Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖެހުން

ވެކްސިން ޖެހޭ އުމުރުފުރައިގެ 90 އިންސައްތައަށް 31 ރަށަކުން ވެކްސިންގެ ދެ ޑޯޒުދީފި

ސަރުކާރުގެ އަމާޒަކީ އަންނަ އޮގަސްޓް މަސް ނިމުމުގެ ކުރިން ރާއްޖޭގެ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 4 އޯގަސްޓު 2021 | ބުދަ 07:55
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ

ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ

ވެކްސިން ޖެހޭ އުމުރުފުރައިގެ 90 އިންސައްތައަށް މިހާތަނަށް 31 ރަށަކުން ވެކްސިންގެ ދެ ޑޯޒު ދީފައިވާ ކަމަށް ހެލްތް މިނިސްޓްރީން ހާމަކޮށްފިއެވެ.

ހެލްތް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އެރަށެއްގެ އާބާދީގެ 18 އަހަރުން މަތީގެ މީހުންގެ ތެރެއިން 90 އިންސައްތަ ނުވަތަ އެއަށް ވުރެ ގިނަ މީހުންނަށް 31 ރަށަކުން ވެކްސިންގެ ޑޯޒުތައް ދީފައިވާއިރު ދެ ރަށަކުން ވަނީ މި އުމުރުފުރައިގެ 99 އިންސައްތަ މީހުންނަށް ވެކްސިންގެ ދެ ޑޯޒު ދީފައެވެ.

Advertisement - newsAdvertisement

އެއީ އއ. މަތިވެރި އަދި ވ. ރަކީދޫއެވެ. މީގެ އިތުރުން ބ. ދޮންފަން، ބ. ފެހެންދޫ އަދި ނ. މަގޫދޫގައި ދިރިއުޅޭ ވެކްސިން ޖެހޭ އުމުރުފުރައިގެ 98 އިންސައްތަ މީހުންނަށް ދެ ޑޯޒު ވަނީ ދީފައެވެ. އަދި ބ. ހިތާދޫން 97 އިންސައްތަ މީހުން، ބ. ކަމަދޫން 97 އިންސައްތަ މީހުންނަށް ވެކްސިންގެ ދެ ޑޯޒު ދީފައިވާއިރު ށ. ކޮމަންޑޫ އާއި ގއ. ދެއްވަދޫން 96 އިންސައްތަ މީހުންނަށް ވެކްސިންގެ ދެ ޑޯޒު ދީފައިވެއެވެ.

ވެކްސިން ޖެހޭ އާބާދީގެ 95 އިންސައްތަ މީހުންނަށް ވެކްސިން ގެ ދެ ޑޯޒް ދީފައިވަނީ ބ. ގޮއިދޫ، ތ. ވަންދޫ، އަދި ވ. ތިނަދޫންނެވެ. މީގެ އިތުރުން ނ. ފޮއްދޫ، ހދ. ނެއްލައިދޫ، ވ. ފުލިދޫ، އއ. އުކުޅަސް، އދ. ހަންޏާމީދޫ، ކ. ހިންމަފުށި އަދި ބ. ފުޅަދޫން ވެކްސިން ޖެހޭ އާބާދީގެ 94 އިންސައްތަ މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.

އަދި ހއ. އުލިގަމް، ށ. މަރޮށި، ށ. ގޮއިދޫ، ނ. މާޅެންދޫ، ނ. ޅޮހި، ބ. ކިިހާދޫ، ލ. މުންޑޫ، ތ. އޮމަދޫ، ދ. ރިނބުދޫ، މ. ރަތްމަންދޫ، ކ. މާފުށި އަދި ބ. ދަރަވަންދޫން ވެސް އުމުރުން 18 އަހަރުން މަތީގެ އުމުރުފުރައިގެ 90 އިންސައްތަ މީހުން ވަނީ ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައެވެ.

ރާއްޖޭގައި ވެކްސިން ދިނުމުގެ ކެމްޕެއިން ހަލުވިކަމާއެކު ކުރިއަށްދާއިރު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އަންގާރަ ދުވަހު ވެކްސިން ޖެހި 3397 މީހުންނާއެކު ރާއްޖެއިން މިހާތަނަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ ޖުމްލަ އަދަދު ވަނީ 274،949ށް އަރާފައެވެ. އަންގާރަ ދުވަހު ދެވަނަ ޑޯޒް ފުރިހަމަކުރި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިން ޖެހި 1298 މީހުންނާއި، އަތޮޅު ތެރެއިން ވެކްސިން ޖެހި 2099 މީހުންނެވެ.

އޭގެ އިތުރުން، އިތުރު 1492 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިން ޖެހި 860 މީހުންނާއި، އަތޮޅުތެރެއިން ވެކްސިން ޖަހާފައިވާ 632 މީހުންނެވެ. އެއާއެކު ރާއްޖެއިން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ އަދަދު ވަނީ 325،060ށް އަރާފައެވެ. ރާއްޖޭގެ އާބާދީގެ 50 އިންސައްތައަށްވުރެ ގިނަ މީހުން މިހާތަނަށް ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އޮގަސްޓް މަސް ނިމުމުގެ ކުރިން ރާއްޖޭގެ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމެވެ.

ކޮވިޑް-19 ވެކްސިންކޮވިޑް-19ހެލްތު މިނިސްޓްރީއެޗްޕީއޭހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)

ކޮމެންޓް

އިތުރަށް ކިޔާލަން

ފޯކައިދޫ ސިއްހީ މަރުކަޒު ގެ ވަށާ ފާރު ގެ ބެރީގެ މަސައްކަތް ހުއްޓިފައި އޮންނަތާ 2 އަހަރު

ފޯކައިދޫ ސިއްހީ މަރުކަޒު ގެ ވަށާ ފާރު ގެ ބެރީގެ މަސައްކަތް ހުއްޓިފައި އޮންނަތާ 2 އަހަރު

23 ޑިސެމްބަރު 2025
ނުރައްކާ މިންވަރަށް ރާއްޖޭގައި ވައި ނުސާފުވެ މާސްކު ބޭނުންކޮށް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން އިލްތިމާސްކޮށްފި

ނުރައްކާ މިންވަރަށް ރާއްޖޭގައި ވައި ނުސާފުވެ މާސްކު ބޭނުންކޮށް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން އިލްތިމާސްކޮށްފި

23 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު