Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެސްޓީއޯގެ ގޮދަންފުށް ފެކްޓްރީ

ގޮދަންފުށް ފެކްޓްރީގެ މަސައްކަތް ފަށައިފި، އަންނަ އަހަރުގެ މެދުތެރެއަށް ނިމޭނެ - އަމްރު

ސީދާ ގޮދަން އެތެރެކުރުމުން އެތަކެތި ގިނަ ދުވަހު ރައްކާކޮށްފައި ބެހެއްޓޭނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 14 ޖުލައި 2021 | ބުދަ 06:10
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސެން އަމްރު

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސެން އަމްރު

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖޭގައި ގާއިމުކުރާ ގޮދަންފުށް ފެކްޓަރީގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި އަންނަ އަހަރުގެ މެދުތެރެއަށް ފެކްޓްރީގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކްލަބްހައުސް ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވަނީ އެސްޓީއޯ އިން ބޮޑެތި ވިޔަފާރިތަކުގެ ތެރެއަށް ވަނުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި އެ މަސައްކަތުގެ ދަށުން ރާއްޖޭގައި ގޮދަށްފުން ފެކްޓްރީއެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެ ފެކްޓްރީގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ނިމޭނެ ކަމަށާއި މިކަންތައް އެސްޓީއޯ އިން މިކުރަނީ ތިން އަމާޒެއް ހާސިލުކުރަން ކަމަށް އަމްރު ވިދާޅުވިއެވެ.

Advertisement - businessAdvertisement

އަމްރު ވިދާޅުވީ ރާއްޖެއަށް ގޮދަންފުށް ގެނެސް ބަހައްޓާއިރު ރާއްޖޭގެ ތިމާވެށީގެ ސަބަބުން ގިނަ ދުވަހު ގޮދަންފުށް ރައްކާކޮށްފައި ނުބެހެއްޓޭ ކަމަށާއި މީގެ ސަބަބުން ކާނާގެ ބާވަތްތަކުގެ ޔަގީންކަން ކަށަވަރުކުރަން އުނދަގޫކަމަށެވެ. ނަމަވެސް ސީދާ ގޮދަން އެތެރެކުރުމުން އެތަކެތި ގިނަ ދުވަހު ރައްކާކޮށްފައި ބެހެއްޓޭނެ ކަމަށް އަމްރު ވިދާޅުވިއެވެ.

އޭގެ އިތުރުން ގޮދަން ރާއްޖެ ގެނެސް ރާއްޖޭގައި ޕްރޮސެސް ކުރުމުން ތާޒާކަންމަތީ ރައްޔިތުންނަށް ފުށް ފޯރުކޮށްދެވޭނެ ކަމަށާއި އަދި ބޭނުންވާ ބާވަތެއްގެ ފުށް ތަނަވަސްކޮށްދިނުމުގެ ފުރުސަތު ވެސް ފަހިވެގެންދާކަމަށް އަމްރު ވިދާޅުވިއެވެ. އަދި މިހާރު އެސްޓީއޯ އިން ފުށް ވިއްކަމުންދާ އަގަށްވުރެ ހެޔޮއަގެއްގައި ރައްޔިތުންނަށް ފުށް ސަޕްލައިކުރެވިގެންދާނެ ކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަށް ދިމާވެފައިވާ ކާޑުގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ މަގުސަދުގައި ގޮދަންފުށް ފެކްޓްރީއެއް ގާއިމުކުރުމުގެ މަސައްކަތް ކުރަން ނިންމާފައިވާކަން އަމްރު ހާމަކުރައްވާފައި ވަނީ އެސްޓީއޯގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ. އެޖަލްސާގައި ވާހަކަދައްކަވަމުން އަމްރު ވަނީ މިފަދަ ފެކްޓަރީއެއް ކާމިޔާބު ކަމާއެކު ރާއްޖޭގައި ގާއިމު ކުރެވިއްޖެނަމަ، ކާޑުގެ ބާވަތްތައް ހުސްވިޔަނުދީ ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމުގެ އިތުރުން، ކާޑު އެތެރެކުރުމަށް ކުރާ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެކަން ފާހަގަކުރައްވާފައެވެ. އަދި ދެމެހެއްޓެނެވި ގޮތެއްގައި ފުޑް ސެކިއުރިޓީ ގާއިމުކުރެވޭނީ ރާއްޖެ އެތެރެކުރެވޭ ކާޑުގެ ބާވަތްތަކުގެ އިތުރުން، ރާއްޖޭގައި ގޮވާންކޮށް، ދަނޑުވެރިކަމުގެ ބާވަތްތައް އުފައްދައިގެން ކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.

ސްޓޭޓް ޓްރޭޑިންގް އޯރގަނައިޒޭޝަން (އެސް.ޓީ.އޯ)ހުސެއިން އަމްރު

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރުން ބޭނުންވެއްޖެނަމަ ވަގުތުން ޑޮލަރުގެ ރޭޓު 15 ރުފިޔާއަށް ދަށްކުރެވޭނެ: އަމްރު

މި ސަރުކާރުން ބޭނުންވެއްޖެނަމަ ވަގުތުން ޑޮލަރުގެ ރޭޓު 15 ރުފިޔާއަށް ދަށްކުރެވޭނެ: އަމްރު

27 ސެޕްޓެމްބަރު 2025
މި ސަރުކާރުގައި އެމްއޭސީއެލް ވަނީ ފެނަކައާ އެއް ދަރަޖައަކަށް ވައްޓާލާފައި: އަމްރު

މި ސަރުކާރުގައި އެމްއޭސީއެލް ވަނީ ފެނަކައާ އެއް ދަރަޖައަކަށް ވައްޓާލާފައި: އަމްރު

26 ސެޕްޓެމްބަރު 2025
އެސްޓީއޯ އަށް 2024 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގައި 218 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިއްޖެ ކަމަށް ބުނެފި

އެސްޓީއޯ އަށް 2024 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގައި 218 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިއްޖެ ކަމަށް ބުނެފި

01 ފެބުރުއަރީ 2025
ބަންކަރިންގެ ޚިދުމަތުން 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ޒަމާނެއް ސާފުކޮށްދޭން ޖެހޭ: އަމްރު

ބަންކަރިންގެ ޚިދުމަތުން 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ޒަމާނެއް ސާފުކޮށްދޭން ޖެހޭ: އަމްރު

21 ސެޕްޓެމްބަރު 2024
ޑޮލަރ އެކްސްޖޭންޖް ވިޔަފާރި ތެރޭގައި ތިބީ ބިދޭސީން، އެކަން އިސްލާހުކުރަން ޖެހޭ - އަމްރު

ޑޮލަރ އެކްސްޖޭންޖް ވިޔަފާރި ތެރޭގައި ތިބީ ބިދޭސީން، އެކަން އިސްލާހުކުރަން ޖެހޭ - އަމްރު

26 އޯގަސްޓު 2024

އަހަރުތަކުން މިއަދު

3 އެޕްރީލު
ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟
20251 އަހަރު ކުރިން
ރިޕޯޓު

ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި
20242 އަހަރު ކުރިން
ރާއްޖެ

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި

ގެރިކިރު ބޯކިބާ
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ގެރިކިރު ބޯކިބާ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު
20215 އަހަރު ކުރިން
ރާއްޖެ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު