Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އެމްއޯސީގެ ރައީސަަކަށް ސައްތާރު އިންތިޚާބު ކޮށްފި

ހޯމަ ދުވަހު ކުރިއަށް ދިޔަ އެމްއޯސީގެ އިންތިޚާބުގައި ރައީސް ކަމުގެ މަޤާމަށް ކުރިމަތިލެއްވީ ވެސް ސައްތާރު އެކަންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 ޖޫން 2025 | އަންގާރަ 04:24
މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ)ގެ ރައީސަަކަށް އިންތިޚާބު ކުރި ސައްތާރު

މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ)ގެ ރައީސަަކަށް އިންތިޚާބު ކުރި ސައްތާރު

މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ)ގެ ރައީސް ކަމުގެ މަޤާމަށް، މިހާރު ވެސް އެ މަގާމުގައި ހުންނެވި މުޙައްމަދު ޢަބްދުއް ސައްތާރު (ޗަމްޕީ) އިންތިޚާބު ކޮށްފި އެވެ.

ހޯމަ ދުވަހު ކުރިއަށް ދިޔަ އެމްއޯސީގެ އިންތިޚާބުގައި ރައީސް ކަމުގެ މަޤާމަށް ކުރިމަތިލެއްވީ ވެސް ސައްތާރު އެކަންޏެވެ. އެހެންވެ، ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ސައްތާރަށް އޮތީ ދެ ވަނަ ދައުރެއް ކަށަވަރުވެފަ އެވެ.

ސްވިމިންގ އެސޯސިއޭޝަންގެ ރައީސްކަމުގައި މިހާރު ހަތަރު ވަނަ ދައުރެއް ފުރުއްވަމުން ގެންދަވާ ސައްތާރު، އެމްއޯސީގެ ރައީސް ކަމަށް އެންމެ ފުރަތަމަ އިންތިޚާބުވެފައި ވަނީ 2021 ވަނަ އަހަރު އެވެ. އެ ފަހަރުގެ އިންތިޚާބުގައި ސައްތާރުއާ ވާދަކުރާނެ ކެންޑިޑޭޓަކު ހުރި ނަމަވެސް، މިފަހަރުގެ އިންތިޚާބުގައި ސައްތާރުއާ ވާދަކުރާނެ އެހެން ކެންޑިޑޭޓަކު ނެތެވެ.

ހޯމަ ދުވަހު އިންތިޚާބު ކުރި އެމްއޯސީގެ އައު ހިންގާ ކޮމެޓީގެ ދައުުރަކީ 2025 ވަނަ އަހަރުން ފެށިގެން 2029 ވަނަ އަހަރަށެވެ.

އައު ދައުރުގެ ނައިބު ރައީސުންނަށް އިންތިޚާބު ކޮށްފައި ވަނީ، މިހާރު ވެސް އެމްއޯސީގެ ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި ހޭންޑްބޯޅަ އެސޯސިއޭޝަން އިން ހުށަހަޅާފައިވާ އަޙުމަދު އިސްމާއީލްގެ އިތުރުން، ޗެސް އެސޯސިއޭޝަން އިން ހުށަހަޅާފައިވާ އަޙުމަދު މުންތަގިމް އެވެ.

އިންތިޚާބުގައި ދެން ނައިބު ރައީސް ކަމަށް ވާދަކުރެއްވީ މުސްޠަފާ މުޙައްމަދު އެވެ. ނައިބު ރައީސް ކަމުގެ މަޤާމަށް އޭނާގެ ނަން ހުށަހަޅާފައި ވަނީ އެތުލެޓިކްސް އެސޯސިއޭޝަން އިންނެވެ. މުސްޠަފާ އަކީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އެވެ.

އެމްއޯސީގެ ހިންގާ ކޮމެޓީގައި ތިބެނީ ޖުމުލަ 14 މެމްބަރުންނެވެ. އެއީ ރައީސާގައި، ދެ ނައިބު ރައީސުންގެ އިތުރުން، އޮލިމްޕިކް ސްޕޯޓްސް އިން ހަ މެމްބަރުން، ނޮން އޮލިމްޕިކް ސްޕޯޓްސް އިން ދެ މެމްބަރުން، އަންހެން ދެ މެމްބަރުން އަދި އެތުލީޓްސް ކޮމިޝަން ތަމްސީލު ކުރުމަށް މެމްބަރެކެވެ.

ކުރިއަށް އޮތް ދައުރަށް އޮލިމްޕިކް ސްޕޯޓްސްގެ ހަ ގޮނޑި އަށް އިންތިޚާބުވެފައި ވަނީ، ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)، ޓޭބަލް ޓެނިސް އެސޯސިއޭޝަން، މޯލްޑިވްސް ބާސްކެޓު ބޯޅަ އެސޯސިއޭޝަން، ކްރިކެޓް ބޯޑު އޮފް މޯލްޑިވްސް، ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އަދި މޯލްޑިވްސް ސާފިންގ އެސޯސިއޭޝަން އެވެ.

މީގެ އިތުރުން ނޮން އޮލިމްޕިކް ސްޕޯޓްސްގެ ގޮނޑިތައް ކާމިޔާބު ކުރީ މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ އިތުރުން ބޮޑީ ބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އެވެ. އަދި އަންހެން ދެ މެމްބަރުންގެ ގޮނޑި ކާމިޔާބު ކުރީ ނެޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ޝޫޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި

ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު