Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސިޓީން ޖީސޫސް ވިއްކާލުން

ސިޓީން ޖީސޫސް ވިއްކާނީ 43 މިލިޔަން ޕައުންޑަށް

20 ޖުލައި 2021 | އަންގާރަ 14:47

ޖީސޫސް ސިޓީގެ އެއްބަސްވުމުގައި ހުރީ 2023 ގެ ޖޫން މަހުގެ ނިޔަލަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 20 ޖުލައި 2021 | އަންގާރަ 14:47
މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ބްރެޒިލުގެ ފޯވާޑް ގަބްރިއެލް ޖީސޫސް

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ބްރެޒިލުގެ ފޯވާޑް ގަބްރިއެލް ޖީސޫސް

މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި މެންޗެސްޓާ ސިޓީން އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލުގެ ފޯވާޑް ގަބްރިއެލް ޖީސޫސް ވިއްކާނީ 43 މިލިޔަން ޕައުންޑަށް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 24 އަހަރުގެ ޖީސޫސް މި ވަގުތު ސިޓީގެ އެއްބަސްވުމުގައި ހުރީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން އިޓަލީގެ ޔުވެންޓަސްއިން އަންނަނީ މި ފަހަރުގެ ޓްރާންސްފާގައި ޖީސޫސް ގަތުމަށް މަސައްކަތް ކުރަމުންނެވެ. އަދި ސިޓީއަށް އައު ކުޅުންތެރިންތަކެއް ގެންނަން އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބޭނުންވާތީ، ރަނގަޅު ފީއަކަށް ޖީސޫސް ވިއްކާލަން ސިޓީން ދެކޮޅު ނުހަދާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެއާއެކު މި ފަހަރުގެ ޓްރާންސްފާގައި ޖީސޫސް ވިއްކަން ސިޓީން ކަނޑައަޅާފައިވާ އަގަކީ 43 މިލިޔަން ޕައުންޑް ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެހެންވެއްޖެނަމަ މިއީ ކުޅުންތެރިއަކު ވިއްކަން ސިޓީން މިހާތަނަށް ކަނޑައެޅި އެންމެ ބޮޑު އަގެވެ. އެގޮތުން އެންމެ ފަހުން ސިޓީން އެންމެ ބޮޑު އަގެއްގައި ވިއްކި ކުޅުންތެރިއަކީ 40.5 މިލިޔަން ޕައުންޑަށް ބަޔާން މިއުނިކަށް ވިއްކާލި ޖަރުމަނުގެ ފޯވާޑް ލެރޯއި ސާނޭއެވެ.

މި ފަހަރުގެ ޓްރާންސްފާގައި ސިޓީން ޖީސޫސް ވިއްކާލާނެ ކަމަޑް ރިޕޯޓުތައް ބުނިއިރު، މި ޓްރާންސްފާގައި ހިލޭ ޓްރާންސްފާއެއްގެ ދަށުން އެ ޓީމަށް ކުޅެމުން އައި އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް ސާޖިއޯ އަގުއޭރޯ ވަނީ ބާސެލޯނާއަށް ބަދަލުވެފައެވެ.

ސިޓީގައި ޖީސޫސްގެ ކުރިމަގާ މެދު ސުވާލު އުފެދިފައިވާއިރު، މީގެ ކުރިން އިޓަލީގެ ޕަލްމެއިރަސްއަށް ކުޅުނު ޖީސޫސް ސިޓީއާ ގުޅުނީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހު 27 މިލިޔަން ޕައުންޑަށެވެ. އޭގެ ފަހުން ޖީސޫސް ވަނީ ސިޓީއަށް ކުޅެދިން 195 މެޗުގައި 82 ލަނޑު ޖަހާފައެވެ. އަދި ވަނީ ސިޓީއާއެކު މިހާތަނަށް އިނގިރޭސި ޕްރިމިއާ ލީގު ތިން ފަހަރު ކާމިޔާބުކޮށްފައެވެ.

ގަބްރިއެލް ޖީސޫސްމެންޗެސްޓަރ ސިޓީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
03 ނޮވެމްބަރު 2025

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް
19 އޮކްޓޯބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ

19 އޮކްޓޯބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ
06 އޮކްޓޯބަރު 2025

ހާލަންޑުގެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ

06 އޮކްޓޯބަރު 2025
ހާލަންޑުގެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ
28 ސެޕްޓެމްބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ބާންލީ ބަލިކޮށްފި

28 ސެޕްޓެމްބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ބާންލީ ބަލިކޮށްފި
25 ސެޕްޓެމްބަރު 2025

ހަޑްސްފީލްޑް ޓައުން ބަލިކޮށް ސިޓީ ވެސް ގަދަ 16 އަށް

25 ސެޕްޓެމްބަރު 2025
ހަޑްސްފީލްޑް ޓައުން ބަލިކޮށް ސިޓީ ވެސް ގަދަ 16 އަށް
22 ސެޕްޓެމްބަރު 2025

ފަހު ވަގުތު އާސެނަލް އިން ސިޓީއާ އެއްވަރު ކޮށްފި

22 ސެޕްޓެމްބަރު 2025
ފަހު ވަގުތު އާސެނަލް އިން ސިޓީއާ އެއްވަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް