Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އެމްއޯސީގެ ރައީސް ކަމަށް ކުރިމަތިލެއްވީ ސައްތާރު

އިއުލާންގެ މުއްދަތު ހަމަވެފައިވާއިރު، 2025 ވަނަ އަހަރުން، 2029 ވަނަ އަހަރަށް އިންތިޚާބު ކުރާ ހިންގާ ކޮމެޓީގެ ރައީސް ކަމުގެ މަޤާމަށް ކުރިމަތިލެއްވީ ސައްތާރު އެކަންޏެވެ. އެހެންވެ، ސައްތާރަށް ރައީސް ކަމުގެ އިތުރު ދައުރެއް ކަށަވަރުވާނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 މެއި 2025 | ހޮނިހިރު 04:16
މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ)ގެ ރައީސް މުޙައްމަދު ޢަބްދުއް ސައްތާރު (ޗަމްޕީ)

މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ)ގެ ރައީސް މުޙައްމަދު ޢަބްދުއް ސައްތާރު (ޗަމްޕީ)

މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ)ގެ ރައީސް ކަމުގެ މަޤާމަށް، މިހާރު ވެސް އެ މަޤާމުގައި ހުންނެވި މުޙައްމަދު ޢަބްދުއް ސައްތާރު (ޗަމްޕީ) ކުރިމަތި ލައްވައިފި އެވެ.

އެމްއޯސީ އިން ވަނީ ވަނީ އައު ދައުރުގެ ހިންގާ ކޮމެޓީ ހޮވުމަށް ބާއްވާ އިންތިޚާބުގައި ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަންތައް އިއުލާން ކޮށްފަ އެވެ.

އެ އިއުލާންގެ މުއްދަތު ހަމަވެފައިވާއިރު، 2025 ވަނަ އަހަރުން، 2029 ވަނަ އަހަރަށް އިންތިޚާބު ކުރާ ހިންގާ ކޮމެޓީގެ ރައީސް ކަމުގެ މަޤާމަށް ކުރިމަތިލެއްވީ ސައްތާރު އެކަންޏެވެ. އެހެންވެ، ސައްތާރަށް ރައީސް ކަމުގެ އިތުރު ދައުރެއް ކަށަވަރުވާނެ އެވެ.

ސައްތާރަކީ ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އެވެ. މިވަގުތު ސައްތާރު އަންނަނީ ސްވިމިން އެސޯސިއޭޝަންގެ ރައީސް ކަމުގެ ހަތަރު ވަނަ ދައުރު ފުރިހަމަ ކުރަމުންނެވެ. އެންމެ ފަހުން އޮތް އިންތިޚާބުގައި ރައީސް ކަމަށް ކުރިމަތިލެއްވީ ވެސް ސައްތާރު އެކަންޏެވެ.

މީގެ އިތުރުން އެމްއޯސީގެ ނައިބު ރައީސް ކަމުގެ މަޤާމަށް ވަނީ ތިން ފަރާތަކުން ކުރިމަތި ލައްވައިފަ އެވެ. އެގޮތުން ދެ ނައިބު ރައީސުން ހޮވާއިރު، އެ މަޤާމަށް ކުރިމަތިލައްވާފައި ވަނީ މިހާރު ވެސް އެމްއޯސީގެ ނައިބު ރައީސް ކަމުގައި ހުންނެވި އަޙުމަދު އިސްމާއީލްގެ އިތުރުން، އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން މުސްތަފާ މުޙައްމަދު އަދި ޗެސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އަޙުމަދު މުންތަޤިމް އެވެ. މުންތަޤިމް އަކީ މިވަގުތު ވެސް އެމްއޯސީގެ ނައިބު ރައީސް އެކެވެ،

މީގެ އިތުރުން ދެން އެމްއޯސީގެ ހިންގާ ކޮމެޓީ އަށް އިންތިޚާބު ކުރާނީ އޮލިމްޕިކް ސްޕޯޓްސް އިން ހަ މެމްބަރުން، ނޮން އޮލިމްޕިކް ސްޕޯޓްސް އިން ދެ މެމްބަރުން، އަންހެން ދެ މެމްބަރުން އަދި އެތުލީޓްސް ކޮމިޝަން ތަމްސީލު ކުރުމަށް މެމްބަރެކެވެ.

އެންމެ ފަހުން އެމްއޯސީގެ ހިންގާ ކޮމެޓީގެ އިންތިޚާބު ބާއްވާފައި ވަނީ 2021 ވަނަ އަހަރު އެވެ. އެ ފަހަރު އިންތިޚާބު ކުރި ހިންގާ ކޮމެޓީގެ ދައުރު މި އަހަރު ހަމަވާނެ އެވެ.

އައު ދައުރަށް ހިންގާ ކޮމެޓީ އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބު އޮންނާނީ، ޖޫން މަހުގެ ދެ ވަނަ ދުވަހު އެވެ. އެމްއޯސީ އިން ހާމަކޮށްފައިވާ ގޮތުގައި އިންތިޚާބުގައި ވާދަކުރުމަށް 10 ފަރާތަކުން ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން އެއް ފަރާތުން ވަނީ ހުށަހެޅުން އަނބުރާ ގެެންގޮސްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއޯސީގެ އާދައުރަކަށް ކުރިމަތިލާނެކަން އިއުލާންކޮށް ޝަވީދުގެ މެސެޖް އެސޯސިއޭޝަންތަކަށް

އެމްއޯސީގެ އާދައުރަކަށް ކުރިމަތިލާނެކަން އިއުލާންކޮށް ޝަވީދުގެ މެސެޖް އެސޯސިއޭޝަންތަކަށް

08 އެޕްރީލު 2017
ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި

ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި

03 އެޕްރީލު 2017
ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން

ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން

16 މާރިޗު 2017
އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017
ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު