Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަގުއޭރޯއަށް އަނިޔާވުން

އަނިޔާގެ ސަބަބުން އަގުއޭރޯއަށް ފުރަތަމަ ދެ މަހު ނުކުޅެވޭނެ

ބާސާއަށް ބަދަލުވި ފަހުން އަގުއޭރޯ މިހާތަނަށް މެޗެއް ކުޅެފައެއް ނުވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 9 އޯގަސްޓު 2021 | ހޯމަ 14:02
ބާސާއާ ގުޅުނު އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް ސާޖިއޯ އަގުއޭރޯ

ބާސާއާ ގުޅުނު އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް ސާޖިއޯ އަގުއޭރޯ

ކުޑަކަޅުވާއަށް ލިބުނު އަނިޔާއެއްގެ ސަބަބުން ބާސެލޯނާއާ ދާދި ފަހުން ގުޅުނު އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް ސާޖިއޯއަށް ކުރިއަށް ސީޒަނުގެ ފުރަތަމަ ދެ މަހެއްހާ ދުވަހު ނުކުޅެވޭނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 33 އަހަރުގެ އަގުއޭރޯ ބާސާއަށް ބަދަލުވީ މެންޗެސްޓާ ސިޓީގައި 10 އަހަރު ހޭދަކުރުމަށްފަހު މިދިޔަ ޖޫން މަހުއެވެ. ބާސާއާއެކު އަގުއޭރޯ ދެ އަހަރުގެ އެއްބަސްވުމެއް ހެދިއިރު، މި އެއްބަސްވުން އުވާލަން އެހެން ކުލަބަކުން 100 މިލިޔަން ޔޫރޯ ދައްކަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބާސާއިން ދާދި ފަހުން ނެރުނު ބަޔާނެއްގައި ވަނީ އަގުއޭރޯގެ ކަނާތު ފައިގެ ކުޑަކަޅުވާ މަސްގަނޑަށް އަނިޔާވެފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި މި އަނިޔާގެ ސަބަބުން އަގުއޭރޯއަށް ކުރިއަށް އޮތް 10 ހަފުތާގައި ނުކުޅެވޭނެ ކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.

ކުޑަކަޅުވާއަށް ލިބުނު އަނިޔާއެއްގެ ސަބަބުން އަގުއޭރޯއަށް ފުރަތަމަ ދެ މަހު ނުކުޅެވޭއިރު، އޭނާ އަދި މިހާތަނަށް ބާސާއަށް މެޗެއް ކުޅެދީފައެއް ނުވެއެވެ. އެކަމަކު ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތަށްފަހު އަގުއޭރޯ ވަނީ ބާސާގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ.

ސިޓީ ދޫކޮށް އަގުއޭރޯ ބާސާއަށް ބަދަލުވިއިރު، މީގެ ކުރިން ސްޕެއިނުގެ މީޑިއާތަކުން ވަނީ ބާސާއިން އަގުއޭރޯގެ ގާތް އެކުވެރިއެއް ކަމަށްވާ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ދޫކޮށްލުމާ ގުޅިގެން، އަގުއޭރޯވެސް އެ ކުލަބު ދޫކޮށްލަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުކޮށްފައެވެ. އަދި އެނބުރި ސިޓީއަށް ބަދަލުވާންވެސް އަގުއޭރޯ މަސައްކަތްކުރި ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އެކަމަކު ދާދި ފަހުން ދިން އިންޓަވިއުއެއްގައި އަގުއޭރޯ ވަނީ ބާސާއިން މެސީ ދޫކޮށްލި ނަމަވެސް، އޭނާގެ ފޯކަސް ހުރީ ކުރިއަށް އޮތް ސީޒަނުގައި ބާސާގައި ރަނގަޅަށް ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދުމަށް ކަމަށް ބުނެފައެވެ.

ސިޓީ ދޫކޮށް އަގުއޭރޯ ބާސާއަށް ބަދަލުވިއިރު، މީގެ ކުރިން އޭނާ ވަނީ ސްޕެނިޝް ލީގުގައި ވާދަކުރަމުން އަންނަ އެތުލެޓިކޯ މެޑްރިޑަށްވެސް ކުޅެފައެވެ. އެތުލެޓިކޯ ދޫކޮށް އަގުއޭރޯ އެންމެ ފުރަތަމަ ސިޓީއާ ގުޅުނީ 2011 ވަނަ އަހަރެވެ. އެއަށްފަހު އަގުއޭރޯ ވަނީ ސިޓީއަށް ކުޅެދިން 390 މެޗުގައި 260 ލަނޑު ޖަހާފައެވެ. އަދި ސިޓީއާއެކު އަގުއޭރޯ އިނގިރޭސި ޕްރިމިއާ ލީގު ފަސް ފަހަރު ކާމިޔާބުކޮށްފައިވާއިރު، އޭނާ އަކީ ޕްރިމިއާ ލީގުގެ ތާރީޚުގައި އެއް ކުލަބަކަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑު އޮންނަ ކުޅުންތެރިޔާއެވެ.

ސާޖިއޯ އަގުއޭރޯބާސެލޯނާ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު