Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހައްޖު 1442

މައްކާގައި ހައްޖުވެރިންގެ ސެކިއުރިޓީ ބަލަހައްޓާ ޓީމުގައި ފުރަތަމަ ފަހަރަށް އަންހެނަކު ހިމެނިއްޖެ

އޭޕްރީލް މަހުން ފެށިގެން އަންހެން ސިފައިން އަންނަނީ ގެފުޅުގެ ސެކިއުރިޓީ ބަލަހައްޓަމުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 21 ޖުލައި 2021 | ބުދަ 15:19
ހައްޖުވެރިންގެ ސެކިއުރިޓީ ބަލަހައްޓާ ފުރަތަމަ އަންހެން އޮފިސަރ މޯނާ

ހައްޖުވެރިންގެ ސެކިއުރިޓީ ބަލަހައްޓާ ފުރަތަމަ އަންހެން އޮފިސަރ މޯނާ

މައްކާގައި ހައްޖުވެރިންގެ ސެކިއުރިޓީ ބަލަހައްޓާ ޓީމުގައި ފުރަތަމަ ފަހަރަށް އަންހެނަކު ހިމެނިއްޖެއެވެ.

މޯނާ ނަމަކަށް ކިޔާ މި އަންހެން މީހާ އަސްކަރިއްޔާއާ ގުޅުނީ، ނިޔާވެފައިވާ އޭނާގެ ބައްޕަގެ ފަރާތުން ހިތްވަރުލިބިގެންނެވެ. މިއާއެކު މޯނާ ހިމެނިފައި މިވަނީ މައްކާގައި ހައްޖުވެރިންގެ ސެކިއުރިޓީ ބަލަހައްޓަން އެކުލަވާލި ފުރަތަމަ އަންހެން ސިފައިންގެ ތެރޭގައެވެ.

އެޕްރީލް މަހުން ފެށިގެން، އަސްކަރިއްޔާގައި މަސައްކަތްކުރާ އަންހެން ސިފައިން އަންނަނީ ގެފުޅުގެ ސެކިއުރިޓީ ބަލަހައްޓަމުންނެވެ.

"އަހަރެން މި މަސައްކަތްކުރަނީ ބައްޕަ އަސްކަރިއްޔާގައި ކުރި ދަތުރު ފުރިހަމަ ކުރުމަށް. ގެފުޅުގެ ސެކިއުރިޓީ ބަލަހައްޓަން ލިބުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް." މޯނާ ބުންޏެވެ.

މި ބަދަލަކީ ސަޢޫދީގައި އިޖްތިމާޢީ އަދި އިޤްތިޞާދީގޮތުން ޒަމާނީ ބަދަލުތަކެއް ގެނައުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން ފަށާފައިވާ ކަމެކެވެ. ސައުދީ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން 2030އަށް ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ވަނީ އަންހެނުންނަށް އެއްގަމު އުޅަނދު ލައިސަންސް ނެގުމުގެ ހުއްދަވެސް ދީފައެވެ.

ޙައްޖުސައޫދީ އަރަބިއްޔާ

އިތުރަށް ކިޔާލަން

26 އޮކްޓޯބަރު 2025

މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ

26 އޮކްޓޯބަރު 2025
މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ
27 އޮކްޓޯބަރު 2024

ސައުދީ އަރަބިއްޔާގެ ފުރަތަމަ ލަގްޒަރީ އައިލެންޑް ރިސޯޓު ހުޅުވައިފި

27 އޮކްޓޯބަރު 2024
ސައުދީ އަރަބިއްޔާގެ ފުރަތަމަ ލަގްޒަރީ އައިލެންޑް ރިސޯޓު ހުޅުވައިފި
12 އޮކްޓޯބަރު 2024

އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި

12 އޮކްޓޯބަރު 2024
އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި
09 އޮކްޓޯބަރު 2024

އެމެރިކާއިން އަބަދުވެސް ސައުދީ އަރަބިއްޔާ ދިފާއުކުރާނެ: ފެންޓަގަންގެ ޗީފް

09 އޮކްޓޯބަރު 2024
އެމެރިކާއިން އަބަދުވެސް ސައުދީ އަރަބިއްޔާ ދިފާއުކުރާނެ: ފެންޓަގަންގެ ޗީފް
26 އޯގަސްޓު 2024

އެމެރިކާ އާއި ސައުދީ އިން ތާރީޚީ އެއްބަސްވުންތަކަކާ ދިމާލަށް

26 އޯގަސްޓު 2024
އެމެރިކާ އާއި ސައުދީ އިން ތާރީޚީ އެއްބަސްވުންތަކަކާ ދިމާލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު