Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލީ ސިޔާސަތުތައް

ޑޮލަރ އެކްސްޖޭންޖް ވިޔަފާރި ތެރޭގައި ތިބީ ބިދޭސީން، އެކަން އިސްލާހުކުރަން ޖެހޭ - އަމްރު

އެމްބެސީތަކަށް ވެސް އެތައް ބަޔަކު އައްޔަންކޮށްފައިވާއިރު އެތަންތަނުގެ މަޤްސަދު ހާސިލްވޭތޯ އޭނާ ވަނީ ސުވާލު އުފައްދަވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 އޯގަސްޓު 2024 | ހޯމަ 15:00
އެސްޓީއޯގެ ކުރީގެ އެމްޑީ އަމްރު

އެސްޓީއޯގެ ކުރީގެ އެމްޑީ އަމްރު

ޑޮލަރ އެކްސްޖޭންޖް ވިޔަފާރި ތެރޭގައި ހަރަކާތްތެރި ވަމުން ދަނީ ބިދޭސީން ކަަމަށާއި ޑޮލަރު ވިއްކާ ގަތުމުގެ ނިޒާމް ހަރުދަނާކުރަން ޖެހޭ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އެނާ އެފަދައިން ވިދާޅުވީ ހޯމަ ދުވަހު ޑިމޮކްރެޓްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އޭނާ ވިދާޅުވި ޑޮލަރު ވިއްކުމާއި ގަތުމުގެ މުއާމަލާތް ކުރުމުގެ ހުއްދަ ޑޮލަރ އެކްސްޗޭންޖް ކުރުމުގެ ހުއްދަ ދީފައިވާ ބައެއް ތަންތަނަށް އޮންނަ ކަމަށެވެ. ނަމަވެސް އެކަމުގައި ވެސް އުޅެނީ ބިދޭސީން ކަމަށާއި އެ ތަންތަން ހިންގަނީ ދިވެއްސަކަށް ފައިސާކޮޅެއް ދިނުމަށް ފަހު ކަންމަތީ ފިހާރައެއްގައި ބިދޭސީން ވިޔަފާރިކުރާ ގޮތަށް ކަމަށް އަމްރު ވިދާޅުވިއެވެ. އޭގެ ބަދަލުގައި ބޭންކްތަކަށް ޑޮލަރުގެ މުއާމަލާތު ކުރެވޭ ގޮތަށް އިންތިޒާމްތައް ބަދަލުކުރަން ޖެހޭ ކަމަށް އަމްރު ވިދާޅުވިއެވެ. ޑޮލަރު މާރުކުރުމުގެ މަރުހަލާ ބޭންކް މެދުވެރިކޮށް ކުރާ ގޮތަށް ހަމަޖެއްސުމުން ބޮޑެތި އަދަދުތަކުން ޑޮލަރު ވިއްކުމާއި ގަތުމުގެ މުއާމަލާތުތައް ނިޒާމުގެ ތެރެއަށް ނުވަންނަ ގޮތަށް ނުކުރެވޭނެ ކަމަށް އަމްރު ވިދާޅުވިއެވެ. އޭރުން މަގުމަތިން އެއްލައްކަ ޑޮލަރުން، ދެ ލައްކަ ޑޮލަރުން، ޑޮލަރު ވިއްކާ ގަތުން ނިމުމަކަށް އަންނާނެ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ. މިހާރު އެ ނިޒާމް އޮތް ގޮތުން ރާއްޖެ އަށް ލިބެން އޮންނަ ފައިސާ ނުލިބިދާ ގޮތަށް ބައެއް މީހުން ޑޮލަރު މާރުކުރުމުގެ މުއާމަލާތުތައް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިގްތިސާދު ރަނގަޅުކުރަން ކުރަންޖެހޭ ކަންކަން ސަރުކާރަށް ނޭނގޭކަން އާދިއްތަ ދުވަހު ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން ސާފުކޮށް އެނގޭ ކަމަށް އަމްރު ވިދާޅުވިއެވެ. ސަރުކާރު ހިންގަން އާދޭސްކުރަމުންދާ މަންޒަރު މިހާރު ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ބޮޑެތި ގައުމުތަކުގައި 12 ވަރަކަށް ވުޒާރާ އޮތް އިރު ރާއްޖޭގައި 22 ވުޒާރާ އޮތްކަން އެ ޤައުމުތަކަށް ފެންނާނެ ކަަމަށް އޭނާ ވިދާޅުވިއެވެ. އެފަދަ ކަންކަން ފެނުމުން ރާއްޖެއަށް ފައިސާކޮޅެއް ދިނަސް ރާއްޖެ ހަމަމަގަށް ނޭޅުވޭނެކަން ޤައުމުތަކަށް ޤަބޫލުކުރެވޭނެ ކަަމަށް އަމްރު ވިދާޅުވިއެވެ. އެމްބެސީތަކަށް ވެސް އެތައް ބަޔަކު އައްޔަންކޮށްފައިވާއިރު އެތަންތަނުގެ މަޤްސަދު ހާސިލްވޭތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

ހުސެއިން އަމްރުރާއްޖޭގެ މާލީ ހާލަތު

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ގައިންގަޔަށް ނާރާ ބަލިތައް ކަންބޮޑުވާ މިންވަރަށް ދަނީ އިތުރުވަމުން، އިމްޕޯޓު ކުރާ ހުރިހާ އެއްޗެއް ޓެސްޓު ކުރެވޭނެ ގޮތަށް ލެބޯޓްރީއެއް ގާއިމް ކުރަންޖެހޭ: އަމްރު

12 ޑިސެމްބަރު 2025
ގައިންގަޔަށް ނާރާ ބަލިތައް ކަންބޮޑުވާ މިންވަރަށް ދަނީ އިތުރުވަމުން، އިމްޕޯޓު ކުރާ ހުރިހާ އެއްޗެއް ޓެސްޓު ކުރެވޭނެ ގޮތަށް ލެބޯޓްރީއެއް ގާއިމް ކުރަންޖެހޭ: އަމްރު
29 ނޮވެމްބަރު 2025

ރައީސް މުއިއްޒު ބާއްވަވާ ބައްދަލުވުންތަކުގައި އެމަނިކުފާނު ކުރައްވާ ކަންކަމުގެ ނަތީޖާއާ ގުޅޭ ގޮތުން ސުވާލު ކުރަން ޖެހޭ: އަމްރު

29 ނޮވެމްބަރު 2025
ރައީސް މުއިއްޒު ބާއްވަވާ ބައްދަލުވުންތަކުގައި އެމަނިކުފާނު ކުރައްވާ ކަންކަމުގެ ނަތީޖާއާ ގުޅޭ ގޮތުން ސުވާލު ކުރަން ޖެހޭ: އަމްރު
19 އޮކްޓޯބަރު 2025

ރައްޔިތުން ބޭނުންވަނީ ރަސްމާލެއެއް ނޫން، ބޭނުންވަނީ ބޯހިޔާވަހިކަމާއި އާމްދަނީ ހޯދޭނެ އިތުރު ގޮތްތަކެއް: އަމްރު

19 އޮކްޓޯބަރު 2025
ރައްޔިތުން ބޭނުންވަނީ ރަސްމާލެއެއް ނޫން، ބޭނުންވަނީ ބޯހިޔާވަހިކަމާއި އާމްދަނީ ހޯދޭނެ އިތުރު ގޮތްތަކެއް: އަމްރު
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
27 ސެޕްޓެމްބަރު 2025

މި ސަރުކާރުން ބޭނުންވެއްޖެނަމަ ވަގުތުން ޑޮލަރުގެ ރޭޓު 15 ރުފިޔާއަށް ދަށްކުރެވޭނެ: އަމްރު

27 ސެޕްޓެމްބަރު 2025
މި ސަރުކާރުން ބޭނުންވެއްޖެނަމަ ވަގުތުން ޑޮލަރުގެ ރޭޓު 15 ރުފިޔާއަށް ދަށްކުރެވޭނެ: އަމްރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު