Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެމްޕިއަންސް ލީގު

އިސްތަންބޫލުގެ ފައިނަލް، ސަޕޯޓަރުންނަށް ފުރިހަމައެއްނޫން: ޔުއެފާގެ ރައީސް

ބައެއް ސަޕޯޓަރުންނަށް ފެން ނުލިބުނުކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައި

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 24 ޖޫން 2023 | ހޮނިހިރު 02:02
ޔުއެފާގެ ރައީސް، ޗެފެރިން

ޔުއެފާގެ ރައީސް، ޗެފެރިން

ޗެމްޕިއަންސް ލީގުގެ ފައިނަލާމެދު ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން، ސަޕޯޓަރުންނަށް "ހުރިހާ ކަމެއް ފުރިހަމަ ނޫން"ކަން ޔުއެފާގެ ރައީސް އެލެކްސެންޑާ ޗެފެރިން ގަބޫލުކުރައްވައިފިއެވެ.

ޖޫން މަހުގެ 10 ވަނަ ދުވަހު އިންޓަރ މިލާން އަތުން މެންޗެސްޓަރ ސިޓީ މޮޅުވިއިރު، ސަޕޯޓަރުން ބާރުބޮޑު މަގުތަކުގައި ދިގު ރާސްތާއެއްގައި ހިނގަން ޖެހުމާއި، ސްޓޭޑިއަމަށް ދިއުމަށް އެތައް ގަޑިއިރެއް ވަންދެން ކިޔޫގައި ތިބެން ޖެހުމާއި، ފެން ނުލިބިފައިވާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

މިދިޔަ އަހަރު ޕެރިހުގައި ކުޅުނު ފައިނަލް މެޗުގެ ކުރިން ލިވަޕޫލްގެ ސަޕޯޓަރުން ވަދެ ކަރުނަގޭސް ޖެހުމުން ޔުއެފާއިން މީގެ ކުރިންވެސް ވަނީ މައާފަށް އެދިފައެވެ.

އިސްތަންބޫލުގައި ސަޕޯޓަރުންނަށް ދިމާވި މައްސަލަތަކަށް ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާއިން މީގެ ކުރިން ހައްލެއް ގެނެސްފައެއް ނުވެއެވެ. ނަމަވެސް މެންޗެސްޓަރގައި ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ "ޔޫރަޕިއަން ފުޓްބޯލް ފޭންސް ކޮންގްރެސް" ހުޅުވުމުގެ ރަސްމިއްޔާތުގައި ޗެފެރިން ވަނީ، ތުރުކީގައި މައްސަލަތަކެއް އުފެދިފައިވާ ކަމަށާއި އެކަމަށް ހައްލު ހޯދަންޖެހޭކަން ގަބޫލުކުރައްވާފައެވެ.

ޗެފެރިން ވިދާޅުވީ އެފަދަ މައްސަލަތަކެއް އުޅޭކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެންމެން ގުޅިގެން އެފަދަ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރާނެކަމަށެވެ. އަދި ސަޕޯޓަރުންގެ ދަތުރު ފަތުރުގެ ޚިދުމަތާއި، ފާޚާނާ، އަދި ފެން ލިބޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭކަމަށް ވިދާޅުވިއެވެ.

"ފުޓްބޯލް ސަޕޯޓަރސް ޔޫރަޕް"އިން އަންނަނީ، އިސްތަންބޫލް ފައިނަލް ބެލުމަށް ދިޔަ ސަޕޯޓަރުން ދެކޭ ގޮތް ޔުއެފާއަށް ރިޕޯޓް ހުށަހަޅަމުންނެވެ. ޗެފެރިން ވިދާޅުވީ އަންހެނުން އަދި ފިރިހެނުންގެ މުބާރާތްތަކުގައި ޔުއެފާއިން ކުޅުނު އެހެން ބޮޑެތި ފައިނަލްތައްވެސް މާ ބޮޑު މައްސަލައެއް ނެތި, ކާމިޔާބުކަމާއެކު ނިންމާލެވިފައިވާ ކަމަށެވެ.

ޗެފެރިން ވިދާޅުވީ، 2024 ވަނަ އަހަރު ވެމްބްލީން ޗެމްޕިއަންސް ލީގުގެ ފައިނަލާއި ޖަރުމަނުން ޔޫރަޕިއަން ޗެމްޕިއަންޝިޕް ބާއްވާއިރު ބާއްވާ ޝޯޕީސްތަކަކީ ސަޕޯޓަރުންނަށް ވަރަށް ތަފާތު ތަޖުރިބާއަކަށް ވާނެކަމަށެވެ.

ޗެމްޕިއަންސް ލީގުޔުއެފާއަލެކްސަންޑަ ޗެފެރިން

އިތުރަށް ކިޔާލަން

31 އޯގަސްޓު 2025

ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

31 އޯގަސްޓު 2025
  ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި
14 އެޕްރީލު 2025

ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި

14 އެޕްރީލު 2025
ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި
08 މެއި 2024

51 ޕަސެންޓް އެޑްވާންޓޭޖް އޮތީ ރެއާލް އަށް: ޓުޗެލް

08 މެއި 2024
51 ޕަސެންޓް އެޑްވާންޓޭޖް އޮތީ ރެއާލް އަށް: ޓުޗެލް
08 މެއި 2024

11 އަހަރު ފަހުން ރޮއިސްއާއެކު ޑޯޓްމުންޑް ފައިނަލަށް

08 މެއި 2024
11 އަހަރު ފަހުން ރޮއިސްއާއެކު ޑޯޓްމުންޑް ފައިނަލަށް
07 މެއި 2024

މޮޅުވެގެން ފައިނަލަށް ދެވޭނެ، އެންމެ ބޮޑަށް އެހީވެވޭނީ އެމްބާޕޭއަށް

07 މެއި 2024
މޮޅުވެގެން ފައިނަލަށް ދެވޭނެ، އެންމެ ބޮޑަށް އެހީވެވޭނީ އެމްބާޕޭއަށް
01 މެއި 2024

ބަޔާނަށް މޮޅުނުވެވުނީ ވިނީޝިއަސް ޖެހި ދެ ލަނޑުން

01 މެއި 2024
ބަޔާނަށް މޮޅުނުވެވުނީ ވިނީޝިއަސް ޖެހި ދެ ލަނޑުން
29 އެޕްރީލު 2024

ރެއާލް މެޑްރިޑަށް ބަޔާނަކީ ނުރައްކާތެރި ޓީމެއް: އެންޗެލޯޓީ

29 އެޕްރީލު 2024
ރެއާލް މެޑްރިޑަށް ބަޔާނަކީ ނުރައްކާތެރި ޓީމެއް: އެންޗެލޯޓީ
11 އެޕްރީލު 2024

ބާސެލޯނާ އަތުން ބަލިވުމަކީ ބޮޑު ދެރައެއް: އެންރީކޭ

11 އެޕްރީލު 2024
ބާސެލޯނާ އަތުން ބަލިވުމަކީ ބޮޑު ދެރައެއް: އެންރީކޭ
11 އެޕްރީލު 2024

އަހަރުމެން ވަރަށް ރަނގަޅަށް އެމްބާޕޭ ހިފަހައްޓާލިން: ޒަވީ

11 އެޕްރީލު 2024
އަހަރުމެން ވަރަށް ރަނގަޅަށް އެމްބާޕޭ ހިފަހައްޓާލިން: ޒަވީ
10 އެޕްރީލު 2024

ގަދަ އަށެއްގައި އޮތް އެންމެ އުނދަގޫ ޓީމަކީ ޑޯޓްމުންޑް: ސިމިއޯނީ

10 އެޕްރީލު 2024
ގަދަ އަށެއްގައި އޮތް އެންމެ އުނދަގޫ ޓީމަކީ ޑޯޓްމުންޑް: ސިމިއޯނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު