝް ސިޓީގެ އެއްބަސްވުމުގައި ސޮއިކުރިއިރު، އޭނާ ވަނީ އެ ކުލަބާއެކު ހަ އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އެހެންކަމުން އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ.

"ސްކައި ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ގްރީލިޝް ބުނީ މި ފަހަރު އެންމެ ފުރަތަމަ ވިލާގެ ފަރިތަކުރުންތަކަށް ނުކުތީ އެ ޓީމުގައި މަޑުކުރުމަށް ވިސްނައިގެން ކަމަށާއި، އެކަމަކު ހުރިހާ ކަމެއް ބަދަލުވީ ކުއްލިއަކަށް ކަމަށެވެ. އަދި ދާދި ފަހުން ބާސެލޯނާ ދޫކޮށްލަން ޖެހުމުން މެސީ ބޭއްވި ވަދާއީ ނޫސްވެރިންގެ ބައްދަލުވުން ދިޔަގޮތް އެންމެނަށްވެސް ފެނިގެންދިޔަ ކަމަށާއި، އެ ބައްދަލުވުމުގައި މެސީއަށް ކުރި އަސަރަކީ އޭނާ ވިލާ ދޫކޮށްލަން ޖެހުމުންވެސް ކުރި އަސަރު ކަމަށްވެސް ވަނީ ބުނެފައެވެ.

އުމުރުން އެންމެ ހަ އަހަރުގައި ވިލާއާ ގުޅުނު ގްރީލިޝް އެ ޓީމު ދޫކޮށް ސިޓީއަށް ބަދަލުވިއިރު، ވިލާގެ ސީނިއާ ޓީމަށް އެންމެ ފުރަތަމަ އޭނާ މެޗެއް ކުޅެދީފައިވަނީ 2014 ވަނަ އަހަރުގެ މެއި މަހުގައެވެ. އޭގެ ފަހުން ގްރީލިޝް ވަނީ ވިލާއަށް ކުޅެދިން 213 މެޗުގައި 32 ލަނޑު ކާމިޔާބުކޮށްފައެވެ.

ފަހަކަށް އައިސް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ގްރީލިޝް ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ކުޅުނު ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން ފުރަތަމަ ފަހަރަށް ފުރުސަތު ހޯދާފައެވެ. އޭގެ ފަހުން މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރަނަރަޕްކަން ހޯދި އިންގްލެންޑް ޓީމުގައިވެސް ގްރީލިޝް ހިމެނުނެވެ.

ޖެކް ގްރީލިޝްމެންޗެސްޓަރ ސިޓީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
03 ނޮވެމްބަރު 2025

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް
19 އޮކްޓޯބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ

19 އޮކްޓޯބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ
06 އޮކްޓޯބަރު 2025

ހާލަންޑުގެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ

06 އޮކްޓޯބަރު 2025
ހާލަންޑުގެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ
28 ސެޕްޓެމްބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ބާންލީ ބަލިކޮށްފި

28 ސެޕްޓެމްބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ބާންލީ ބަލިކޮށްފި
25 ސެޕްޓެމްބަރު 2025

ހަޑްސްފީލްޑް ޓައުން ބަލިކޮށް ސިޓީ ވެސް ގަދަ 16 އަށް

25 ސެޕްޓެމްބަރު 2025
ހަޑްސްފީލްޑް ޓައުން ބަލިކޮށް ސިޓީ ވެސް ގަދަ 16 އަށް
22 ސެޕްޓެމްބަރު 2025

ފަހު ވަގުތު އާސެނަލް އިން ސިޓީއާ އެއްވަރު ކޮށްފި

22 ސެޕްޓެމްބަރު 2025
ފަހު ވަގުތު އާސެނަލް އިން ސިޓީއާ އެއްވަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް