Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖުމްހޫރީ ޕާޓީގެ މަސައްކަތްތައް

"ވަކިވާ ކޮންމެ މެމްބަރަކަށް މެމްބަރަކު ހޯދޭހާ ޤާބިލުކަން އެބަހުރި"

ޕާޓީ ދޫކޮށް ދާ މީހުން އެތެރޭގައި މައްސަލަ އުފައްދަން އުޅުނުކަމަށް ވިދާޅުވި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 7 އޯގަސްޓު 2021 | ހޮނިހިރު 18:02
ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕަރސަން ޢަލީ ޞާލިޙް

ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕަރސަން ޢަލީ ޞާލިޙް

ޖުމްހޫރީ ޕާޓީއިން ވަކިވެގެންދާ ކޮންމެ މެމްބަރަކަށް އިތުރު މެމްބަރަކު ހޯދުމުގެ ޤާބިލުކަން އެބަހުރިކަމަށް ޕާޓީގެ ސްޕޯކްސްޕަރސަން ޢަލީ ޞާލިޙް ވިދާޅުވެއްޖެެއެވެ.

ރާއްޖެ ޓިވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޢަލީ ވަނީ, ޖުމްހޫރީ ޕާޓީއަކީ ރާއްޖޭގެ ކުރިމަގު ބިނާކުރުމަށްޓަކައި މުހިންމު ދައުރެއް އަދާކުރި، އަދާކުރަމުންދާ, އަދި ކުރިމަގުގައިވެސް މި ގޮތުގައި ދެމި އޮންނާނެ ޕާޓީއެއްކަމަށެވެ. މި މަސައްކަތުގައި އެކި ޚިޔާލުގެ އަދި އެކި ފިކުރުގެ މީހުންނާއެކު މަސައްކަތް ކުރާއިރު، އަބަދުވެސް މަސައްކަތް ކުރާނީ އެންމެން ގޮވައިގެން ކުރިއަށް ދިއުމަށް ކަމަށެވެ.

މި ދަތުރުގައި މިހާތަނަށް އައިއިރު ޕާޓީގެ އެތެރޭ ތިބި މީހުންނާ ތަޅަން ބަޔަކު އުޅުނު ނަމަވެސް އެކަން ވިޔަ ނުދޭނެކަން ހާމަކޮށްދީފައިވާކަމަށެވެ. މިގޮތަށް އުޅޭ މީހުން ފަހު ވަގުތު ޕާޓީ ދޫކޮށް ދާއިރު، މިގޮތަށް ދާ ކޮންމެ މެމްބަރަކަށް އާ މެމްބަރަކު ހޯދުމުގެ ޤާބިލުކަން އެބަހުރިކަމަށް ވިދާޅުވިއެވެެ.

މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޢަލީ ވަނީ, ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަކީ ކޯލިޝަން ހިންގުމުގެ ޗެމްޕިއަންގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މި ސަރުކާރުގައި ޖުމްހޫރީ ޕާޓީ ދެމިއޮންނާނީ ޖުމްހޫރީ މަޝްވަރާކުރުމުގެ އުސޫލުންކަމަށެވެ. މިއަދުވެސް ޕާޓީން ގަބޫލުނުކުރާ ކަމެއް އަތުވެއްޖެނަމަ އެކަމެއް ރައީސަށް ދަންނަވައި, ހައްލުކުރުމަށް ފަސޭހަކަމަށް އޭނާ ވިދާޅުުވިއެވެ.

ވަކިވެގެންދާ ކޮންމެ މެމްބަރަކަށް އިތުރު މެމްބަރަކު ހޯދުމުގެ ޤާބިލުކަން އެބަހުރިކަމަށް ސްޕޯކްސްޕަރސަން ވިދާޅުވެފައި މިވަނީ އެ ޕާޓީގެ މެމްބަރުންތަކެއް ޕާޓީ ދޫކޮށް އިދިކޮޅާ ގުޅި, އަދި އައު ޕާޓީއެއްވެސް އުފައްދާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒު ވަނީ އަލަށް އުފެއްދި މޯލްޑިވްސް ނެޝަނަލް ޕާޓީއާ ގުޅިވަޑަައިގެން ފައެވެ.

ޖުމްހޫރީ ޕާޓީ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
07 އޮކްޓޯބަރު 2025

ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!

07 އޮކްޓޯބަރު 2025
ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!
10 ޑިސެމްބަރު 2023

ޖުމްހޫރީ ޕާޓީގެ އެތެރޭގެ އިންތިޚާބު އާދީއްތަ ދުވަހު، ނާއިބު ރައީސްކަމުގެ މަގާމަށް 4 ބޭފުޅަކު ކުރިމަތިލައްވައިފި

10 ޑިސެމްބަރު 2023
ޖުމްހޫރީ ޕާޓީގެ އެތެރޭގެ އިންތިޚާބު އާދީއްތަ ދުވަހު، ނާއިބު ރައީސްކަމުގެ މަގާމަށް 4 ބޭފުޅަކު ކުރިމަތިލައްވައިފި
22 ނޮވެމްބަރު 2023

ޖުމްހޫރީ ޕާޓީގެ ކައުންސިލުގެ 11 މަގާމަކަށް ކުރިމަތިލުމަށް ހުޅުވާލައިިފި

22 ނޮވެމްބަރު 2023
ޖުމްހޫރީ ޕާޓީގެ ކައުންސިލުގެ 11 މަގާމަކަށް ކުރިމަތިލުމަށް ހުޅުވާލައިިފި
04 އޮކްޓޯބަރު 2023

ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން މެންދުރު

04 އޮކްޓޯބަރު 2023
ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން މެންދުރު
20 ސެޕްޓެމްބަރު 2023

ގާސިމްގެ އިންތިޚާބީ އެޖެންޓް އަލީ ވަހީދު، ޖޭޕީން ވަކިވެ ވަޑައިގެންފި

20 ސެޕްޓެމްބަރު 2023
ގާސިމްގެ އިންތިޚާބީ އެޖެންޓް އަލީ ވަހީދު، ޖޭޕީން ވަކިވެ ވަޑައިގެންފި
17 ސެޕްޓެމްބަރު 2023

ޖޭޕީގެ ސެކެޓްރީ ޖެނެރަލަކަށް އަޒްލީން

17 ސެޕްޓެމްބަރު 2023
ޖޭޕީގެ ސެކެޓްރީ ޖެނެރަލަކަށް އަޒްލީން
16 ސެޕްޓެމްބަރު 2023

ޖޭޕީން ނިންމީ ދެވަނަ ބުރުގައި އެއްވެސް ކޮޅަކަށް ނާރަން

16 ސެޕްޓެމްބަރު 2023
ޖޭޕީން ނިންމީ ދެވަނަ ބުރުގައި އެއްވެސް ކޮޅަކަށް ނާރަން
11 ސެޕްޓެމްބަރު 2023

ދެވަނަ ބުރާ ދޭތެރޭ ނިންމާ ގޮތެއް ޕާޓީގެ ކައުންސިލްގައި މަޝްވަރާކުރުމަށްފަހު ހާމަކުރާނެ: ޖޭޕީ

11 ސެޕްޓެމްބަރު 2023
ދެވަނަ ބުރާ ދޭތެރޭ ނިންމާ ގޮތެއް ޕާޓީގެ ކައުންސިލްގައި މަޝްވަރާކުރުމަށްފަހު ހާމަކުރާނެ: ޖޭޕީ
20 ޖުލައި 2023

އެއް ކެންޑިޑޭޓަކު ނެރެވިދާނެތަ؟

20 ޖުލައި 2023
އެއް ކެންޑިޑޭޓަކު ނެރެވިދާނެތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު