Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާނުގެ ދާޚިލީ ހަނގުރާމަ ހޫނުވުން

އަފްޣާނިސްތާނުގެ ދާޚިލީ ހަނގުރާމަ ހޫނުވެ ހަމަލާތައް ވަރުގަދަވެއްޖެ

31 ޖުލައި 2021 | ހޮނިހިރު 09:16

މި ވަގުތު އެންމެ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުންދަނީ ހެރަތު ޕްރޮވިންސްގައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 31 ޖުލައި 2021 | ހޮނިހިރު 09:16
މި ވަގުތު އެންމެ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުންދަނީ އަފްޣާނިސްތާނުގެ ހޭރަތް ޕްރޮވިންސް ހިމެނޭ ސަރަހައްދުގައި

މި ވަގުތު އެންމެ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުންދަނީ އަފްޣާނިސްތާނުގެ ހޭރަތް ޕްރޮވިންސް ހިމެނޭ ސަރަހައްދުގައި

އަފްޣާނިސްތާނުގެ ދާޚިލީ ހަނގުރާމަ ހޫނުވެ، އދން ބަލަހައްޓަމުންދާ ސަރަހައްދުތަކަށް ހަމަލާތައް އަމާޒުވެއްޖެއެވެ.

އަފްޣާނިސްތާނު ސަރުކާރުގެ ސިފައިންނާއި ތާލިބާނުންނާއި ދެމެދު ބިންތައް ހިފުމަށް ދަނީ ހަމަލާތައް ބަދަލުކުރަމުންނެވެ. އެގޮތުން މި ވަގުތު އެންމެ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުންދަނީ އަފްޣާނިސްތާނުގެ ހެރަތު ޕްރޮވިންސް ހިމެނޭ ސަރަހައްދުގައެވެ. މި ސަރަހައްދުގެ ހާލަތު ބަލާ އާންމުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ހަނގުރާމަކުރުން މަނާ އަދި އދން ބަލަހައްޓަމުންދާ ސަރަހައްދުތަކެއް ވަނީ ކަނޑައަޅާފައެވެ. އެހެންނަމަވެސް، އެންމެ ފަހުން ބަދަލުކުރެވުނު ހަމަލާތަކުގައި އިދިކޮޅުގެ ހަމަލާތަކެއް ހެރަތު ޕްރޮވިންސްގެ މިފަދަ ސަރަހައްދަކަށް އަރާފައިވާކަން ވަނީ ކަށަވަރުވެފައެވެ.

މި ހަމަލާ އަމާޒުވިކަން ހާމަކޮށް ނެރުނު ބަޔާނެއްގައި ޔުނައިޓެޑް ނޭޝަންސް އެސިސްޓެންސް މިޝަން އިން އަފްޣާނިސްތާން، އުނަމާއިން ބުނެފައިވަނީ ހަމަލާ އަމަޒުވެފައިވަނީ ހެރަތު ޕްރޮވިންސްގައި އދން ބަލަހައްޓަމުންދާ އެންމެ ބޮޑު މަރުކަޒަށް ކަމަށެވެ. އެ ސަރަހައްދުގެ ބޭރުން މީގެ ކުރިންވެސް ބޮމާއި، ކަނޑި ބަޑީގެ ހަމަލާތައް ދެމުން ދިޔަޔަސް މިއީ އެ މަރުކަޒަށް އަމާޒުވި މިފަދަ ފުރަތަމަ ހަމަލާކަމަށް އުނަމާއިން ބުނެއެވެ. މި ހަމަލާގައި ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރަން ހުރި ސެކިއުރިޓީ ގާޑެއް މަރުވެފައިވާކަން ވަނީ ކަށަވަރުކޮށްދީފައެވެ. މީގެ އިތުރުންވެސް އެ ސަރަހައްދުގައި ތިބި އިތުރު ބައެއް އޮފިސަރުންނަށް އެކިވަރުގެ އަނިޔާވެފައިވާކަމަށް ބަޔާނުގައި ވެއެވެ. އެހެންނަމަވެސް، މިކަމުގެ އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.

އަފްޣާނިސްތާނުގގެ ދާޚިލީ ހަނގުރާމަ ހޫނުވެފައިވަނީ އެ ގައުމުގައި ތިބި އެމެރިކާ ސިފައިން ފައިބަން ފެށުމާއި ގުޅިގެންނެވެ. އަފްޣާނިސްތާނުގެ 50 އިންސައްތަ ސަރަޙައްދުތައް އޮތީ ޠާލިބާން ޖަމާޢަތުގެ ބާރުގެ ދަށުގައިކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

އެމެރިކާގެ ދިފާޢީ ވުޒާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖޮއިންޓު ޗީފްސް އޮފް ސުޓާފުގެ ޗެއާމަން ޖެނެރަލް މާކު މިލީ ވިދާޅުވީ އަފްޣާނިސްތާނުގައި ޠާލިބާނުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާކަމަށެވެ. އެ ގޮތުން އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ ބޭރުގެ ފައުޖުތައް އެ ގައުމުން ފައިބަމުންދާ ދަނޑިވަޅެއްގައި ޠާލިބާނުންގެ ޙަމަލާތައް ވަރަށް ބޮޑަށް އިތުރުކޮށް ވަރުގަދަކޮށްފައިވާކަމަށާއި މުހިންމު ސަރަޙައްދީ ރޮނގުތައްވެސް އޮތީ އެ ޖަމާޢަތުގެ ބާރުގެ ދަށުގައިކަމަށް ޖެނެރަލް މިލީ ވިދާޅުވިއެވެ. އަދި އަފްޣާނިސްތާނުގެ 419 ޑިސްޓުރިކްޓުގެ ތެރެއިން 200 ޑިސްޓުރިކްޓު އޮތީ ޠާލިބާނުންގެ ބާރުގެ ދަށުގައިކަމަށް އޭނާ ވިދާޅުވިއެވެ.

20 އަހަރު ދުވަހަށްފަހު އެމެރިކާގެ އިތުރުން ހުޅަނގުގެ އަސްކަރީ އިއްތިހާދު، ނޭޓޯއިންވަނީ އަފްޣާނިސްތާނުން ފޭބުމުގެ މަސައްކަތް ފަށައިފައެވެ. އެ ގޮތުން ނޭޓޯގެ ފައުޖުތަކުގައި ހިމެނޭ އިނގިރޭސިވިލާތާއި ޖަރުމަންވިލާތާއި އިޓަލީވިލާތުގެ ސިފައިންވަނީ އަފްޣާނިސްތާނުން ފައިބައިފައެވެ. އަދި އަންނަ އޮގަސްޓު މަސް ނިމުމުގެ ކުރިން އަފްޣާނިސްތާނުން ފޭބުމުގެ މަސައްކަތް އެމެރިކާގެ ސިފައިންވެސް ވަނީ ފަށައިފައެވެ. އެ ގޮތުން އަފްޣާނިސްތާނުގެ ކަންދަހާރުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުވެސްވަނީ އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކާ ހަވާލުކޮށްފައެވެ. އަފްޣާނިސްތާނުގައި އެމެރިކާގެ ސިފައިން މިހާރު ޙަރަކާތްތެރިވަނީ ވެރިރަށް ކާބުލްގެ އިތުރުން އެ ގައުމުގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތުގައި އެކަންޏެވެ.

ބޭރުގެ ފައުޖުތަކުން އަފްޣާނިސްތާނުން ފައިބަމުންދާ ދަނޑިވަޅެއްގައި ޠާލިބާން ޖަމާޢަތުގެ ހަނގުރާމަވެރިންގެ ބާރުވަނީ ވަރުގަދަކޮށްފައެވެ. ޠާލިބާނުންވަނީ އަފްޣާނިސްތާނުން ޕާކިސްތާނާއި ތަޖިކިސްތާނާއި އުޒުބެކިސްތާނާއި އީރާނަށް ދެވެން އޮންނަ މައިމަގުތަކާއި ސަރަހައްދީ ރޮނގުތައް އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެނެސްފައެވެ. ޠާލިބާނުން ބުނާ ގޮތުގައި އަފްޣާނިސްތާނުގެ 85 އިންސައްތަ ސަރަޙައްދުތައް އޮތީ އެ ޖަމާޢަތުގެ ބާރު ދަށުގައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
23 ޖެނުއަރީ 2017

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ
17 ޖެނުއަރީ 2017

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް