Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހައްޖުގެ އަޅުކަން އަދާކުރުމަށް ދާ މީހުން

މި އަހަރު ހައްޖަށް ދިޔަ އެއްވެސް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެއް ނުވޭ - ސައުދީގެ ހެލްތު މިނިސްޓްރީ

ހައްޖުގެ އަޅުކަން އެންމެ ރައްކާތެރިކޮށް ކުރޭވެ އިންތިޒާމުތައް ވަނީ ހަމަޖެހިފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 19 ޖުލައި 2021 | ހޯމަ 02:22
އުމްރާ އަޅުކަމަށް ހުޅުވާލުން

އުމްރާ އަޅުކަމަށް ހުޅުވާލުން

މި އަހަރު ހައްޖުގެ އަޅުކަން އަދާކުރަން ސައުދީއަށް ދިޔަ އެއްވެސް ހައްޖާޖީއަކު ކޮވިޑް-19ށް ޕޮޒިޓިވް ނުވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސައުދީގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާން ޑރ. މުހައްމަދު ބުން އަލް-އަބްދު އަލް-އަލީ ވަނީ މިހާތަނަށް ކުރި ޓެސްޓުތަކުން ހައްޖުގެ އަޅުކަން އަދާކުރުމަށް އައި އެއްވެސް މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެފައި ނުވާކަމަށެވެ. އަދި ހައްޖުގެ އަޅުކަން އެންމެ ރައްކާތެރިކޮށް ކުރޭވެނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

އެގޮތުން ކޮވިޑް-19ގެ ސަބަބުން މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދީފައި ވަނީ 60،000 މީހުންނަށެވެ. މި އަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ވެކްސިން ޖަހާފައިވާ މީހުންނަށް ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ. އަދި ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަށް މި އަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތެއް ނެތެވެ.

ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން މިދިޔަ އަހަރު ވެސް ހައްޖުގެ އަޅުކަން އަދާކުރުމަށް މީހުން ހޮވާފައިވަނީ ސައުދީ ސަރުކާރުން އެކުލަވާލި ޚާއްސަ މިންގަނޑުތަކެއްގެ ތެރެއިންނެވެ. މަދު މީސްކޮޅަކާއެކު މިދިޔަ އަހަރު ހައްޖުގެ އަޅުކަން ކުރިއަށް ގެންގޮސްފައިވާއިރު، ރައްކާތެރިކަމުގެ ގޮތުން ސައުދީން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް ކުރީބައިގައި އަޅާފައެވެ.

އޭގެ އިތުރުން މި އަހަރު ހައްޖުވުމަށްދާ ހައްޖުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސައުދީ އަރަބިއްޔާގެ ރެޑް ކްރެސެންޓް އޮތޯރިޓީގެ ފަރާތުން ޚާއްސަ މަސައްކަތްތަކެއް ވަނީ ފަށާފައެވެ. ހައްޖުގެ އަޅުކަން އަދާކުރުމަށްދާ ހައްޖުވެރިންގެ ސިއްހީ ކަންކަން ބަލައި ފަރުވާއެއް ދޭންޖެހިއްޖެ ހާލަތެއްގައި ދޭންޖެހޭ ފަރުވާތައް ދިނުމަށް ރެޑް ކްރެސެންޓުން ވަނީ އެކަމަށް ބޭނުންވާނެ ވަސީލަތްތައް ފޯރުކޮށްދޭނެ ކަމަށާއި އެކަމުގައި ދަރުމަވެރިން ވެސް ހަރަކާތްތެރިވާނެ ކަމަށް ބުނެފައެވެ. 300ށް ވުރެ ގިނަ ދަރުމަވެރިން ހޯދާފައިވާ ކަމަށް އެ އޮތޯރިޓީން ހާމަކުރެއެވެ. އޭގެ ތެރޭގައި ފިރިހެނުންގެ އިތުރުން އަންހެނުން ވެސް ހަރަކާތްތެރިވާނެ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ސިއްހީ ޚިދުމަތް ދިނުމަށް ބޭނުންވާ 2000ށް ވުރެ ގިނަ އާލާތްތަށް ހުންނާނެ ކަމަށާއި ޚިދުމަތްތައް އަރަފާތު ބިމުންނާއި މުޒްދަލިފާއިން ލިބޭނެ ކަމަށް ބުނެއެވެ. ދިމާވެދާނެ ހާދިސާއަކަށް އަވަހަށް އެޓެންޑުވުމުގެ ގޮތުން ހާދިސާތައް ރިޕޯޓްކުރުމަށް ރެޑް ކްރެސެންޓުން މިހާރު ވަނީ ހާއްސަ ކޯލް ސެންޓަރެއް ވެސް ގާއިމުކޮށްފައެވެ.

ކޮވިޑް-19ގެ ސަބަބުން ހައްޖުގެ އަޅުކަން ކުރެވޭ ފަރާތްތައް ސައުދީ ސަރުކާރުން މަދުކޮށްފައިވާ އިރު، މީގެ ކުރިން ކޮންމެ އަހަރަކު ހައްޖުގެ އަޅުކަން އަދާކުރުމަށް 2.5 މިލިއަން މުސްލިމުން ސައުދީއަށް ދެއެވެ.

ޙައްޖު 1442

ކޮމެންޓް

އިތުރަށް ކިޔާލަން

ޢަދުއްވުންނާމެދުގައިވެސް އިޙްސާންތެރިވާންޖެހޭ: ޙައްޖު ޚުތުބާ

ޢަދުއްވުންނާމެދުގައިވެސް އިޙްސާންތެރިވާންޖެހޭ: ޙައްޖު ޚުތުބާ

19 ޖުލައި 2021
ހައްޖުވެރިން އަރަފާތު ބިމަށް ޖަމާވާން ފަށައިފި

ހައްޖުވެރިން އަރަފާތު ބިމަށް ޖަމާވާން ފަށައިފި

19 ޖުލައި 2021
ގެފުޅުގެ އުރަކޮޅު ބަދަލުކޮށްފި

ގެފުޅުގެ އުރަކޮޅު ބަދަލުކޮށްފި

19 ޖުލައި 2021
ހައްޖުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސައުދީގެ ރެޑް ކްރެސެންޓުން މަސައްކަތް ކުރަނީ

ހައްޖުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސައުދީގެ ރެޑް ކްރެސެންޓުން މަސައްކަތް ކުރަނީ

18 ޖުލައި 2021
ހައްޖަށް ދިއުމުގެ ނަސީބު ނުލިބޭ މީހުން އަރަފާތު ދުވަހު ރޯދަހިފުން މޮޅު އިތުރު

ހައްޖަށް ދިއުމުގެ ނަސީބު ނުލިބޭ މީހުން އަރަފާތު ދުވަހު ރޯދަހިފުން މޮޅު އިތުރު

17 ޖުލައި 2021

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު