Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19، ތައިލެންޑްގެ ހާލަތު

ތައިލެންޑްގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ ލޮކްޑައުންގެ ފިޔަވަޅުތައް ވަރުގަދަކޮށްފި

ތައިލެންޑްގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 403،386ށް އަރާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 ޖުލައި 2021 | އާދީއްތަ 18:55
ތައިލެންޑް

ތައިލެންޑް

ތައިލެންޑްގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ މިހާރު އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތައް އިތުރު ސަރަހައްދުތަކަށް ފުޅާކޮށް، ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

ތައިލެންޑްގެ ސަރުކާރުން ވަނީ ކޮވިޑްގެ ހާލަތު ގޯސް ޕްރޮވިންސްތަކުގައި އަންނަ ހަފްތާއިން ފެށިގެން އަޅާނެ ފިޔަވަޅުތައް ހާމަކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ އެތެރޭގެ ބައެއް އުދުހުންތައް މެދުކަނޑާލުމާއި ކާފިއު ހިންގާ އޭރިއާތައް އިތުރުކުރުމެވެ.

ތައިލެންޑުގައި އާދިއްތަ ދުވަހު ވަނީ 11،397 މީހުންނަށް ކޮވިޑް ޖެހިފައެވެ. އަދި 101 މީހަކު ވަނީ މަރުވެފައެވެ. މިއާއެކު އެގައުމުގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 403،386ށް އަރާފައެވެ. އަދި 3341 މީހުން ވަނީ މަރުވެފައެވެ.

އޭޕްރީލް މަހުން ފެށިގެން އެގައުމުގައި ކޮވިޑްގެ ހާލަތު ގޯސްވަމުން އަންނައިރު، ހާލަތު އިތުރަށް ގޯސްވެފައިވަނީ ހަލުވިކަމާއެކު ފެތުރެމުން އަންނަ ދެ ވޭރިއަންޓް ކަމުގައިވާ އަލްފާ އަދި ޑެލްޓާ ވޭރިއަންޓުގެ ސަބަބުންނެވެ.

ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި، ބުދަ ދުވަހުން ފެށިގެން ބެންކޮކަށް ދިއުމާއި، ބެންކޮކުން ކޮވިޑްގެ ހާލަތު ގޯސް ސަރަހައްދުތަކަށް ދިޔުން ވަނީ މަނާކޮށްފައެވެ. އެގޮތުން ފްލައިޓްތައް މެދުކަނޑާލާނެކަމަށް އެގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ބުނެފައެވެ.

މީގެތެރެއިން އިސްތިސްނާވާނީ މެޑިކަލް ހާލަތްތަކުގައި ދަތުރުކުރާ ފްލައިޓްތަކާއި އެމަރޖެންސީ ހާލަތުގައި ދަތުރުކުރާ ފްލައިޓްތަކުގެ އިތުރުން ސަރުކާރުގެ އެކި ބޭނުންތަކަށް ދަތުރުކުރާ ފްލައިޓްތަކެވެ. އެހެން ފްލައިޓްތަކަށް ދަތުރުކުރެވޭނީ 50 އިންސައްތަ ފަސިންޖަރުންނާ އެކުއެވެ.

އަންގާރަ ދުވަހުން ފެށިގެން ކޮވިޑްގެ ހާލަތު ގޯސް ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ގޭގައި ތިބުމަށް މަޖުބޫރުވާގޮތަށް ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. އެހެންނަމަވެސް ސުޕަރމާކެޓްތަކާއި ބޭންކްތަކާއި ހޮސްޕިޓަލްތައް ހުޅުވާފައި ހުންނާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކޮވިޑް-19ތައިލެންޑް

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

މަރުވި ކަމަށް ނިންމާ ހަށިގަނޑު އަންދާލަން ސަންދޯކުގައި ގެންދިޔަ ދުވަސްވީ އަންހެނަކު ހަރަކާތް ކުރަނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފި

25 ނޮވެމްބަރު 2025
މަރުވި ކަމަށް ނިންމާ ހަށިގަނޑު އަންދާލަން ސަންދޯކުގައި ގެންދިޔަ ދުވަސްވީ އަންހެނަކު ހަރަކާތް ކުރަނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
25 އޮކްޓޯބަރު 2025

އުމުރުފުޅުން 93 އަހަރުގައި ތައިލެންޑުގެ ކުރީގެ ރާނީ ސިރިކިތު އަވަހާރަ ވެއްޖެ

25 އޮކްޓޯބަރު 2025
އުމުރުފުޅުން 93 އަހަރުގައި ތައިލެންޑުގެ ކުރީގެ ރާނީ ސިރިކިތު އަވަހާރަ ވެއްޖެ
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު