Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖޯޖީނިއޯ

ޖޯޖީނިއޯ ހޯދުމަށް ޔުވެންޓަސްއިން ޝައުގުވެރިކަން ފާޅުކޮށްފި

ޖޯޖީނިއޯގެ ސޮއި ހޯދުމަށް ޔުވެންޓަސްއިން އޮތީ 50 މިލިއަން ޕައުންޑް ޚަރަދު ކުރުމަށް ތައްޔާރަށް

އަތޫފް އާތިފް
އަތޫފް އާތިފް | 13 ޖުލައި 2021 | އަންގާރަ 14:13
އިޓަލީގެ މިޑްފިލްޑަރު ޖޯޖީނިއޯ

އިޓަލީގެ މިޑްފިލްޑަރު ޖޯޖީނިއޯ

ޗެލްސީއަށް ކުޅެމުން އަންނަ އިޓަލީގެ މިޑްފިލްޑަރު ޖޯޖީނިއޯ ހޯދުމަށް ޔުވެންޓަސްއިން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އޭނާގެ އެޖެންޓު ބުނެފިއެވެ.

ޖޯޖީނިއޯގެ ސޮއި ހޯދުމަށް ޔުވެންޓަސްއިން މަސައްކަތް ކުރަމުން އަންނަ ކަމަށް މީގެ ކުރިންވެސް ވަނީ މީޑިއާގައި އަޑުފެތުރިފައެވެ. ޖޯޖީނިއޯގެ އެޖެންޓް ބުނީ ޔުވެންޓަސްއިން ޖޯޖީނިއޯއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި، އެކަމަކު އަންނަ އަހަރުވެސް ޖޯޖީނިއޯ ޗެލްސީގައި މަޑުކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޖޯޖީނިއޯގެ ސޮއި ހޯދުމަށް ޔުވެންޓަސްއިން އޮތީ 50 މިލިއަން ޕައުންޑް ޚަރަދު ކުރުމަށް ތައްޔާރަށެވެ. އެކަމަކު ޗެލްސީން މީގެ ކުރިން ވަނީ އަންނަ ސީޒަނުގައި ޖޯޖީނިއޯ އެ ކްލަބުގައި މަޑު ކުރާނެ ކަމަށް ބުނެފައެވެ.

މިފަހަރުގެ ޔޫރޯ އިޓަލީން ކާމިޔާބުކުރިއިރު އެ ޓީމުގެ މެދުތެރޭގައި މޮޅު ކުޅުމެއްދެއްކި ޖޯޖީނިއޯ ވަނީ، ޗެލްސީއާއިއެކު ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށްފައެވެ. އެއާއިއެކު ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ބަލަންޑޯރ އެވޯޑު އެނާ ހޯދާނެ ކަމަށް ބެލެވެއެވެ.

މީގެ ކުރިން އިޓަލީގެ ނާޕޮލީއަށްވެސް ކުޅުނު މިޑްފިލްޑަރު އިންގްލެންޑްގެ ޗެލްސީއާ ގުޅިނީ 2018 ވަނަ އަހަރުގައެވެ. ޗެލްސީއަށް އޭނާ ކުޅެދިން 96 މެޗުގައި އެ ޓީމަށް 13 ލަނޑު ވަނީ ޖަހައިދީފައެވެ. އަދި އިޓަލީގެ ގައުމީ ޓީމުން 2016 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ މިޑްފިލްޑަރު މިހާތަނަށް ވަނީ އެޓީމަށް ކުޅެދިން 35 މެޗުން 5 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ޖޯޖީނިއޯ

އިތުރަށް ކިޔާލަން

11 މެއި 2024

އާޓެޓާ ބުނަނީ ޖޯޖީނިއޯ ކަހަލަ ކުޅުންތެރިޔަކު ހޯދަން އުނދަގޫ ވާނެ ކަމަށް

11 މެއި 2024
އާޓެޓާ ބުނަނީ ޖޯޖީނިއޯ ކަހަލަ ކުޅުންތެރިޔަކު ހޯދަން އުނދަގޫ ވާނެ ކަމަށް
26 އޯގަސްޓު 2021

ޔޫރަޕުގެ މޮޅު ކުޅުންތެރިއަކަށް ޖޯޖީނިއޯ

26 އޯގަސްޓު 2021
ޔޫރަޕުގެ މޮޅު ކުޅުންތެރިއަކަށް ޖޯޖީނިއޯ
04 ފެބުރުއަރީ 2017

ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި

04 ފެބުރުއަރީ 2017
ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި
03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު