Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބަލޮންޑޯ އެވޯޑް މެސީއަށް

ބަލޮންޑޯ އެވޯޑް ހައްގީ މެސީއަށް: ކޫމަން

ސްޕެނިޝް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީވެސް މެސީ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 19 ޖުލައި 2021 | ހޯމަ 11:24
އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ

އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ

މި ފަހަރުގެ ބަލޮންޑޯ އެވޯޑް އާޖެންޓީނާގެ ތަރި ލިއޮނެލް މެސީއަށް ހައްގު ކަމަށް ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފިއެވެ.

އުމުރުން 34 އަހަރުގެ މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް ހަ ފަހަރު ހޯދާފައެވެ. މެސީއަކީ މިހާތަނަށް މި އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ.

މި ފަހަރުގެ ބަލޮންޑޯ އެވޯޑް މެސީއަށް ހައްގު ކަމަށް ގިނަ ބަޔަކު ދެކޭ އެއް ސަބަބަކީ އާޖެންޓީނާއާއެކު މެސީ ކޮޕާ އެމެރިކާ ކާމިޔާބުކުރުމުންނެވެ. މި ފަހަރުގެ ކޮޕާ އެމެރިކާގައި މެސީ ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، މެސީ ވަނީ މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. އެކަމަކު މިދިޔަ ސީޒަނުގައި މެސީއަށް ބާސާއާއެކު ކާމިޔާބުކުރެވުނު ހަމައެކަނި މުބާރާތަކީ ސްޕެނިޝް ކަޕެވެ. ނަމަވެސް މެސީ ވަނީ މިދިޔަ ސީޒަނުގެ ސްޕެނިޝް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

މެސީއާ ބެހޭ ގޮތުން ބާސާގެ ކޯޗު ކޫމަން ވާހަކަދެއްކިއިރު، މި ވަގުތު މެސީއަކީ އެއްވެސް ކުލަބެއްގެ ކުޅުންތެރިއެއް ނޫނެވެ. ބާސާއާއެކު މެސީ ހަދާފައިވާ އެއްބަސްވުން ހަމަވި ނަމަވެސް، އައު އެއްބަސްވުމުގައި ސޮއިކުރަން މެސީ މިހާރު ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން މުސާރަ ކުޑަ ކުރަން އެއްބަސްވެ، 2026 ވަނަ އަހަރުގެ ނިޔަލަށް ބާސާގައި މެސީ މަޑުކުރާނެ ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ބާސާގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ކޫމަން ބުނީ މެސީއަކީ ބާސާގެ ކެޕްޓަން ކަމަށާއި، އެ ޓީމަށް މެސީ ވަރަށް މުހިންމު ކަމަށެވެ. އަދި މި ފަހުން ދެއްކި މޮޅު ކުޅުމާއެކު މެސީ އޭނާގެ ފެންވަރު އަނެއްކާވެސް ސާބިތުކޮށްދީފައިވާ ކަމަށާއި، އެހެންކަމުން މި އަހަރުގެ ބަލޮންޑޯ އެވޯޑް އެންމެ ބޮޑަށް ހައްގުވާ ކުޅުންތެރިއަކީ މެސީ ކަމަށްވެސް ވަނީ ބުނެފައެވެ.

މެސީއާ ބެހޭ ގޮތުން ކޫމަން ވާހަކަދެއްކިއިރު، މެސީގެ އެއްބަސްވުމާ ގުޅޭ ގޮތުން މެސީގެ ބައްޕަ ވަނީ ބާސާގެ ބޯޑާއި ދާދި ފަހުން ބައްދަލުކޮށްފައެވެ. އަދި ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބާސާގެ ރައީސް ޖޮއާން ލަޕޯޓާ ވަނީ މެސީގެ އެއްބަސްވުމުގެ މަސައްކަތް ލަސްވި ސަބަބަކީ ފައިނޭންޝިއަލް ފެއާ ޕްލޭ (އެފްއެފްޕީ) ގެ މައްސަލަތަކެއް ހުރުމުން ކަމަށާއި، އެހެން ނަމަވެސް އަވަސް މުސްތަގުބަލެއްގައި އެއްބަސްވުމުގެ މަސައްކަތް ނިމޭނެ ކަމަށް ވިދާޅުވެފައެވެ.

ބާސާގެ އެއްބަސްވުން މެސީ އާކުރާއިރު، ދާދި ފަހުން ޕީއެސްޖީން ވަނީ ބޮޑު މުސާރަ ލިބޭ އެއްބަސްވުމެއް މެސީއަށް ހުށަހަޅާފައެވެ. އަދި އޭނާ ހޯދަން މެންޗެސްޓާ ސިޓީންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީއަކީ ބާސާގެ ތާރީޚުގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ އަދި އެއް ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އަދި މެސީއަކީ ބާސާގެ ތާރީޚުގައި އެ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާވެސްމެއެވެ. އެގޮތުން މިހާތަނަށް ކުޅުނު 778 މެޗުގައި 672 ލަނޑު މެސީ ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައެވެ.

ލިއޮނެލް މެސީރޮނާލްޑް ކޫމަންބާސެލޯނާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

27 ފެބުރުއަރީ
ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!
20251 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"
20242 އަހަރު ކުރިން
ރާއްޖެ

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން
20224 އަހަރު ކުރިން
ދުނިޔެ

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި
20215 އަހަރު ކުރިން
ރާއްޖެ

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް
20197 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް
20188 އަހަރު ކުރިން
ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު