Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހައްޖު 1442

ގެފުޅުގެ އުރަކޮޅު ބަދަލުކޮށްފި

ގެފުޅުގެ އުރަކޮޅު އެކުލެވިގެންވަނީ ގެފުޅުގެ ހަތަރު ފަރާތުގައި ހަރުކުރާ ހަތަރު ގަނޑު ފޮއްޗާއި، ގެފުޅުގެ ދޮރުކޮޅުގައި ހަރުުކުރާ ފަރުދާގެ މައްޗަށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 19 ޖުލައި 2021 | ހޯމަ 04:39
ގެފުޅުގެ އުރަކޮޅު ބަދަލު ކުރުން

ގެފުޅުގެ އުރަކޮޅު ބަދަލު ކުރުން

މި އަހަރުގެ ހައްޖުދުވަހާ ދިމާކޮށް ގެފުޅުގެ އުރަކޮޅު ބަދަލުކޮށްފިއެވެ.

ކޮންމެ އަހަރެއްގެ ވެސް ހައްޖު ދުވަހާ ދިމާކޮށް ގެފުޅުގެ އުރަކޮޅު ބަދަލުކުރެއެވެ. 1442 ވަނަ އަހަރުގެ އުރަކޮޅު ބަދަލުކުރުމަށް މީގެ ދެހަފްތާ ކުރިން ފެށިގެން މިކަމަށް ޚާއްސަ ޓީމަކުން ގެންދެވީ ތައްޔާރުވަމުންނެވެ. ގެފުޅުގެ އުރަކޮޅު އެކުލެވިގެންވަނީ ގެފުޅުގެ ހަތަރު ފަރާތުގައި ހަރުކުރާ ހަތަރު ގަނޑު ފޮއްޗާއި، ގެފުޅުގެ ދޮރުކޮޅުގައި ހަރުުކުރާ ފަރުދާގެ މައްޗަށެވެ.

ގެފުޅުގެ އުރަކޮޅު ބަދަލު ކުރާއިރު ކޮންމެ ފަރާތަކުން ވެސް ވަކި ފޮތިގަނޑެއް ގެފުޅުގެ މައްޗަށް އަރުވައި މަތީ ކައިރީގައި ހަރުކުރުމަށްފަހު، އުރަކޮޅު މަތިން ވައްޓާލައެވެ. ހަތަރުފަރާތުން އުރަކޮޅު ވައްޓާލުމަށްފަހު ހަތަރު ފަރާތުގެ ފޮތިގަނޑު އެއް ފޮތިގަނޑު އަނެއް ފޮތިގަނޑާ ގުޅާލަނީ ފަހައިގެންނެވެ.

ގެފުޅުގެ އުރަކޮޅު ތައްޔާރު ކުރުމަށް 670 ކިލޯގެ މޮޅު ފަށުވި އާއި 120 ކިލޯގެ ރަން ބަރަންޏާއި، 100 ކިލޯގެ ރިހި ބަރަނި ބޭނުން ކުރެއެވެ.

އުރަކޮޅު ބަދަލުކުރުމަށްފަހު ހައްޖުގެ އަޅުކަން ނިމެންދެން އުރަކޮޅު ވަކިހިސާބަކަށް ބަހައްޓައެވެ. މީގެ ބޭނުމަކީ ހައްޖުވެރިން ތަވާފުގެ އަޅުކަން އަދާކުރާއިރު، އުރަކޮޅަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމެވެ.

މައްކާގެ ހަރަމްފުޅުޙައްޖުޙައްޖު 1442

އިތުރަށް ކިޔާލަން

21 ޖުލައި 2021

މައްކާގައި ހައްޖުވެރިންގެ ސެކިއުރިޓީ ބަލަހައްޓާ ޓީމުގައި ފުރަތަމަ ފަހަރަށް އަންހެނަކު ހިމެނިއްޖެ

21 ޖުލައި 2021
މައްކާގައި ހައްޖުވެރިންގެ ސެކިއުރިޓީ ބަލަހައްޓާ ޓީމުގައި ފުރަތަމަ ފަހަރަށް އަންހެނަކު ހިމެނިއްޖެ
19 ޖުލައި 2021

ޢަދުއްވުންނާމެދުގައިވެސް އިޙްސާންތެރިވާންޖެހޭ: ޙައްޖު ޚުތުބާ

19 ޖުލައި 2021
ޢަދުއްވުންނާމެދުގައިވެސް އިޙްސާންތެރިވާންޖެހޭ: ޙައްޖު ޚުތުބާ
19 ޖުލައި 2021

ހައްޖުވެރިން އަރަފާތު ބިމަށް ޖަމާވާން ފަށައިފި

19 ޖުލައި 2021
ހައްޖުވެރިން އަރަފާތު ބިމަށް ޖަމާވާން ފަށައިފި
19 ޖުލައި 2021

މި އަހަރު ހައްޖަށް ދިޔަ އެއްވެސް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެއް ނުވޭ - ސައުދީގެ ހެލްތު މިނިސްޓްރީ

19 ޖުލައި 2021
މި އަހަރު ހައްޖަށް ދިޔަ އެއްވެސް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެއް ނުވޭ - ސައުދީގެ ހެލްތު މިނިސްޓްރީ
18 ޖުލައި 2021

ތާރީޚުގެ ތެރެއިން ދިވެހިންގެ ހައްޖު ދަތުރު

18 ޖުލައި 2021
ތާރީޚުގެ ތެރެއިން ދިވެހިންގެ ހައްޖު ދަތުރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު