Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު މިސްކިތަށް އެރި ފަތުރުވެރިޔާ މައްސަލަ

ހުކުރު މިސްކިތުގެ ހުރުމަތް ކެނޑޭފަދަ ކަމެއް ފަތުރުވެރިޔަކު ކުރިކަމަށް ނުބެލެވޭ - ޑރ ޒާހިރު

23 ޖުލައި 2021 | ހުކުރު 13:48

ފުލުހުން ގޮސް ބެލި ބެލުމުން އެ ފަދަ ކަމެއް ފާހަގަނުވާކަމަށް ވަނީ ބުނެފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 23 ޖުލައި 2021 | ހުކުރު 13:48
މާލޭ ހުކުރު މިސްކިތް

މާލޭ ހުކުރު މިސްކިތް

ހުކުރު މިސްކިތުގެ ހުރުމަތް ކެނޑޭފަދަ ކަމެއް ފަތުރުވެރިޔަކު ކުރިކަމަށް ނުބެލެވޭ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރ މިފަދައިން ވިދާޅުވެފައިވަނީ، މާލޭ ހުކުރު މިސްކިތުގައި ބިދޭސީ އަންހެނަކު ޣައިރު ދީނުގެ އަޅުކަމެއްކަމަށް ބެލެވޭކަމެއް ކުރާ ވީޑީއޯއެއް އާންމުވެފައިވާ ދަނޑިވަޅެއްގައެވެ. މިކަމާއި ގުޅިގެން ރާއްޖެ އެމްވީއާއި ވާހަކަފުޅުދައްކަވަމުން ޑރ. އަހުމަދު ޒާހިރު އަލީ ވަނީ ކަން ހިނގިގޮތުގެ މަޢުލޫމާތު މިނިސްޓްރީން ސާފުކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން މާލޭ ހުކުރު މިސްކިތަށް އެރި ބިދޭސީ އަންހެންމީހާއަކީ ފަތުރުވެރިއެއްކަމަށާއި، މި މީހާ މިސްކިތަށް އެރީ އެ މިސްކިތަކީ ރާއްޖޭގެ އާސާރާއި ތަރިކައެއްގެ ގޮތުގައި ކަނޑައެޅިފައި ތަނެއްކަމުގައިވުމުން އެކަމަށް ހުއްދައޮތުމުންކަމަށެވެ. އަދި މިފަދަ ތަންތަނަށް އާންމުގޮތެއްގައި ފަތުރުވެރިިން ގެންގޮސް މައުލޫމާތު ދިނުމަށް ޓުއާ ގައިޑުން ތިބިނަމަވެސް، މި އަންހެން މީހާއާއެކު އެއްވެސް ޓުއާ ގައިޑެއް ނުދާކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި ފަތުރުވެރިޔާ މިސްކިތަށް އެރުމަށްފަހު މިސްކިތުގައި ބަހައްޓާފައި ހުރި ޚަތިމެއް ނެގުމުން މިސްކިތުގައި 24 ގަޑިއިރު ފޯރިމަރަންތިބޭ ހެރިޓޭޖް މިނިސްޓްރީގެ އޮފިޝަލުން އެ އަންހެން މީހާ ހުއްޓުވާ ސުވާލުކުރިކަމަށެވެ. އެގޮތުން އެމީހާއަކީ މުސްލިމެއްތޯ ސުވާލުކުރިކަމަށާއި، އެ މީހާއަކީ މުސްލިމެއް ނޫންކަމަށް ބުނެ ޚަތިމް ހިފައިގެން އިށީނދެ ލޯ މަރާލާފައި އިރުކޮޅަކު ހުރުމަށްފަހު ޚަތިމް ބޭއްވީކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ. މިކަން ރިޕޯޓްކުރުމުން ހުކުރު މިސްކިތަށް ފުލުހުންވެސް ދިޔަކަމަށާއި، އޭރު އެ ފަތުރުވެރިޔާ ހުކުރު މިސްކިތް ދޫކޮށް ގޮސްފައިވާކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ. މި ހާދިސާ ހިނގާ ދިޔަގޮތަށް ބަލާއިރު، ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތާއި ޚިލާފަށް ހުކުރު މިސްކިތުގެ ހުރުމަތް ކެނޑޭފަދަ ކަމެއް ފަތުރުވެރިޔާ ކުރިކަމަށް ނުބެލެވޭ އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

މާލޭ ހުކުރު މިސްކިތުގައި ބިދޭސީ އަންހެނަކު ޣައިރު ދީނުގެ އަޅުކަމެއްކަމަށް ބެލެވޭކަމެއް ކުރާ ވީޑީއޯއެއް ވަނީ އާންމުވެފައެވެ. އާންމުވި ވީޑިއޯއިން ފެންނަ ގޮތުން، އެ އަންހެން މީހާ މިސްކިތުގެ އެއްފަރާތެއްގައި އިންނަނީ "މެޑިޓޭޓް" ކުރަންކަމަށް ބައެއް މީހުން ސޯޝަލް މީޑިއާގައި ދިޔައީ ބުނަމުންނެވެ. މީގެއިތުރުން އޭނާ އެތާ އިންނައިރު ކުރިމަތީގައި އެއްޗެއް އޮތްތަންވެސް ފެނިގެންދާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ހުކުރު މިސްކިތުގައި އަންހެނަކު އަޅުކަންކުރަމުން ދާ ކަމުގެ ރިޕޯޓް ލިބިފައިވާކަމަށެވެ. އެހެންނަމަވެސް ފުލުހުން ގޮސް ބެލި ބެލުމުން އެ ފަދަ ކަމެއް ފާހަގަނުވާކަމަށް ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

12 ފެބުރުއަރީ 2017
މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ
11 ފެބުރުއަރީ 2017

މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު

11 ފެބުރުއަރީ 2017
މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު
05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް