Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރާއްޖެ އަންނަ ފަތުރުވެރިން

މިއަހަރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ ޖުލައި މަހު

ޖުލައި މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އެއް ލައްކައަށް އަރާ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 2 އޯގަސްޓު 2021 | ހޯމަ 14:12
ފަތުރުވެރިން

ފަތުރުވެރިން

މިއަހަރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ މިދިޔަ ޖުލައި މަހު ކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ޖުލައި މަހު 101،818 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއާއެކު ޖުލައި މަސް ވެފައިވަނީ މިއަހަރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ މަހަށެވެ. މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ މާޗް މަހުއެވެ. އެމަހު 109،882 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

Advertisement - businessAdvertisement

ޖުލައި މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދުވާލެއްގެ މައްޗަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ތިންވަނަ ހަފުތާގައެވެ. ޖުލައި 15 އިން 21 އަށް ދުވާލެއްގެ މައްޗަށް 4،102 ފަތުރުވެރިން އައިސްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކުރެއެވެ. ޖުލައި މަހުގެ ފަހު ހަފުތާގައި ދުވާލެއްގެ މައްޗަށް 3،474 ފަތުރުވެރިން އައިސްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮވިޑް-19 ހާލަތާ އެކުވެސް ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލާފައިވާއިރު، މި މުއްދަތުގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރަޝިއާއިންނެވެ. މި މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންގެ 23.3 އިންސައްތަ ރަޝިއާގެ ފަތުރުވެރިން ހިއްސާކުރާއިރު، 16.9 އިންސައްތަ ހިއްސާކުރަނީ އިންޑިއާގެ ފަތުރުވެރިންނެވެ. ޖަރުމަނުން އައި ފަތުރުވެރިން 5.5 އިންސައްތަ ހިއްސާކުރެއެވެ.

މީގެ އިތުރުން މި ހިނގާ އޮގަސްޓު މަހުގެ ފުރަތަމަ ދުވަހު އެކަނިވެސް 5،424 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.

މި އަހަރުގެ ފުރަތަމަ ތިން މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، މަހަކަށް ވުރެ މަހެއް އަދަދުތައް ވަނީ އިތުރުވެފައެވެ. ޖެނުއަރީ މަހު 92,103 ފަތުރުވެރިން ރާއްޖެ އައި އިރު، ފެބްރުއަރީ މަހު އެ އަދަދު ވަނީ 96,882 އަށް އިތުރުވެފައެވެ. އަދި މާޗު މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް އަރާފައިވާއިރު، މިއީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލި ފަހުން އެއް މަހެއްގައި ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން އައި ފުރަތަމަ ފަހަރެވެ. އެމަހު 109,585 ފަތުރުވެރިން ވަނީ އައިސްފައެވެ. ނަމަވެސް އޭޕްރިލް މަހު މި އަދަދު ވަނީ 91,200 އަށް ވެއްޓިފައެވެ.

މެއި މަހު 64,613 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ޖޫން މަހު ރާއްޖެ އައިސްފައި ވަނީ 56,166 ފަތުރުވެރިންނެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މެއި އަދި ޖޫން މަހު ދަށްވެގެން ދިއުމަށް ފަހު ޖުލައި މަހު މި އަދަދު ވަނީ އެއް ލައްކައަށް އަރާފައެވެ.

މިއާއެކު މިއަހަރުގެ މިހާތަނަށް ޖުމްލަ 612،367 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް ވަނީ ރެކޯޑުކޮށްފައެވެ. މިއަހަރު ނިމުމުގެ ކުރިން އެއް މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

18 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ

ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ

12 ފެބުރުއަރީ 2017
އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި

އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު