Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓޯކިއޯ އޮލިމްޕިކްސް

އޮލިމްޕިކްސްގައި ދިވެހި ދިދަ އުފުލާނީ މުބާލާއި ނަބާހާ

ހުޅުވުމުގެ ރަސްމިއްޔާތުގައި ދިދަ އުފުލާނީ އަންހެން އަދި ފިރިހެން އެތުލީޓެއް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 22 ޖުލައި 2021 | ބުރާސްފަތި 13:07
އޮލިމްޕިކްސްގައި ދިވެހި ދިދަ އުފުލުމުގެ ފުރުސަތު ލިބުނު މުބާލާއި ނަބާހާ

އޮލިމްޕިކްސްގައި ދިވެހި ދިދަ އުފުލުމުގެ ފުރުސަތު ލިބުނު މުބާލާއި ނަބާހާ

އަންނަ ހުކުރު ދުވަހު ރަސްމީކޮށް ފަށާ ޓޯކިއޯ އޮލިމްޕިކް ގޭމްސް 2020 ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލުގެ ފުރުސަތު ފެތުންތެރިޔާ މުބާލް އައްޒާމް އިބްރާހީމާއި ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާއަށް ދީފިއެވެ.

މި ފަހަރުގެ އޮލިމްޕިކްސްގައި މުޅިން އަލަށް ދިދަ އުފުލުގެ ފުރުސަތު އަންހެން އެތުލީޓަކާއި ފިރިހެން އެތުލީޓަކަށް ދޭން އިންޓަނޭޝަން އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ނިންމީ މިންތީގެ ހަމަހަމަކަމަށް ތާއީދުކުރުމުގެ ގޮތުންނެވެ. އެއާއެކު ބުރާސްފަތު ދުވަހު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ވަނީ މި ފަހަރުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލުގެ ފުރުސަތު މުބާލާއި ނަބާހާއަށް ދީފައެވެ. މި ދެ އެތުލީޓުންނަށް ދިދަ ހަވާލުކޮށްފައިވަނީ ބުރާސްފަތު ދުވަހު ޖަޕާނުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއޯސީގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު (ޗަމްޕީ) އެވެ.

މި ފަހަރުގެ އޮލިމްޕިކްސްގައި ވާދަކުރަން ރާއްޖޭގެ ކޮންޓިންޖެންޓް މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނު ޖަޕާނަށް ފުރިއިރު، މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖެއިން ހަތަރު އެތުލީޓަކު ވާދަކުރާނެއެވެ. އެއީ މުބާލާއި ނަބާހާގެ އިތުރުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި، ފެތުންތެރިޔާ އައިޝަތު ސާޖިނާއެވެ.

އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލުމުގެ ޝަރަފު މުބާލަށް ލިބުނުއިރު، މި ފަހަރުގެ އޮލިމްޕިކްސްއިން ފަހު ވަގުތު އޭނާއަށް ފުރުސަތު ލިބުނީ ދުނިޔޭގެ ފެތުމުގެ މައި ޖަމިއްޔާ، ފީނާ އިން ކަނޑައެޅި އުސޫލުތަކާ ގުޅިގެންނެވެ. ޓޯކިއޯ އޮލިމްޕިކްސްގައި މުބާލް ވާދަކުރާނީ 100 މީޓަރު ފްރީސްޓައިލް އިވެންޓުގައެވެ. މުބާލަކީ އޮލިމްޕިކް ސްކޮލަޝިޕްގެ ދަށުން ރާއްޖެއިން ބޭރުގައި މަތީ ތައުލީމާއެކު ތަމްރީނު ހެދުމުގެ ފުރުސަތު އައިއޯސީން ދިނުމުން، އޮސްޓްރޭލިއާގަ ތަމްރީނު ހަދަމުން އަންނަ ފެތުންތެރިއެކެވެ. އަދި މުބާލާކީ މިދިޔަ އަހަރުތަކުގައި ސްވިމިންގެ ބައިނަލްއަގުވާމީ އިވެންޓްތަކުގައި ބައިވެރިވެފައިވާ ފެތުންތެރިއެކެވެ. އެ ގޮތުން 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ގައުމީ ފެތުމުގެ ސްކޮޑުގައިވެސް އޭނާ ހިމެނުނެވެ.

މީގެ އިތުރުން ދިދަ އުފުލުމުގެ ޝަރަފު ދެން ލިބުނު ނަބާހާއަކީ ބެޑްމިންޓަނުން އޮލިމްޕިކްސްގައި ވާދަކުރާނެ ރާއްޖޭގެ ފުރަތަމަ އަންހެން ކުޅުންތެރިޔާއެވެ. އޮލިމްޕިކްސްއިން ނަބާހާ ފުރުސަތު ހޯދިއިރު، އޭނާ ވަނީ ފަހަކަށް އައިސް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން ބައިނަލްއަގުވާމީ މައިދާނުގައި ނަބާހާގެ އެންމެ ބޮޑު ކާމިޔާބީއަކީ 2019 ވަަނަ އަހަރު ޕާކިސްތާނުގައި ބޭއްވި ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސްގެ މިކްސް ޑަބަލްސް އިވެންޓުން ހޯދި ދެ ރަން މެޑެއްޔެވެ. އެގޮތުން އެ މުބާރާތުގެ އަންހެން ޑަބަލްސް ބައިން ނަބާހާ އާއި އޭނާގެ ކޮއްކޮ އައިމިނަތު ނަބީހާ ރަން މެޑަލް ހޯދިއިރު، އެ މުބާރާތުގެ މިކްސް ޑަބަލްސް އިން ނަބާހާ އާއި ޒަޔާން ޒަކީގެ ޕެއާވެސް ވަނީ ރަން މެޑަލް ހޯދާފައެވެ. އަދި 2019 ވަނަ އަހަރު އަހަރު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަންހެން ޑަބަލްސް ބައިން ނަބާހާ އާއި ނަބީހާ ވަނީ ރިހި މެޑަލް ހޯދާފައެވެ.

އަންނަ ހުކުރު ދުވަހު އޮލިމްޕިކްސް ރަސްމީކޮށް ފަށާއިރު، އޮލިމްޕިކްސްގައި ރާއްޖޭން ވާދަކުރާ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަރަށް ހަމަޖައްސާފައިވަނީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މުންތަގިމް (މުންތޭ) އެވެ. ހުކުރު ދުވަހުން ފެށިގެން އޮގަސްޓް މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް އޮލިމްޕިކްސް ބާއްވާއިރު، މިއީ މިދިޔަ އަހަރުގެ ގޭމްސްއެވެ. މި އަހަރަށް ގޭމްސް ފަސްކުރަން އައިއޯސީން ނިންމީ ކޮވިޑް-19 އާ ގުޅިގެންނެވެ.

ޓޯކިއޯ އޮލިމްޕިކްސްފާތިމަތު ނަބާހާމުބާލް އައްޒާމް އިބްރާހީމްމޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2024

މިކްސް ޑަބަލްސްގައި ޒަޔާން އަދި ނަބާ އަށް ރިހި މެޑަލް

25 ނޮވެމްބަރު 2024
މިކްސް ޑަބަލްސްގައި ޒަޔާން އަދި ނަބާ އަށް ރިހި މެޑަލް
25 ނޮވެމްބަރު 2024

ބޮޓްސްވާނާ މުބާރާތުގެ އަންހެން ސިންގަލްސް ރަން މެޑަލް ނަބާ އަށް

25 ނޮވެމްބަރު 2024
ބޮޓްސްވާނާ މުބާރާތުގެ އަންހެން ސިންގަލްސް ރަން މެޑަލް ނަބާ އަށް
18 ނޮވެމްބަރު 2024

ޒެމްބިއާ ބެޑްމިންޓަން މުބާރާތުން ނަބީ އާއި ނަބާ އަށް ރަން މެޑަލް

18 ނޮވެމްބަރު 2024
ޒެމްބިއާ ބެޑްމިންޓަން މުބާރާތުން ނަބީ އާއި ނަބާ އަށް ރަން މެޑަލް
23 ސެޕްޓެމްބަރު 2024

މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި

23 ސެޕްޓެމްބަރު 2024
މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި
21 ޖުލައި 2024

އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ ހިފަހައްޓާނީ ދީމާއާއި އިބާދުالله

21 ޖުލައި 2024
  އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ ހިފަހައްޓާނީ ދީމާއާއި އިބާދުالله
18 ޑިސެމްބަރު 2022

މުބާލް އިތުރު ޤައުމީ ރެކޯޑެއް އައުކޮށްފި

18 ޑިސެމްބަރު 2022
މުބާލް އިތުރު ޤައުމީ ރެކޯޑެއް އައުކޮށްފި
14 ޑިސެމްބަރު 2022

މުބާލް ޤައުމީ ރެކޯޑު އައުކޮށްފި

14 ޑިސެމްބަރު 2022
މުބާލް ޤައުމީ ރެކޯޑު އައުކޮށްފި
02 އޮކްޓޯބަރު 2022

ހިމްނާ އާއި އިބާދުﷲ ޖެމެއިކާއަށް ފުރައިފި

02 އޮކްޓޯބަރު 2022
ހިމްނާ އާއި އިބާދުﷲ ޖެމެއިކާއަށް ފުރައިފި
13 އޯގަސްޓު 2022

މިއީ ކުޅިވަރުގެ ސިޔާސަތު ބަދަލުކުރުމުގެ ނަތީޖާ: މިނިސްޓަރު މަޙްލޫފް

13 އޯގަސްޓު 2022
މިއީ ކުޅިވަރުގެ ސިޔާސަތު ބަދަލުކުރުމުގެ ނަތީޖާ: މިނިސްޓަރު މަޙްލޫފް
29 ޖުލައި 2022

ކޮމަންވެލްތު ގޭމްސް ފަށައިފި، ދިވެހި ޓީމުތައް އޮތީ ފުރިހަމައަށް ތައްޔާރަށް

29 ޖުލައި 2022
ކޮމަންވެލްތު ގޭމްސް ފަށައިފި، ދިވެހި ޓީމުތައް އޮތީ ފުރިހަމައަށް ތައްޔާރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު