Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކޮވިޑް ވެކްސިންއާ ދެކޮޅު މީހުން

ކޮވިޑް-19 ވެކްސިން ނުޖަހާ އެކުވެރިންނާ ޖެނިފަރ އެނިސްޓަން ގުޅުން ކަނޑާލައިފި

ޖެނިފަރ ބުނީ ވެކްސިން ނުޖަހަން އުޅެނީ "ފެކްޓްސް" ގަބޫލު ނުކުރާ މީހުންކަމަށް

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 7 އޯގަސްޓު 2021 | ހޮނިހިރު 12:09
ޖެނިފަރ އެނިސްޓަން

ޖެނިފަރ އެނިސްޓަން

ހޮލީވުޑްގެ މަޝްހޫރު ތަރި, އަދި އެންމެންގެ "ފްރެންޑް" ޖެނިފަރ އެނިސްޓަން، ކޮވިޑް-19 ވެކްސިން ނުޖަހާ އެކުވެރިންނާ ގުޅުން ކަނޑާލައިފިއެވެ.

އޭނާ މިކަން ހާމަކޮށްފައިވަނީ އިންސްޓައިލްއަށް ދިން އިންޓަރވިއުއެއްގައެވެ. ޖެނިފަރ ބުނީ ވެކްސިން ޖެހުމާ ދެކޮޅުކަން ހާމަކޮށްފައިވާ, އަދި ވެކްސިން ޖެހިތޯ ނޫންތޯ ބުނަން ބޭނުން ނުވާ އެކުވެރިންނާ ގުޅުން ކަނޑާލާފައިވާ ކަމަށެވެ. އަދި މިމީހުން ވެކްސިންޖެހުމާ ދެކޮޅުހެދުމަކީ "ފެކްޓްސް" ގަބޫލު ނުކުރުންކަމަށް އޭނާ ބުންޏެވެ.

"ފްރެންޑްސް" ސީރީޒްގައި ރޭޗަލް ގްރީންގެ ރޯލުން ފެނުނު ޖެނިފަރގެ މި އިއުލާނަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވިއެވެ. މިއަށް އޭނާވެސް ވަނީ ރައްދު ދީފައެވެ.

އެގޮތުން ވެކްސިން ޖަހާފައި ހުރެއްޖެ ނަމަ އޭނާއަށް ކޮވިޑް-19 ނުޖެހޭނެކަމަށް ބުނި މީހަކަށް ރައްދު ދެމުން އޭނާ ބުނީ، "ވޭރިއަންޓެއް ހުރި މީހެއްގެ ފަރާތުން އޭނާއަށް ބަލި ޖެހިދާނެ"ކަމެވެ. އަދި އޭގެ ސަބަބުން އޭނާ އެހާ ބަލި ނުވިޔަސް އަދި ހޮސްޕިޓަލްގައި އެޑްމިޓް ނުކުރި ނަމަވެސް އޭނާގެ ފަރާތުން  ބޮޑެތި ބަލިތައް ތަހައްމަލުކުރަމުންދާ, ނާޒުކު ހާލަތުގައި ހުރި މީހަކަށް ބަލި ޖެހިދާނެކަން އޭނާ ފާހަގަކުރިއެވެ.

އަދި މިއީ އޭނާ އެންމެ ހާސްވާކަންތައް ކަން ފާހަގަކޮށް ޖެނިފަރ ބުނީ އެހެން މީހުންނާ މެދު ވިސްނުން މުހިއްމު ކަމަށެވެ.

ގިނަ ރިސަރޗްތަކުން ދައްކާ ގޮތުގައި ވެކްސިން ޖަހާފައިވާ މީހަކަށް ވެސް ކޮވިޑް ޖެހިދާނެއެވެ. ނަމަވެސް ވެކްސިންގެ ސަބަބުން މާ ބޮޑަށް ބަލި ނުވާނެއެވެ.

ޖެނިފަރ އެނިސްޓަންކޮވިޑް-19ކޮވިޑް-19 ވެކްސިން

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
13 ސެޕްޓެމްބަރު 2025

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު