Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ފައިނަލަށްފަހު މާރާމާރި ހިންގި ސަޕޯޓަރުންގެ މައްސަލަ ބަލަނީ

14 ޖުލައި 2021 | ބުދަ 14:58

އިނގިރޭސި އެފްއޭއިން ވެސް ވަނީ މި މައްސަލަ ބަލަން ނިންމާފައި

އަތޫފް އާތިފް
އަތޫފް އާތިފް | 14 ޖުލައި 2021 | ބުދަ 14:58
 އިޓަލީ އާއި އިންގްލެންޑް ބައްދަލުކުރި ފައިނަލް މެޗަށް އިންގްލެންޑްގެ ސަޕޯޓަރުން ވެމްބްލީ ކައިރިއަށް ޖަމާވެފައި ވަނިކޮށް

އިޓަލީ އާއި އިންގްލެންޑް ބައްދަލުކުރި ފައިނަލް މެޗަށް އިންގްލެންޑްގެ ސަޕޯޓަރުން ވެމްބްލީ ކައިރިއަށް ޖަމާވެފައި ވަނިކޮށް

ޔޫރޯ 2020 ގެ ފައިނަލަށްފަހު މާރާމާރީ ހިންގި ސަޕޯޓަރުންގެ މައްސަލަ ޔުއެފާއިން ބަލަން ފަށައިފިއެވެ.

އާދީއްތަ ދުވަހުގެރޭ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ޕެނަލްޓީ ޖަހައިގެން އިންގްލެންޑް ބަލިވި މެޗަށްފަހު، އިޓަލީ ސަޕޯޓަރުން ވެމްބްލީ ސްޓޭޑިއަމްއިން ނުކުތް ވަގުތު އިނގިރޭސި ސަޕޯޓަރުންގެ ގްރޫޕަކުން ވަނީ އިޓަލީ ސަޕޯޓަރުންނަށް ހަމަލާދީ މާރާމާރީ ހިންގައިފައެވެ.

މި މާރާމާރީގައި އިޓަލީގެ ގިނަ ސަޕޯޓަރުންތަކަކަށް އަނިޔާވިއިރު، ބައެއް ސަޕޯޓަރުންނަށްވަނީ ހޮސްޕިޓަލުގައި ފަރުވާދީފައެވެ.

ޔުއެފާއިން ބުނީ އެ އިދާރާގެ ޑިސިޕްލިނަރީ ކޮމެޓީގެ ހާއްސަ ޓީމެއް އެކުލަވާލައި ހިނގާދިޔަ ހާދިސާއާ ބެހޭ ފުރިހަމަ ތަހުގީގެއް ކުރަން ފަށާފައިވާ ކަމަށެވެ. އަދި އިނގިރޭސި ސަޕޯޓަރުންގެ ފަރާތުން ފެނިގެންދިޔަ އަމަލުތަކުގެ ސަބަބުން ޔުއެފާއިން ވަނީ އިނގިރޭސި އެފްއޭގެ މައްޗަށް ހަތަރު ދައުވާއެއްވެސް ކުރަން ނިންމާފައެވެ.

އިނގިރޭސި އެފްއޭގެ ޗީފް އެގްޒެކެޓިވް މާކް ބުލިންހަމް ވަނީ އިނގިރޭސި ސަޕޯޓަރުންގެ ފަރާތުން މެޗަށްފަހު ފެނިގެންދިޔަ އަމަލުތަކަށް މާފަށްވެސް އެދިފައެވެ. އަދި މަސްތުގެ ހާލަތުގައި ތިބި އިނގިރޭސި ސަޕޯޓަރުންގެ މައްސަލަ ބަލަމުން އަންނަ ކަމަށް އިނގިރޭސި އެފްއޭއިން ވަނީ ބުނެފައެވެ.

މި ފަހަރުގެ ޔޫރޯގެ ސެމީ ފައިނަލުގައި ޑެންމާކް އަތުން އިންގްލެންޑް މޮޅުވި މެޗުގައި ހިނގާދިޔަ ކަންތައްތަކުގެ ސަބަބުން އިނގިރޭސި ސަޕޯޓަރުންގެ މައްސަލަތަކެއް ޔުއެފާ އިން ބަލައި ޔުއެފާ އިން ނިންމީ 30،000 ޔޫރޯ އިން ޖޫރިމަނާ ކުރާށެވެ.

ޔުއެފާ އިން އެ ފަަހަރު އިންގްލެންޑް އެފްއޭ ޖޫރިމަނާ ކުރަން ނިންމީ ގައުމީ ސަލާމް ކިޔަމުންދިޔަ ވަގުތުގައި އިނގިރޭސި ސަޕޯޓަރުންގެ ބަޔަކު އަޑުގަދަކޮށްފައިވުމާއި އަލިފާން ބޯޅަ ދަނޑުތެރޭގައި ރޯކުރި މައްސަލައިގެ އިތުރުން އިންގްލެންޑުން ހެރީ ކޭން ޕެނަލްޓީ ޖެހި ވަގުތު ޑެންމާކްގެ ގޯލްކީޕަރު ކެސްޕާ ޝްމައިކަލްގެ މޫނަށް ލޭޒާ އެޅުވި މައްސަލައިގައެވެ.

ޔުއެފާ ޔޫރޯއިންގްލެންޑްޔުއެފާ

އިތުރަށް ކިޔާލަން

14 އެޕްރީލު 2025

ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި

14 އެޕްރީލު 2025
ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި
04 ޑިސެމްބަރު 2023

މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި

04 ޑިސެމްބަރު 2023
މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި
04 ނޮވެމްބަރު 2023

ފަައިނޭންޝަލް ފެއާ ޕްލޭގެ އުސޫލާ ހިލާފުވި މައްސަލައިގެ އިސްތިއުނާފު ބާސެލޯނާ އަށް ނާކާމިޔާބު ވެއްޖެ

04 ނޮވެމްބަރު 2023
ފަައިނޭންޝަލް ފެއާ ޕްލޭގެ އުސޫލާ ހިލާފުވި މައްސަލައިގެ އިސްތިއުނާފު ބާސެލޯނާ އަށް ނާކާމިޔާބު ވެއްޖެ
10 އޮކްޓޯބަރު 2023

ޔޫއެފާއިން، އިޒްރޭލުގައި ކުޅޭ ހުރިހާ މެޗެއް ފަސްކޮށްފި

10 އޮކްޓޯބަރު 2023
ޔޫއެފާއިން، އިޒްރޭލުގައި ކުޅޭ ހުރިހާ މެޗެއް ފަސްކޮށްފި
01 ސެޕްޓެމްބަރު 2023

ޔުއެފާ އިން ހޮވި މޮޅު ކުޅުންތެރިއާގެ އެވޯޑް ހާލަންޑަށް، އެންމެ މޮޅު ކޯޗަކަށް ގާޑިއޯލާ

01 ސެޕްޓެމްބަރު 2023
ޔުއެފާ އިން ހޮވި މޮޅު ކުޅުންތެރިއާގެ އެވޯޑް ހާލަންޑަށް، އެންމެ މޮޅު ކޯޗަކަށް ގާޑިއޯލާ
26 ޖޫން 2023

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް
25 ޖޫން 2023

ހޯސޭ މޮރީނިއޯ ޔުއެފާގެ ބޯޑުން އިސްތިއުފާ ދީފި

25 ޖޫން 2023
ހޯސޭ މޮރީނިއޯ ޔުއެފާގެ ބޯޑުން އިސްތިއުފާ ދީފި
24 ޖޫން 2023

އިސްތަންބޫލުގެ ފައިނަލް، ސަޕޯޓަރުންނަށް ފުރިހަމައެއްނޫން: ޔުއެފާގެ ރައީސް

24 ޖޫން 2023
އިސްތަންބޫލުގެ ފައިނަލް، ސަޕޯޓަރުންނަށް ފުރިހަމައެއްނޫން: ޔުއެފާގެ ރައީސް
22 މެއި 2023

ޔޫއެފްއާ ޗެންޕިއަންސް ލީގު ފައިނަލް ބަލާލަން ދިޔުމުގެ ފުރުސަތު ހުދާ އަށް!

22 މެއި 2023
ޔޫއެފްއާ ޗެންޕިއަންސް ލީގު ފައިނަލް ބަލާލަން ދިޔުމުގެ ފުރުސަތު ހުދާ އަށް!
06 އެޕްރީލު 2023

ޔޫއޭފާގެ ރައީސް ކަމަށް އަނެއްކާ ވެސް ސެފެރިން

06 އެޕްރީލު 2023
ޔޫއޭފާގެ ރައީސް ކަމަށް އަނެއްކާ ވެސް ސެފެރިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް