Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ އެވޯޑްސް

ޔޫރަޕުގެ މޮޅު ކުޅުންތެރިއަކަށް ޖޯޖީނިއޯ

26 އޯގަސްޓު 2021 | ބުރާސްފަތި 17:39

ޖޯޖީނިއޯ ވަނީ ޗެމްޕިއަންސް ލީގާއި ޔޫރޯ ކާމިޔާބުކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 26 އޯގަސްޓު 2021 | ބުރާސްފަތި 17:39
އިޓަލީއާއެކު ޔޫރޯ ކާމިޔާބުކުރި ޗެލްސީގެ މިޑްފީލްޑަރު ޖޯޖީނިއޯ

އިޓަލީއާއެކު ޔޫރޯ ކާމިޔާބުކުރި ޗެލްސީގެ މިޑްފީލްޑަރު ޖޯޖީނިއޯ

މިދިޔަ ސީޒަނުގެ ޔޫރަޕުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ޗެލްސީއަށް ކުޅެމުން އަންނަ އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ ހޯދައިފިއެވެ.

މިދިޔަ ސީޒަނުގެ ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އިއުލާން ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެރޭ ތުރުކީގެ ސިޓީއެއް ކަމަށްވާ އިސްތަންބޫލުގައި އޮތް ރަސްމިއްޔާތުގައެވެ. ޔޫރަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ޖޯޖީނިއޯ ހޯދީ އެ ޓީމުގެ މިޑްފރީލްޑަރު އެންގޯލޯ ކާންޓޭ އާއި، މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާއާ ވާދަކޮށްގެންނެވެ.

ޔޫރަޕުގެ މޮޅު ކުޅުންތެރިއޔާގެ މަގާމު ޖޯޖީނިއޯ ހޯދިއިރު، އޭނާ ވަނީ ޗެލްސީއާއެކު މިދިޔަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އަދި ވަނީ އިޓަލީއާއެކު މި އަހަރުގެ ހޫނު މޫސުމުގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތްވެސް ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މިދިޔަ ސީޒަނުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ޗެލްސީއަށް ކުޅެމުން އަންނަ ސެނެގާލުގެ ގޯލްކީޕަރު އެޑޮއާޑް މެންޑީއެވެ. އަދި އެންމެ މޮޅު ޑިފެންޑަރަކަށް ސިޓީއަށް ކުޅެމުން އަންނަ ޕޯޗުގަލުގެ ޑިފެންޑަރު ރުބެން ޑިއާސް ހޮވުނުއިރު، މިދިޔަ ސީޒަނުގެ އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ ޗެލްސީއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންގޯލޯ ކާންޓޭއެވެ. އަދި އެންމެ މޮޅު ފޯވާޑަކީ ބްރޫޝިއާ ޑޯޓުމުންޑަށް ކުޅެމުން އަންނަ ނޯވޭގެ ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑެވެ.

މިދިޔަ ސީޒަނުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ މި އަހަރުގެ ޖެނުއަރީ މަހު ޗެލްސީއާ ހަވާލުވި ތޯމަސް ޓުޗެލްއެވެ. ޓުޗެލް ވަނީ ޗެލްސީގެ ކޯޗުގެ މަގާމާ ހަވާލުވިތާ 124 ދުވަހުގެ ތެރޭގައި އެ ޓީމަށް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދައިދީފައެވެ.

އަދި މިދިޔަ ސީޒަނުގެ ޔޫރަޕުގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިއަކަށް ހޮވުނީ ބާސާއަށް ކުޅެމުން އަންނަ ސްޕެއިނުގެ މިޑްފީލްޑަރު އަލެކްސިއާ ޕުޓެއްޔަސްއެވެ.

ޖޯޖީނިއޯޔުއެފާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

14 އެޕްރީލު 2025

ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި

14 އެޕްރީލު 2025
ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި
11 މެއި 2024

އާޓެޓާ ބުނަނީ ޖޯޖީނިއޯ ކަހަލަ ކުޅުންތެރިޔަކު ހޯދަން އުނދަގޫ ވާނެ ކަމަށް

11 މެއި 2024
އާޓެޓާ ބުނަނީ ޖޯޖީނިއޯ ކަހަލަ ކުޅުންތެރިޔަކު ހޯދަން އުނދަގޫ ވާނެ ކަމަށް
04 ޑިސެމްބަރު 2023

މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި

04 ޑިސެމްބަރު 2023
މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި
04 ނޮވެމްބަރު 2023

ފަައިނޭންޝަލް ފެއާ ޕްލޭގެ އުސޫލާ ހިލާފުވި މައްސަލައިގެ އިސްތިއުނާފު ބާސެލޯނާ އަށް ނާކާމިޔާބު ވެއްޖެ

04 ނޮވެމްބަރު 2023
ފަައިނޭންޝަލް ފެއާ ޕްލޭގެ އުސޫލާ ހިލާފުވި މައްސަލައިގެ އިސްތިއުނާފު ބާސެލޯނާ އަށް ނާކާމިޔާބު ވެއްޖެ
10 އޮކްޓޯބަރު 2023

ޔޫއެފާއިން، އިޒްރޭލުގައި ކުޅޭ ހުރިހާ މެޗެއް ފަސްކޮށްފި

10 އޮކްޓޯބަރު 2023
ޔޫއެފާއިން، އިޒްރޭލުގައި ކުޅޭ ހުރިހާ މެޗެއް ފަސްކޮށްފި
01 ސެޕްޓެމްބަރު 2023

ޔުއެފާ އިން ހޮވި މޮޅު ކުޅުންތެރިއާގެ އެވޯޑް ހާލަންޑަށް، އެންމެ މޮޅު ކޯޗަކަށް ގާޑިއޯލާ

01 ސެޕްޓެމްބަރު 2023
ޔުއެފާ އިން ހޮވި މޮޅު ކުޅުންތެރިއާގެ އެވޯޑް ހާލަންޑަށް، އެންމެ މޮޅު ކޯޗަކަށް ގާޑިއޯލާ
25 ޖޫން 2023

ހޯސޭ މޮރީނިއޯ ޔުއެފާގެ ބޯޑުން އިސްތިއުފާ ދީފި

25 ޖޫން 2023
ހޯސޭ މޮރީނިއޯ ޔުއެފާގެ ބޯޑުން އިސްތިއުފާ ދީފި
24 ޖޫން 2023

އިސްތަންބޫލުގެ ފައިނަލް، ސަޕޯޓަރުންނަށް ފުރިހަމައެއްނޫން: ޔުއެފާގެ ރައީސް

24 ޖޫން 2023
އިސްތަންބޫލުގެ ފައިނަލް، ސަޕޯޓަރުންނަށް ފުރިހަމައެއްނޫން: ޔުއެފާގެ ރައީސް
22 މެއި 2023

ޔޫއެފްއާ ޗެންޕިއަންސް ލީގު ފައިނަލް ބަލާލަން ދިޔުމުގެ ފުރުސަތު ހުދާ އަށް!

22 މެއި 2023
ޔޫއެފްއާ ޗެންޕިއަންސް ލީގު ފައިނަލް ބަލާލަން ދިޔުމުގެ ފުރުސަތު ހުދާ އަށް!
06 އެޕްރީލު 2023

ޔޫއޭފާގެ ރައީސް ކަމަށް އަނެއްކާ ވެސް ސެފެރިން

06 އެޕްރީލު 2023
ޔޫއޭފާގެ ރައީސް ކަމަށް އަނެއްކާ ވެސް ސެފެރިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް