Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ

ޔުއެފާ އިން ހޮވި މޮޅު ކުޅުންތެރިއާގެ އެވޯޑް ހާލަންޑަށް، އެންމެ މޮޅު ކޯޗަކަށް ގާޑިއޯލާ

ހާލަންޑާއި ގާޑިއޯލާއަށް މި އެވޯޑުތައް ލިބުނު އެންމެ ބޮޑު އެއް ސަބަބަކީ، މިދިޔަ ސީޒަނުގައި ސިޓީއިން ޓްރެބަލް ކާމިޔާބުކުރުން

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 1 ސެޕްޓެމްބަރު 2023 | ހުކުރު 00:55
އިނާމުދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން

އިނާމުދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޔުއެފާ އިން ހޮވި އަަހަރުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް މެންޗެސްޓަރ ސިޓީގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ހޯދިއިރު، އެންމެ މޮޅު ކޯޗުގެ އެވޯޑް ޕެޕް ގާޑިއޯލާ ހޯދައިފިއެވެ.

ޔުއެފާ އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބުރާސްފަތި ދުވަހު، ޗެމްޕިއަންސް ލީގުގެ ގުރު ނެގުމުގެ ރަސްމިއްޔާތު ތެރެއިންނެވެ. ހާލަންޑާއި ގާޑިއޯލާއަށް މި އެވޯޑުތައް ލިބުނު އެންމެ ބޮޑު އެއް ސަބަބަކީ، މިދިޔަ ސީޒަނުގައި ސިޓީއިން ޕްރިމިއަރ ލީގާއި އެފްއޭ ކަޕުގެ އިތުރުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމެވެ.

އުމުރުން 23 އަހަރުގެ ހާލަންޑު ވަނީ ސިޓީގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި ކުޅުނު 53 މެޗުން 52 ލަނޑު ޖަހައިފައެވެ. މީގެއިތުރުން، ޗެމްޕިއަންސް ލީގާއި ޕްރިމިއަރ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީވެސް ހާލަންޑެވެ. ޗެމްޕިއަންސް ލީގުގައި 12 ލަނޑު ޖަހާފައިވާއިރު، ޕްރިމިއަރ ލީގުގައި އޭނާ ވަނީ 36 ލަނޑު ޖަހާފައެވެ.

މޮޅު ކުޅުންތެރިޔާ ހޮވުމަށްލި ވޯޓުގެ ނަތީޖާއަށް ބަލާއިރު، ހާލަންޑަށް ވަނީ 352 ޕޮއިންޓް ލިބިފައެވެ. އޭނާއާ އެންމެ ގާތުން ދެވަނަ ލިބުނީ ލިއޮނެލް މެސީ އަށެވެ. މެސީއަށް 227 ޕޮއިންޓް ލިބިފައިވާއިރު 225 ޕޮއިންޓާއެކު ތިންވަނަ ލިބުނީ ކެވިން ޑި ބްރޭނާ އަށެވެ.

ގާޑިއޯލާ ވަނީ އޭނާގެ ކެރިއަރުގައި ތިންވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކަމިޔާބުކޮށްފައެވެ. އޭނާ އަކީ ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވުނު ހަތަރުވަނަ ކޯޗެވެ. އެންމެ މޮޅު ކޯޗުގެ އެވޯޑު ގާޑިއޯލާއަށް ލިބުނުއިރު، ދެވަނައިގައި އޭނާ އާ ވާދަކޮށްފައިވަނީ ނަޕޯލީ އަށް ލީގު ކާމިޔާބުކޮށްދިން ލޫސިއާނޯ ސްޕަލެޓީ އެވެ. ތިންވަނަ ލިބުނީ އިންޓަ މިލާންގެ ކޯޗު ސިމޯން އިންޒާގީ އަށެވެ.

އަަހަރުގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދާފައިވަނީ ސްޕެއިން އަދި ބާސެލޯނާގެ މިޑްފީލްޑަރު، އައިޓާނާ ބޮންމަޓީ އެވެ. އޭނާ ވަނީ ބާސެލޯނާ އާއެކު އަންހެނުންގެ ޗެމްޕިއަންސް ލީގު އަދި ސްޕެއިން އާއެކު އަންހެނުންގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. ދެވަނަ ލިބުނީ އޮސްޓްރޭލިއާ އަދި ޗެލްސީގެ ސޭމް ކާ އަށެވެ. އަދި ތިންވަނަ ލިބުނީ ރެއާލް މެޑްރިޑާއި ސްޕެއިންގެ ގައުމީ ޓީމަށް ކުޅޭ އޮލްގާ ކާމޯނާ އަށެވެ.

އެންމެ މޮޅު އަންހެން ކޯޗަކަށް ހޮވިފައިވަނީ އިންގްލެންޑުގެ ސަރީނާ ވެއިމަން އެވެ. އޭނާ ވަނީ ފުރަތަމަ ފަހަރަށް އިންގްލެންޑު އަންހެނުންގެ ޓީމު ވޯލްޑް ކަޕުގެ ފައިނަލަށް ގެންގޮސްދީފައެވެ.

މި ރަސްމިއްޔާތުގެ ތެރެއިން، ޖަރުމަނުގެ ކުރީގެ ފޯވާޑް މިރޮސްލާވް ކްލޯސާ އަށް ވަނީ، ޔުއެފާ ޕްރެޒިޑެންޓްސް އެވޯޑް ދީފައެވެ. އޭނާ އަކީ ޖަރުމަނަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. މީގެއިތުރުން، ވޯލްޑް ކަޕުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީވެސް ކްލޯސާ އެވެ.

ޔުއެފާއާލިން ބްރައުޓް ހާލަންޑްޕެޕް ގާޑިއޯލާ

އިތުރަށް ކިޔާލަން

14 އެޕްރީލު 2025

ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި

14 އެޕްރީލު 2025
ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި
19 ފެބުރުއަރީ 2025

ދެ ވަނަ ލެގުގެ ކުރިން ގާޑިއޯލާ: ބޭނުން ވަނީ އެންމެ ފުރިހަމަ މެޗެއް

19 ފެބުރުއަރީ 2025
ދެ ވަނަ ލެގުގެ ކުރިން ގާޑިއޯލާ: ބޭނުން ވަނީ އެންމެ ފުރިހަމަ މެޗެއް
04 ފެބުރުއަރީ 2025

ސިޓީން މެޗު ނިންމާލި ގޮތާ މެދު ހިތާމަ ކުރަން: ގާޑިއޯލާ

04 ފެބުރުއަރީ 2025
ސިޓީން މެޗު ނިންމާލި ގޮތާ މެދު ހިތާމަ ކުރަން: ގާޑިއޯލާ
29 ޖެނުއަރީ 2025

ގާޑިއޯލާ ބުނީ ބްރޫޖް މެޗަކީ ސިޓީ އަށް އޮތް ފުރުސަތެއް ކަމަށް!

29 ޖެނުއަރީ 2025
ގާޑިއޯލާ ބުނީ ބްރޫޖް މެޗަކީ ސިޓީ އަށް އޮތް ފުރުސަތެއް ކަމަށް!
25 ޑިސެމްބަރު 2024

ގާޑިއޯލާ ހުރީ ސިޓީގެ ޙާލަތު ބަދަލުކުރުމުގެ އުންމީދުގައި

25 ޑިސެމްބަރު 2024
ގާޑިއޯލާ ހުރީ ސިޓީގެ ޙާލަތު ބަދަލުކުރުމުގެ އުންމީދުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު