Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗެއާޕާސަން އިންތިހާބު

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

ވޯޓުލުން ކުރިއަށް ދަނީ ހުކުރު ދުވަހު ހެނދުނު 10:00 އިން އިރުއޮއްސި 6:00 އަށް

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 5 ފެބުރުއަރީ 2017 | އާދީއްތަ 13:42
އެމްޑީޕީން މާލޭގައި ކުރިއަށް ގެންދިޔަ ސުލްހަވެރި ހިނގާލުމެއްގެ ތެރެއިން އެޕާޓީގެ މެމްބަރުން ދިދަ ހިފާއިގެން

އެމްޑީޕީން މާލޭގައި ކުރިއަށް ގެންދިޔަ ސުލްހަވެރި ހިނގާލުމެއްގެ ތެރެއިން އެޕާޓީގެ މެމްބަރުން ދިދަ ހިފާއިގެން

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން އަންނަ ހުކުރު ދުވަހު މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކުރިއަށްދާނެ ކަމަށް އެޕާޓީން ބުނެފިއެވެ.

ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ޗެއާޕާސަންގެ މަގާމް ހުސްވީ ކުރިން އެމަގާމުގައި ހުންނެވި އަލީ ވަހީދު އިސްތިއުފާ ދެއްވުމުމުނެވެ. އެ މަގާމަށް ކުރިމަތިލައްވާފައި ވަނީ އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރު އަދި ރައީސް ނަޝީދުގެ ގާނޫނީ ވަކީލް ހަސަން ލަތީފް އެކަންޏެވެ.

Advertisement - newsAdvertisement

އެމްޑީޕީގެ އިންތިހާބާބެހޭ ކޮމެޓީގެ މުގައްރަރު މުހައްމަދު އިބްރާހިމް މަނިކު ވިދާޅުވީ ޗެއާޕާސަންގެ އިންތިހާބުގެ ވޯޓުލުން ހުކުރު ދުވަހު ހެނދުނު 10:00 އިން އިރުއޮއްސި 6:00 އަށް ކުރިއަށް ދާނެ ކަމަށެވެ. އަތޮޅުތެރޭގެ ރަށްތަކުގައި ވޯޓްލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އެމްޑީޕީގެ ހަރުގެތަކުގައެވެ.

މަނިކު ވިދާޅުވީ މާލެގައި ވޯޓްލުން ކުރިއަށް ގެންދިއުމަށްޓަކައި ދަރުބާރުގެ ހޯދުމަށް ހައުސިން މިނިސްޓްރީ އެދިފައިވާ ކަމަށެވެ. އެހެން ނަމަވެސް ހައުސިން މިނިސްޓްރީން ޖަވާބު ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދަރުބާރުގެ އެމްޑީޕީއަށް ދޫނުކޮށްފި ނަމަ މާލޭގައި ވޯޓްލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެޕާޓީގެ ހަރުގޭގައާއި އެޕާޓީގެ އޮފީހުގައި ކަމަށް މަނިކު ވިދާޅުވިއެވެ. ޗެއާޕާޝަން އިންތިހާބުގައި ވޯޓްލުމުގެ ޙައްގު ލިބޭ މީހުންގެ ލިސްޓް އެމްޑީޕީގެ ވެބްސައިޓަށް މިހާރު އަޕްލޯޑް ކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަސަން ލަތީފު އެ މަގާމަށް ހޮވިވަޑައިގަންނަވާނީ އެންމެ މަދުވެގެން އެމްޑީޕީގެ މެމްބަރުންގެ ތެރެއިން 5،000 މެމްބަރުންގެ ތާއިދު ލިބުމުންނެވެ. މެމްބަރުންގެ ތާއިދު ހޯދުމަށް ކެމްޕޭއިން ދަތުރުތަށް ހަސަން ލަތީފް އަންނަނީ ދިވެހި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުނެވެ.

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
10 ޖެނުއަރީ 2017

ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި

10 ޖެނުއަރީ 2017
ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު