Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ނިޒާރު

މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު

ރައްޔިތުންގެ ހާލަތު ދިޔައީ އިތުރަށް ދަށަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2017 | ހޮނިހިރު 04:34
މެނަބަރު ނިޒާރު: ސަރުކާރަށް އަބަދުވެސް ގެންދަވަނީ ފާޑު ވިދާޅުވަމުން

މެނަބަރު ނިޒާރު: ސަރުކާރަށް އަބަދުވެސް ގެންދަވަނީ ފާޑު ވިދާޅުވަމުން

ރައީސް ޔާމީންގެ ސަރުކާރު އައި ފަހުން ދިވެހިރާއްޖެ އަށް ބޭރުން އައި އާ އިންވެސްޓްމަންޓެއް ނެތް ކަމަށާއި އަލަށް ކުރި ކަމެއް ފެންނަން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން ހުކުރު ދުވަހުގެ ރޭ ގެނެސްދިން "މި ރައީސް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަލީ ނިޒާރު ވިދާޅުވީ ރައީސް ޔާމީންގެ ލިޔެވިފައިވާ ސިޔާސަތެއް ނުވަތަ ތަންފީޒުކުރަން ބޭނުންވާ ސިޔާސަތެއް އޮތް ކަމަށް ފެނިފައި ނުވާ ކަމަށާއި ފެނިގެންދަނީ އެބޭފުޅާ އަމިއްލައަށް ބޭނުންވާހާ ގޮތަކަށް ގައުމު ހިންގަމުންދާ ތަން ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ޔާމީންގެ ރިޔާސީ ބަޔާނަށް އިޝާރާތް ކުރައްވައި، ނިޒާރު ވިދާޅުވީ ރައީސް ޔާމީންގެ ވޭތުވެދިޔަ ތިން އަހަރު ކަންކޮށްފައިވާ ގޮތަށް ބަލާއިރު އެއީ ހުދުމުޚްތާރު ވެރިއެއް ކަމަށް ކަނޑައަޅަން ޖެހޭ ކަމަށާއި އެހެން ކަމުން ރައްޔިތުންނަށް އެކަށީގެންވާ އުއްމީދީ ވާހަކަތަކެއް ނުދައްކަވާނެ ކަމަށެވެ.

ނިޒާރު ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަން ހައްދުފަހަނައަޅާފައިވާއިރު އިޤްތިޞާދާ ބެހޭ ގޮތުން ވާހަކަ ދައްކަވާއިރު ކޮރަޕްޝަނާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ވިދާޅުނުވާ ކަމަށެވެ.

ނިޒާރު ވިދާޅުވީ ކަނޑައެޅިގެން ނުކުރައްވާ ކަންކަމުގެ ވާހަކަ ރިޔާސީ ބަޔާނުގައި ދައްކަވާފައި އެބަހުރި ކަމަށާއި ފްލެޓްތަކާއި، މިހެންހުރި ކަންކަމަށް ބަލާއިރު ރައީސް ޔާމީނަކަށް އާކަމެއް ކުރެއްވިފައި ނުވާ ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންނަށް އާކަމެއް، އާއުއްމީދުތަކެއް ނުވަތަ ރައްޔިތުންނަށް ވި ފަސޭހައެއް މިފުރަ މާލެއިން ވެސް ފެނިގެން ނުދާ ކަމަށް ނިޒާރު ވިދާޅުވިއެވެ.

ހަތަރު ބިލިއަން ރުފިޔާގެ ލޯނެއް ނެގުމަކީ ކާމިޔާބީއެއް ކަމަށް ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާއިރު އެއީ އިޤްތިސޯދީ ގޮތުން ލިބުނު ކާމިޔާބީއަކަށް ވާނެތޯ ސުވާލު ކުރައްވުމުން ނިޒާރު ވިދާޅުވީ ރައީސަކަށް ވަޑައިގަތުމަށް ފަހު ގައުމުގެ ތަންތަން ދައްކައިގެން އަދި ޤައުމު ވިއްކާލައިގެން ލޯނު ނެގިދާނެ ކަމަށާއި ބޭންކުތަކުން އޮންނާނީ އެފަދަ ލޯންތައް ދޭން ތައްޔާރަށް ކަމަށެވެ.

"މިރާއްޖޭގައި ހިނގަމުންދިޔަ ރިސޯޓްތައް މިއަދުވެސް ހިނގަމުން އެދަނީ. އާ ދެތިން ރިސޯޓެއް ހުޅުވިދާނެ. އެކަމަކު އެއީކީ ސަރުކާރުން ކުރި ކަންތައްތަކެއް ނޫން. އެއީ އަމިއްލަ ޕްރައިވެޓް އިންވެސްޓަރުން އެމީހުންގެ އަމިއްލަ ވިޔަފާރިން ހުޅުވާފައި ހުރި ރިސޯޓަތައް. އާ ކޮންކަމެއްތޯ ހިނގާ ދިޔައީ. ބޭރުން އައިސް ބަޔަކު އަލަށް ކޮންކަމެއްތޯ އިންވެސްޓް ކުރީ،" ނިޒާރު ވިދާޅުވިއެވެ.

ރައީސް ޔާމީން 2017 ވަނަ އަހަރަށް ހުށަހެޅުއްވި ރިޔާސީ ބަޔާނާ ގުޅޭ ގޮތުން ނިޒާރު ވިދާޅުވީ ރައީސް ޔާމީންގެ އެއްވެސް ސިޔާސަތެއް އެބަޔާނުން އެނގިގެން ނުދިޔަ ކަމަށެވެ.

ނިޒާރު ވިދާޅުވީ ދުނިޔޭގެ އެހެން ހުދުމުޚްތާރު ޤައުމުތަކުގެ ވެރިން ވެސް ކޮންމެއަހަރަކު ރިޔާސީ ބަޔާން ހުށަހަޅުވާ ބީދައިން ރައީސް ޔާމީންވެސް ރިޔާސީ ބަޔާން ހުށަހަޅުއްވާ ކަމަށާއި ވޭތުވެ ދިޔަ ތިން އަހަރުވެސް އެއްވެސް އުއްމީދީ ވާހަކައެއް ރައީސް ޔާމީން ވިދާޅުވެފައި ނުވާ ކަމަށެވެ. އެއަށްވުރެ ބޮޑަށް ރައްޔިތުން ތިބީ މާނިކަމެތި ހާލުގައި ކަމަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އެތައް ގުނައަކުން ދަށަށް ގޮސްފައިވާ ކަމަށް ނިޒާރު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު