Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހައްޖުގެ އަޅުކަން އަދާކުރުމަށް ދާ މީހުން

ހައްޖުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސައުދީގެ ރެޑް ކްރެސެންޓުން މަސައްކަތް ކުރަނީ

ސިއްހީ ޚިދުމަތް ދިނުމަށް ބޭނުންވާ 2000ށް ވުރެ ގިނަ އާލާތްތައް ހުންނާނެ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 18 ޖުލައި 2021 | އާދީއްތަ 08:29
ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނެ އަދަދަކީ، 60،000 މީހުން ކަމަށް ވަނީ ކަނޑައަޅާފައި

ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނެ އަދަދަކީ، 60،000 މީހުން ކަމަށް ވަނީ ކަނޑައަޅާފައި

މި އަހަރު ހައްޖުވުމަށްދާ ހައްޖުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސައުދީ އަރަބިއްޔާގެ ރެޑް ކްރެސެންޓް އޮތޯރިޓީގެ ފަރާތުން ޚާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށްދާ ހައްޖުވެރިންގެ ސިއްހީ ކަންކަން ބަލައި ފަރުވާއެއް ދޭންޖެހިއްޖެ ހާލަތެއްގައި ދޭންޖެހޭ ފަރުވާތައް ދިނުމަށް ރެޑް ކްރެސެންޓުން ވަނީ އެކަމަށް ބޭނުންވާނެ ވަސީލަތްތައް ފޯރުކޮށްދޭނެ ކަމަށާއި އެކަމުގައި ދަރުމަވެރިން ވެސް ހަރަކާތްތެރި ވާޏެ ކަމަށް ބުނެފައެވެ. 300ށް ވުރެ ގިނަ ދަރުމަވެރިން ހޯދާފައިވާ ކަމަށް އެ އޮތޯރިޓީން ހާމަކުރެއެވެ. އޭގެ ތެރޭގައި ފިރިހެނުންގެ އިތުރުން އަންހެނުން ވެސް ހަރަކާތްތެރިވާނެ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ސިއްހީ ޚިދުމަތް ދިނުމަށް ބޭނުންވާ 2000ށް ވުރެ ގިނަ އާލާތްތަށް ހުންނާނެ ކަމަށާއި ޚިދުމަތްތައް އަރަފާތު ބިމުންނާއި މުޒްދަލިފާއިން ލިބޭނެ ކަމަށް ބުނެއެވެ. ކޮވިޑް-19ން ރައްކާތެރިވުމަށް އަޅާފައިވާ ވަރުގަދަ ފިޔަވަޅުތަކާއެކު މި އަހަރު ވެސް ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ހަމައެކަނި ސައުދީއަރަބިއާގައި ދިރިއުޅޭ މީހުންނަށް އެކަނިކަމަށް އެ ގައުމުން ކަނޑައަޅާފައިވާއިރު ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނެ އަދަދަކީ، 60،000 މީހުން ކަމަށް ވަނީ ކަނޑައަޅާފައެވެ.

މި އަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ވެކްސިން ޖަހާފައިވާ މީހުންނަށް ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ. އަދި ބޮޑެތި ބަލިތައް ތަޙައްމަލު ކުރަމުންދާ މީހުންނަށް މި އަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތެއް ނެތެވެ.

ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން މިދިޔަ އަހަރު ވެސް ހައްޖުގެ އަޅުކަން އަދާކުރުމަށް މީހުން ހޮވާފައިވަނީ ސައުދީ ސަރުކާރުން އެކުލަވާލި ޚާއްސަ މިންގަނޑުތަކެއްގެ ތެރެއިންނެވެ. މަދު މީސްކޮޅަކާއެކު މިދިޔަ އަހަރު ހައްޖުގެ އަޅުކަން ކުރިއަށް ގެންގޮސްފައިވާއިރު، ރައްކާތެރިކަމުގެ ގޮތުން ސައުދީން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް ކުރީބައިގައި އަޅާފައެވެ.

މިސާލެއްގެ ގޮތުން ހައްޖުގެ އެންމެ މުހިއްމު ހަރަކާތް ކަމަށްވާ ޖަމްރާއަށް ހިލައުކުން ކުރިއަށް ގެންގޮސްފައިވަނީ ކޮވިޑާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުއެވެ. އެގޮތުން ހިލަ އުކުމަށްޓަކައި އަމިއްލައަށް ހިލަ އެއްކުރުމުގެ ބަދަލުގައި އެފަހަރު ކޮންމެ ހައްޖުވެރިއަކަށް ސްޓެރެލައިޒް ކޮށްފައިވާ ހިލަތަކެއް ވަނީ ދީފައެވެ.

އޭގެ އިތުރުން، ގެފުޅުގެ ވަށައިގެން ޠަވާފްކުރުމުގައި ވެސް އިޖުތިމާއީ ގައިދުރުކަމާއި، މާސްކް އެޅުން ފަދަ ފިޔަވަޅުތައް ގާތުން ބަލައި ކަށަވަރު ކޮށްފައިވެއެވެ. އަދި ކޮވިޑް-19ން ރައްކާތެރިވުމަށް އަޅާފައިވާ ވަރުގަދަ ފިވަޅުތަކާއެކު 2020 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން ނިންމާލުމާ ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާ (ޑަބްލިއުއެޗްއޯ) އިންވެސް އޭރު ވަނީ ސައުދީ އަރަބިއްޔާގެ ސަރުކާރަށް ތައުރީފުކޮށްފައެވެ.

މީގެ ކުރިން ކޮންމެ އަހަރަކު ހައްޖުގެ އަޅުކަން އަދާކުރުމަށް 2.5 މިލިއަން މުސްލިމުން ދިޔަ ނަމަވެސް، މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަން އަދާކޮށްފައިވަނީ 10،000 މުސްލިމުންނެވެ.

ހައްޖުސައޫދީ އަރަބިއްޔާޙައްޖު 1442

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މި މަހު އެމެރިކާ އަށް ވަޑައިގަންނަވަނީ

ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މި މަހު އެމެރިކާ އަށް ވަޑައިގަންނަވަނީ

04 ނޮވެމްބަރު 2025
ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި

ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި

05 އޯގަސްޓު 2025
އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުން މިއަދުގެ ޒުވާނުން ނަމޫނާ ލިބިގަނެ، ކިޔަމަންތެރިވާން ޖެހޭ: އީދު ޚުތުބާ

އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުން މިއަދުގެ ޒުވާނުން ނަމޫނާ ލިބިގަނެ، ކިޔަމަންތެރިވާން ޖެހޭ: އީދު ޚުތުބާ

06 ޖޫން 2025
އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ

އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ

05 ޖޫން 2025
ދުއާއަކީ ކޮންމެ ރައްޔިތެއްވެސް ﷲގެ އޯގާވަންތަކަމުގައި ލަހައްޓަވައި ތާއަބަދުމެ ވިޔަވަތިކަން ދެއްވުން ކަމުގައި ރައީސް ވިދާޅުވެއްޖެ

ދުއާއަކީ ކޮންމެ ރައްޔިތެއްވެސް ﷲގެ އޯގާވަންތަކަމުގައި ލަހައްޓަވައި ތާއަބަދުމެ ވިޔަވަތިކަން ދެއްވުން ކަމުގައި ރައީސް ވިދާޅުވެއްޖެ

05 ޖޫން 2025

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު